Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަފްޣާން ރެފިއުޖީން

އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ރަށްބޭރުގައި އާބާދުވެގެން އުޅެމުން ދިޔަ އަފްޣާނިސްތާނުގެ ރެފިއުޖީން ދިރިއުޅުނު ގެތަށް ބިމާ ހަމަކޮށްލީ ބުލްޑޯޒަރުތައް ބޭނުން ކޮށްގެން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 4 ނޮވެމްބަރު 2023 | ހޮނިހިރު 08:10
ޕާކިސްތާނުގައި ޤަވައިދާ ޚިލާފަށް ދިރިއުޅެމުންދާ ރެފިއުޖީން އެ ޤައުމުން ފައިބަން ދިން ސުންގަޑި، ހަމަވުމުގެ މާ ކުރިން ރެފިއުޖީން ބޭލުމުގެ މަސައްކަތް އޮތީ ފަށާފައި

ޕާކިސްތާނުގައި ޤަވައިދާ ޚިލާފަށް ދިރިއުޅެމުންދާ ރެފިއުޖީން އެ ޤައުމުން ފައިބަން ދިން ސުންގަޑި، ހަމަވުމުގެ މާ ކުރިން ރެފިއުޖީން ބޭލުމުގެ މަސައްކަތް އޮތީ ފަށާފައި

ނިމިގެން މިދާ 2023 ވަނަ އަހަރަކީ ބައިނަލްއަޤުވާމީ މަސްރަޙުން ހިތްދަތި ޚަބަރުތައް އޭގެ އެންމެ އިންތިހާއަށް ލިބެމުން ދާ އަހަރެކެވެ. ވަކިން ޚާއްޞަކޮށް މުސްލިމުން އަޚުންނާއި އުޚުތުންނަށް ހިތްދަތިކަމާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހުނު އަހަރެކެވެ. އިންޑިއާގައި ދިރިއުޅެމުން ދާ މުސްލިމުންނަށް ކުރަމުންދާ ފުރައްސާރައާއި، ގެތަކުން ނެރެ މަގުމަތިކޮށް، ގެތަށް ބިމާ ހަމަ ކުރާ ވާހަކަ ދޭތެރެ ދޭތެރެއިން އިވުނު އަހަރެކެވެ. ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިޒްރޭލުގެ ޔަހޫދީ އާބާދުތައް ފުޅާ ކުރުމަށް، ފަލަސްޠީނުގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ދިރިއުޅުނު ގެތަކުން ބޭރުކޮށްލި އެތައް ޚަބަރެއް ލިބުނު އަހަރެކެވެ.

ނޮވެމްބަރު މަހަށް ފެށުމާއެކުހެން އަނެއްކާވެސް ލިބުނީ އިސްލާމުންގެ އަޣުލަބިއްޔަތު އޮތް ޤައުމެއްގެ ރެފިއުޖީންތަކެއް ބިކަ ކުރަމުން ދާ ޚަބަރެވެ. ހިތާމައަކީ، އެ ޢަމަލު ހިންގުމުގެ ފަހަތުގައި އޮތީވެސް އިސްލާމީ ދަޢުލަތަކަށް ވާ ކަމެވެ. ހިންދޫންގެ ބާރު އޮންނަ އިންޑިޔާއާއި، ޔަހޫދީ އިޒްރޭލުން ހިންގާ ޖަރީމާތަކުގެ ވާހަކަ އިވުމުން ކުރާ އަސަރަށް ވުރެ، އިސްލާމީ ޤައުމަކުން، އިސްލާމީ ޤައުމެއްގެ ރެފިއުޖީންނަށް ދަތި ކުރާ އަޑަކީ، އަހަން މާ ފަސޭހަ އަޑަކަށް ނުވެއެވެ.

ދައްކަން މިއުޅެނީ ޕާކިސްތާނުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން ދާ އަފްޣާނިސްތާނުގެ ރައްޔިތުން އެ ޤައުމުން ފައިބަން ބުނި ސުންގަޑި ޖެހުނު ވާހަކައެވެ. މައްސަލައަކަށް ވަނީ ސުންގަޑިއެއް ދިނުމެއް އެކަންޏެއް ނޫނެވެ. ތެދެކެވެ. ޕާކިސްތާނަކީވެސް އަމިއްލަ މިނިވަންކަން ލިބިފައި އޮތް ސިޔާދަތީ ފުދުންތެރިކަން އޮތް، ވަކި ޤައުމެކެވެ. އެހެން ޤައުމެއްގެ ބަޔަކު، ޣައިރު ޤާނޫނީ ގޮތެއްގައި އެ ޤައުމުގައި ވަޒަންވެރިކޮށްގެން ގެންގުޅުމަކީ ޕާކިސްތާނުގެ މައްޗަށް ލާޒިމު ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް، ރެފިއުޖީން ބޭލުމުގައި އިންސާނިއްޔަތު ކަމަށް އިޚުތިރާމް ކުރުމަކީ ކުރެވިދާނެ ކަމެއްތާއެވެ.

ޕާކިސްތާނުގައި ޤަވައިދާ ޚިލާފަށް ދިރިއުޅެމުން ދާ ރެފިއުޖީން އެ ޤައުމުން ފައިބަން ދިން ސުންގަޑި ހަމަވުމާއެކު، ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ނޮވެމްބަރ 2 ވަނަ ދުވަހު ވަނީ ޢަމަލީ ގޮތުން އެ މަސައްކަތް ފެށުމަށް ނުކުމެފައެވެ. ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ރަށްބޭރުގައި އާބާދުވެގެން އުޅެމުން ދިޔަ އަފްޣާނިސްތާނުގެ ރެފިއުޖީން ދިރިއުޅުނު ގެތަށް ބިމާ ހަމަކޮށްލީ ބުލްޑޯޒަރުތައް ބޭނުން ކޮށްގެންނެވެ. މީގެ ކުރިން އެފަދަ ޢަމަލުތަކުގައި މަޝްހޫލުވެ އުޅޭތީ ފެނިފައި ވަނީ ހިންދޫ އިންޑިޔާއާއި ޔަހުދީ އިޒްރޭލުގެ އަސްކަރީ ބާރުތަކުންނެވެ. ލޯބޯފިއްސައިގެން އެތައް ދުވަހެއްގެ މަސައްކަތުން، ފޮނި އުންމީދުތަކަކާއެކު ކޮޅަށް ޖެހި ގެތަށް، އެއްވެސް ރަޙުމެއް، އަގަލެއް ކުލުނެއް ނެތި ބިމާ ހަމަ ކުރަމުން ދިޔަ މަންޒަރު ބަލަން، އަފްޣާން ރެފިއުޖީން ތިބީ ބަސްހުއްޓިފައެވެ.

ހިތްފަޅައިގެން ދަނިވި މަންޒަރު ބަލަން ތިބި ބައެއް މީހުންނަކީ އިއްޔެއަކު ނޫނީ މިއަދަކު ޕާކިސްތާނުގައި ވަޒަންވެރިވި ބައެއް ނޫނެވެ. ތަރުކާރީ މާރުކޭޓާ ދާދި ކައިރީގައި ވަޒަންވެރިވެ، ލޭބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޚައިރުއްލާ ޚާން، އެ ސަރަޙައްދުގައި ދިރިއުޅެމުންދާތާ މިހާރު ބައި ޤަރުނާ ގާތް ކުރަނީއެވެ.

ޕާކިސްތާނުގައި ޤަވައިދާ ޚިލާފަށް ދިރިއުޅެމުންދާ ރެފިއުޖީން އެ ޤައުމުން ފައިބަން ދިން ސުންގަޑި، ބުދަ ދުވަހަށް ހަމަވާން އޮތް އިރު، ރެފިއުޖީން ބޭލުމުގެ މަސައްކަތް އެއަށްވުރެ މާ ކުރިން އޮތީ ފަށާފައެވެ. ޕާކިސްތާނުން ފައިބަން ޖެހޭ ރެފިއުޖީންގެ ތެރޭގައި ގިނައީ އަފްޣާނިސްތާނަށް ނިސްބަތްވާ މީހުންނެވެ. އެ ޢަދަދު އުޅެނީ މިލިއަނަކަށް ވުރެ މަތީގައެވެ. ދީފައި އޮތް ސުންގަޑިއަށް، ޕާކިސްތާނުން ނުފައިބައިފިނަމަ އެމީހުން ގެންދާނީ ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށެވެ. އަދި ޕާކިސްތާނުން ޑިޕޯޓް ކުރާނެއެވެ. އެއީ ޕާކިސްތާނުގެ ސަރުކާރުން، މީގެ މަހެއް ކުރިން އެންމެ ފަހުގެ އިންޒާރެވެ.

ކުއްލި ގޮތަކަށް، އެހާ ގިނަ ޢަދަދެއްގެ ބަޔަކު އަނބުރާ ޤައުމަށް ވަންނަން ފަށާފައި ވާ އިރު، މިހާރުން މިހާރަށް ހިޔާވަހިކަން ހަމަޖައްސައިދިނުމުގެ ގޮތުން، އަފްޣާނިސްތާނުގެ ކޮންޓްރޯލް ނަގައިގެން އޮތް ޠާލިބާން ސަރުކާރުން ވަނީ ޓްރާންސިޓް ކޭމްޕުތަކެއް ޤާއިމު ކޮށްފައެވެ. އެ ކޭމްޕުތަކަކީ ވަގުތީ ބޯހިޔާވަހިކަމާއި، ކާބޯތަކެއްޗާއި، ޞިއްޙީ އެހީތެރިކަންވެސް ފޯރުކޮށްދޭނެ ކޭމްޕުތަކެއް ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް، ބޯޑަރު ސަރަޙައްދުގެ މަސްރަޙު މާ ރަނގަޅު ނޫން ކަމަށް، އެހީ ދޭ ޖަމިއްޔާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ޚައިބަރު ޓްރައިބަލް ޑިސްޓްރިކްޓްގެ ޑެޕިއުޓީ ކޮމިޝަނަރ، ޢަބްދުއްނާޞިރު ޚާން ވިދާޅުވި ގޮތުގައި، ބުދަ ދުވަހު އެކަނިވެސް 24000 އަފްޣާން ރެފިއުޖީން ވަނީ ހުޅަނގުއުތުރު ތުރުޚާމް ހުރަސްކޮށް، ޕާކިސްތާނުން ފައިބާފައެވެ.

2021 ވަނަ އަހަރުގެ އޯގަސްޓް މަހު، ޠާލިބާނު ޖަމާޢަތުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ނެގިފަހުން އަފްޣާނިސްތާނަކީވެސް ބައިނަލްއަޤުވާމީ މުޖުތަމަޢުން އެކަހެރި ކޮށްފައި އޮންނަ ޤައުމެކެވެ. ހަތިޔާރު އެޅި ހަނގުރާމަވެރި ޓެރަރިސްޓުންތަކެއް ހިންގާ ސަރުކާރަކާއެކު ގުޅުންތައް ބޭއްވުމަކީ، ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައި ވާ ޤާނޫނުތަކާ ފުށުއަރާ ކަމަކަށް ވުމުގެ ތަކުލީފުތަކުގެ ބުރަ، އެންމެ ބޮޑަށް އުފުލަން ޖެހިފައި އޮތީ އަފްޣާނިސްތާނުގެ ޢާންމުންނަށެވެ.

ދުނިޔެއަފްޣާނިސްތާން

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
01 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ
04 ޖުލައި 2025

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

04 ޖުލައި 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
12 ޑިސެމްބަރު 2024

މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި

12 ޑިސެމްބަރު 2024
މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި
07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
02 ޖުލައި 2024

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު