Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިއޮނަލް މެސީ

އެނބުރި ބާސެލޯނާ އަށް ދާން މެސީ ބޭނުންވި!

މެސީ ބުނީ އަލުން ބާސެލޯނާ އަށް ދާން ކުރި މަސައްކަތުގައި ދިމާވީ، 2021 ވަނަ އަހަރު ދިމާވި ކަހަލަ ކަންތައްތަކެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2023 | ހޮނިހިރު 08:05
ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ

ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ

އެނބުރި ބާސެލޯނާ އަށް ދާން ބޭނުންވި ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

މެސީ މިހެން ބުނީ ފްރާންސްގެ ނޫހަކުން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ބާސެލޯނާ އިން ސީނިއާ ކެރިއަރު ފަށައި، އެ ކުލަބާއެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދި މެސީ ބާސެލޯނާ ދޫކޮށްލަން ޖެހުނީ 2021 ވަނަ އަހަރު އެވެ. އެއީ އެ ކުލަބާއެކު އޭނާ ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވީއިރު ވެސް، އައު އެއްބަަސްވުމެއް އެކުލަވާ ނުލެވުމުންނެވެ. މެސީ އާއެކު ބާސެލޯނާ އަށް އައު އެއްބަސްވުމެއް އެކުލަވާ ނުލެވުނީ، އެކުލަބުގެ މާލީ މައްސަލަތުގެ ސަބަބުންނެވެ. އެހެންވެ، ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ ދޫކޮށް މެސީ ބަދަލުވީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށެވެ. އެ ކުލަބާއެކު ހެދި ދެ އަހަރުގެ އެއްބަަސްވުން ހަމަވުމުން، މެސީ ނިންމީ އެއްބަސްވުން އައު ނުކުރުމަށެވެ.

އެއާއެކު ބާސެލޯނާ އިން ވަނީ އަލުން މެސީ ގެނައުމުގެ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، އެކަމުގައި ބާސެލޯނާ އަށް އެއްވެސް އަލި މަގެއް ފެނިފައެއް ނުވެ އެވެ. އެހެންވެ، އެންމެ ފަހުން މެސީ ނިންމީ ދެ އަހަރާ ބައިގެ އެއްބަަސްވުމެއްގެ ދަށުން މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ އިންޓަ މިއާމީ އަށް ބަދަލުވުމަށެވެ. އެއަށްފަހު އޭރު މެސީ ބުނީ، މީގެ ދެ އަހަރު ކުރިން ބާސެލޯނާގައި ދިމާވި ފަދަ ކަމެއް އަލުން ތަކުރާރުވާން އޭނާ ބޭނުން ނުވާ ކަމަށެވެ.

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލޮންޑިއޯ އެވޯޑު ހޯދުމަށްފަހު، ފްރާންސްގެ ނޫހަކާ ވާހަކަ ދައްކަމުން މެސީ ބުނީ، އަލުން އެނބުރި ބާސެލޯނާ އަށް ދާން އޭނާ ބޭނުންވި ނަމަވެސް، އެކަން އެގޮތަށް ނުވި ކަމަށެވެ. މެސީ ބުނީ އަލުން ބާސެލޯނާ އަށް ދާން ކުރި މަސައްކަތުގައި ދިމާވީ، 2021 ވަނަ އަހަރު ދިމާވި ކަހަލަ ކަންތައްތަކެއް ކަމަށެވެ. އިތުރަށް މެސީ ބުނީ އަލުން ބާސެލޯނާ އަށް ދިޔުމަކީ އަބަދު ވެސް އޭނާގެ ވިސްނުމުގައި އޮތް ކަމެއް ކަމަށެވެ. އޭނާގެ ދިރިއުޅުން އަލުން ބާސެލޯނާ އަށް ބަދަލުކޮށް، އެކުލަބުގައި ރިޓަޔާ ކުރަން ބޭނުންވި ނަމަވެސް، އެކަމަށް މަގު ފަހި ވެފައި ނެތްކަން މެސީ ފާހަގަ ކުރި އެވެ.

މެސީ އަކީ ބާސެލޯނާގެ ތަރީޚުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އަބަދު ވެސް އެ ކުލަަބުގެ ސަޕޯޓަރުންނާއި، އިސްވެރިންގެ ހިތުގައި މެސީ އަށް ޚާއްސަ ލޯތްބެއް އޮވެ އެވެ.

ބާސެލޯނާލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު