Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗިކަން ނަގެޓްސްގައި މައުދަންގެ އެތިކޮޅުތަކެއް

މައުދަންގެ އެތިކޮޅުތަކެއް ހިމެނޭތީ، ގިނަ އަދަދެއްގެ ޗިކަން ނަގެޓްސް ބާޒާރުން ނަގައިފި

6 ނޮވެމްބަރު 2023 | ހޯމަ 13:59

އެމީހުންގެ ނަގެޓްސްއާމެދު ކަންބޮޑުވުން އުފެދިފައިވަނީ، ނަގެޓްސް ބޭނުންކުރި ބައެއް ކަސްޓަމަރުންގެ އަނގަ ހަލާކުވުމާ ގުޅިގެން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 6 ނޮވެމްބަރު 2023 | ހޯމަ 13:59
ޗިކަން ނަގެޓްސް

ޗިކަން ނަގެޓްސް

އެކުންފުނިން އުފެއްދި ޗިކަން ނަގެޓްސްގައި މައުދަންގެ އެތިކޮޅުތަކެއް ހުރިކަން އެނގުމާ ގުޅިގެން ގިނަ އަދަދެއްގެ ނަގެޓްސް ބާޒާރުން ނަގަމުންދާކަމަށް، އެމެރިކާގެ މީޓް ޕްރޮސެސަރ ބްރޭންޑެއް ކަމަށްވާ ޓައިސަން ފުޑްސްއިން ބުނެފިއެވެ. މިގޮތުން 13،600 ކިލޯގެ ނަގެޓްސް އަނބުރާ ނަގަން ޖެހިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. މިނަގެޓްސްތައް ވަނީ، ޓައިސަން ފުޑްސްގެ އެއް ފެސިލިޓީއެއްގައި އުފެއްދުމަށްފަހު އެމެރިކާގެ ނުވަ ސްޓޭޓެއްގެ ވިޔަފާރިތަކަށް ފޮނުވާފައި ކަމަށްވެއެވެ.

އެމީހުންގެ ނަގެޓްސްއާމެދު ކަންބޮޑުވުން އުފެދިފައިވަނީ، ނަގެޓްސް ބޭނުންކުރި ބައެއް ކަސްޓަމަރުންގެ އަނގަ ކެނޑި، ހަލާކުވުމާ ގުޅިގެންނެވެ. އަދި ދެންވެސް އެފަދަ ކަމެއް ދިމާވެއްޖެނަމަ އަވަހަށް ސިއްހީ ފަރުވާދޭ ތަނަކަށް ގޮސް ފަރުވާ ހޯދުމަށް އެމެރިކާގެ ފުޑްސޭފްޓީ އެންޑް އިންސްޕެކްޝަން ސަރވިސްއިން ދަނީ އަންގަމުންނެވެ. 

ޑައިނަސޯގެ ބައްޓަމަށް ހަދާފައިވާ މިވައްތަރުގެ ޗިކަން ނަގެޓްސްއަކީ ބާރަށް ވިކޭ، މަގުބޫލު ބާވަތެއްކަމަށް ޚަބަރުތައް ބުނެއެވެ. އޭގެ މުއްދަތު ހަމަވާ ތާރީޚަކަށް އޮންނަނީ 4 ސެޕްޓެމްބަރު 2024އެވެ.

މިބާވަތް މިހާތަނަށް ގަނެފައިވާ ފަރާތްތަކުން އެތަކެތި އަވަހަށް ނައްތާލުމަށްފަހު އެކުންފުންޏަށް ގުޅުމަށް އެދިފައިވެއެވެ.

ޓައިސަން ފުޑްސްއަކީ ސޭލްސްގެ ގޮތުން ބަލާއިރު، އެއްގަމު މަހުގެ ބާވަތްތައް އުފައްދާ އެމެރިކާގެ އެންމެ ބޮޑު ކުންފުޏަށް ވީނަމަވެސް، މިއީ މިގޮތަށް އެ ކުންފުނީގެ ބާވަތެއް ބާޒާރުން ނަގަންޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް އެކުންފުނިން އުފެއްދި ގްރައުންޑް ބީފް ނުވަތަ ހިމުންކުރި ގެރިމަހުގައި ލޯގަނޑު ކޮޅުތަކެއް ކަހަލަ އެއްޗެއް ހުރުމުން، އެތަކެތި މާކެޓުން ނަގާފައިވެއެވެ.

އަދި 2019 ވަނަ އަހަރުވެސް އެކުންފުނިން އުފެއްދި ޗިކަން ނަގެޓްސްތަކެއްގައި ނޫކުލައިގެ ރަބަރުކޮޅުތަކެއް ހުރިކަން އެނގިގެން ބާޒާރުން ނަގާފައި ވެއެވެ.  

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
19 ފެބުރުއަރީ 2017

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް