Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނޭޕާލަށް ހުކުރުދުވަހުގެރޭ އައި ބިންހެލުން

ނޭޕާލަށް އައި ބާރުގަދަ ބިންހެލުމެއްގައި 120ށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމުވެއްޖެ

2015 ވަނަ އަހަރު އައި 7.8 ގެ ބާރުގަދަ ބިންހެލުމުގައި ގާތްގަނޑަކަށް 9،000 މީހުން މަރުވި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2023 | ހޮނިހިރު 06:50
ބިންހެލުމުގެ އިހްސާސާއެކު އިމާރާތްތަކުގައި ތިބި މީހުންތައް ސަލާމަތްވުމަށް މަސައްކަތްފެށި

ބިންހެލުމުގެ އިހްސާސާއެކު އިމާރާތްތަކުގައި ތިބި މީހުންތައް ސަލާމަތްވުމަށް މަސައްކަތްފެށި

ނޭޕާލްގެ ހުޅަނގު ސަރަޙައްދަށް ހުކުރު ދުވަހުގެ ރޭ އައި 6.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 128 މީހުން މަރުވެ 140 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ބިންހެލުން އައިސްފައި ވަނީ ވެރިރަށް ކަތުމަންޑޫއާ ގާތްގަނޑަކަށް 250 މޭލު ދުރުގައި އޮންނަ ޖަޖަރުކޮޓް ޑިސްޓްރިކްޓްގެ ދުރު އަވަށެއް ކަމަށްވާ ރާމިޑަންޑާ ކައިރިއަށެވެ. ބިންހެލުމުގެ ސަބަބުން އެ ސަރަހައްދުގެ ރަށްފުށުގެ އަވަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހާލް ވަނީ ތައުޒިޔާ ވިދާޅުވެ، ސަލާމަތީ އިދާރާތައް މޮބިލައިޒްކޮށް، މީހުން ސަލާމަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އަވަސް މަސައްކަތްތަކެއް ކުރައްވާފައެވެ. މަރުވި މީހުންގެ އަދަދު އިތުރުވަމުންދާތީ ހޮނިހިރު ދުވަހު އޭނާ ވަނީ ހާލުގައި ޖެހުނު ސަރަހައްދަށް ދަތުރުކުރައްވާފަ އެވެ.

މި ބާރުގަދަ ބިންހެލުމުގެ އިޙުސާސް އިންޑިއާގެ ނިއު ދިއްލީއާ ހަމައަށް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނޭޕާލްގެ އުމްރާނީ ވަސީލަތްތައް ދަށްވުމާއި، ޢިމާރާތްކުރުމުގެ މިންގަނޑުތައް ދަށްވުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ.

2015 ވަނަ އަހަރު ނޭޕާލަށް އައި 7.8 ގެ ބާރުގަދަ ބިންހެލުމުގައި ގާތްގަނޑަކަށް 9،000 މީހުން މަރުވެ، 800،000 އަށް ވުރެ ގިނަ ގެތައް ވަނީ ހަލާކުވެފަ އެވެ. އާފްޓަރ ޝޮކްތައް އަދިވެސް ކުރިއަށްދާއިރު، އިމަރޖެންސީ ރެސްޕޮންޑަރުން ބިރުގަންނަނީ އަލަށް އައި ބިންހެލުމުގެ ސަބަބުން ދުރުގެ ގިނަ އާބާދީތަކެއްގެ ބިންގަނޑު ކެނޑިދާނެ ކަމަށެވެ. 

މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީ، ނޭޕާލްގެ ފަސްޓް ރެސްޕޮންޑަރުންނަށް އެހީވުމަށް ބައިނަލްއަޤުވާމީ އެހީތައް ދަނީ ހޯދަމުންނެވެ. ހާލުގައި ޖެހިފައިވާ މުޖުތަމައުތަކުގައި ލުޔެއް ހޯދައިދީ އަލުން އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރަށް ވަނީ ވަރަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިވެފަ އެވެ.

ނޭޕާލްބިން ހެލުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!

ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!

05 ޑިސެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
ފިލިޕީންސް އަށް 7.6 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި

ފިލިޕީންސް އަށް 7.6 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި

10 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު