Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިސްކަލް އަދި ދަރަނީގެ ހާލަތު

ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް ސިޔާސަތު ތަންފީޒުކުރުމަށް 4 ކަމެއް

3 ނޮވެމްބަރު 2023 | ހުކުރު 04:35

2026 ވަނަ އަހަރު ނިމެންވާއިރަށް ދައުލަތުގެ ސީދާ ދަރަނި (ގެރެންޓީ ނުހިމަނާ) ޖީޑީޕީގެ ނިސްބަތުން 95 އިންސައްތައަށް ތިރިކުރުން ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ނޮވެމްބަރު 2023 | ހުކުރު 04:35
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މެދުރާސްތާގައި ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ފިސްކަލް ސިޔާސަތު ތަންފީޒުކުރުމުގައި ގެންގުޅޭނެ އިންތައް ކަނޑައެޅުމަށް 4 ކަމެއް ބަޖެޓުގައި ހިމަނައިިފިއެވެ.

އަންނައަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ބުނެފައިވަނީ މެދުރާސްތާގައި ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ފިސްކަލް ސިޔާސަތު ތަންފީޒުކުރުމުގައި ގެންގުޅޭނެ އިންތައް ކަނޑައެޅުމަށް ފިސްކަލް ސްޓްރެޓަޖީ 2024-2026 ގައި 4 ފިސްކަލް ކަމެއް ކަނޑައަޅާފައިވާ ކަމަށެވެ.

މި ކަންކަމުގެ ތެރޭގައި ހިމެނެނީ 2026 ވަނަ އަހަރު ނިމެންވާއިރަށް ދައުލަތުގެ ސީދާ ދަރަނި (ގެރެންޓީ ނުހިމަނާ) ޖީޑީޕީގެ ނިސްބަތުން 95 އިންސައްތައަށް ތިރިކުރުމެވެ. އަދި ބަޖެޓް ޕްރައިމަރީ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 އިންސައްތައަށްވުރެ އިތުރުނުވާނެހެން ހިފެހެއްޓުމާއި، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ޖުމުލަ ދަރަނި ދަށް ދާނެ މިސްރާބުގައި ހިފެހެއްޓުން އަދި ރިކަރަންޓް ހަރަދު، ދައުލަތުގެ އާމްދަނީ (ހިލޭ އެހީ ނުހިމަނާ) އަށްވުރެ އިތުރުނުވާނެ މިންވަރެއްގައި ހިފެހެއްޓުން ހިމެނެއެވެ.

ބަޖެޓުގައި ބުނެފައިވަނީ 2022 ވަނަ އަހަރު ހުށަހެޅި ފިސްކަލް ސްޓްރެޓަޖީގެ ފުރަތަމަ އެންކަރގައި ކަނޑައެޅީ 2025 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ސިދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 100 އިންސައްތައަށްވުރެ ތިރިކުރުމަށެވެ. އަދި މި އަހަރު ހުށަހެޅި ފިސްކަލް ސްޓްރެޓަޖީގައި އަމާޒު އައުކޮށް، 2026 ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި 95 އިންސައްތައަށްވުރެ ތިރިކުރަން ނިންމާފައިވަނީ، ފިސްކަލް ސްޓްރެޓަޖީގައި ހުށަހަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރެވިއްޖެނަމަ ފާއިތުވި އަހަރު ހުށަހެޅި އަމާޒު ހާސިލްކުރެވޭނެކަމަށް ބެލެވޭތީއެވެ.

މީގެ އިތުރުން ދެވަނަ އެންކަރއަކަށް ބަލާއިރު، މިދިޔަ އަހަރު ހުށަހެޅި ފިސްކަލް ސްޓްރެޓަޖީގައި މެދުރާސްތާގައި ޖީޑީޕީގެ ނިސްބަތުން ޕްރައިމަރީ ޑެފިސިޓް 5 އިންސައްތައިން ދަށުގައި ހިފަހައްޓަން ކަނޑައެޅި ނަމަވެސް. 2023 ވަނަ އަހަރު މި އަމާޒު ހާސިލްކުރެވޭނެކަމަށް ނުބެލެވޭކަމަށް ބަޖެޓުގައި ބުނެފައިވެއެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ސަބްސިޑީގެ ނިޒާމަށް ހުށަހެޅި ބަދަލުތައް މިއަހަރު ތަންފީޒުނުކުރެވި ލަސްވުމާއެކު، ތެލުގެ ސަބްސިޑީއަށް ކުރަންޖެހޭ ހަރަދު އިތުރުވުމާއި، އާސަންދައިގެ ތެރެއިން ކުރަންޖެހޭ ހަރަދު އިތުރުވުމާއި، އަންދާޒާކުރި މިންވަރަށްވުރެ ބާރަށް ޕީއެސްއައިޕީ މަޝްރޫއުތައް ތަންފީޒުވަމުންދިއުމާއެކު ޕީއެސްއައިޕީގެ ހޭދަ އިތުރުވެގެންދިއުން ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ޕްރައިމަރީ ޑެފިސިޓް ކުޑަކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމަކަށްވާތީ، މިއަހަރުގެ ފިސްކަލް ސްޓްރެޓަޖީގައި މި އެކައަށް ބަދަލު ގެނެސްފައި ނުވާކަމަށް ބަޖެޓުގައި ބުނެފައިވެއެވެ. އަދި މިއަހަރު ހުށަހަޅައިފައިވާ ތިންވަނަ އަދި ހަތަރުވަނަ އެންކަރއަށް، މިދިޔަ އަހަރު ހުށަހެޅި ފިސްކަލް ސްޓްރެޓަޖީއާ އަޅާބަލާއިރު ބަދަލެއް ގެނެސްފައިނުވާކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

މެދުރާސްތާގެ ބޭސްލައިން އާމްދަނީ އަދި ހަރަދުގެ އަންދާޒާތަކަށް ބަލާއިރު، ފިސްކަލް އެންކަރތައް ހާސިލުކުރެވޭނެ ހަމައެކަނި ގޮތަކީ އާމްދަނީ އިތުރުކޮށް، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުން ކަމުގައި ބަޖެޓުގައި ވަނީ ބުނެފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީފިނޭންސް މިނިސްޓްރީރާއްޖޭގެ ބަޖެޓްދައުލަތުގެ ބަޖެޓް 2024

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި
16 ނޮވެމްބަރު 2025

ބަޖެޓުން މުސާރަދޭ މީހުންގެ އަދަދު 54،000ށް އަރަނީ، އަންނަ އަހަރު 7،000 ވަޒީފާ އިތުރުވާނެ، ބަޖެޓުގެ 30 އިންސައްތަ ހޭދަ ވާނީ މުސާރަ ދޭން

16 ނޮވެމްބަރު 2025
ބަޖެޓުން މުސާރަދޭ މީހުންގެ އަދަދު 54،000ށް އަރަނީ، އަންނަ އަހަރު 7،000 ވަޒީފާ އިތުރުވާނެ، ބަޖެޓުގެ 30 އިންސައްތަ ހޭދަ ވާނީ މުސާރަ ދޭން
16 ނޮވެމްބަރު 2025

މައުނަވީ ތަރައްގީގެ ބަޖެޓާ އެކު އެއްވެސް ކަމެއް ނުވޭ، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންގެ ބޯކާލާ ބަޖެޓެއް: މެމްބަރު ޒިޔާދު

16 ނޮވެމްބަރު 2025
މައުނަވީ ތަރައްގީގެ ބަޖެޓާ އެކު އެއްވެސް ކަމެއް ނުވޭ، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންގެ ބޯކާލާ ބަޖެޓެއް: މެމްބަރު ޒިޔާދު
06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
06 ނޮވެމްބަރު 2025

އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވާ ބަޖެޓެއް: އަމީރު

06 ނޮވެމްބަރު 2025
އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވާ ބަޖެޓެއް: އަމީރު
06 ނޮވެމްބަރު 2025

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު
31 އޮކްޓޯބަރު 2025

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް
30 އޮކްޓޯބަރު 2025

ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

30 އޮކްޓޯބަރު 2025
ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ
23 އޮކްޓޯބަރު 2025

ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ގޮސް، ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓް މިހާރު ވަނީ ހުސްވެފައި

23 އޮކްޓޯބަރު 2025
ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ގޮސް، ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓް މިހާރު ވަނީ ހުސްވެފައި
22 އޮކްޓޯބަރު 2025

ތެލެސީމިއާ އެލަވަންސް ދޭން ފަށާނެ ކަމަށާއި އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރާނެ ކަމަށް ރައީސް މުއިއްޒު އަނެއްކާ ވެސް ވިދާޅުވެއްޖެ

22 އޮކްޓޯބަރު 2025
ތެލެސީމިއާ އެލަވަންސް ދޭން ފަށާނެ ކަމަށާއި އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރާނެ ކަމަށް ރައީސް މުއިއްޒު އަނެއްކާ ވެސް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް