Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްޓީސީސީ

އެމްޓީސީސީ ކަށަވަރު ޕްރޮމޯ ފަށައިފި

ޕްރޮމޯޝަނުގެ މުއްދަތުގެ ތެރޭގައި ކުރާ ކޮންމެ 5,000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 ނޮވެމްބަރު 2023 | ބުދަ 13:03
އެމްޓީސީސީގެ ސީއީއޯ ކަށަވަރު ޕްރޮމޯ ފައްޓަވައިދެއްވަނީ

އެމްޓީސީސީގެ ސީއީއޯ ކަށަވަރު ޕްރޮމޯ ފައްޓަވައިދެއްވަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ "ކަށަވަރު ޕްރޮމޯ" މިއަހަރުވެސް ފަށައިފިއެވެ.

މި ޕްރޮމޯޝަން ފައްޓަވައިދެއްވީ ބުދަ ދުވަހު އެމްޓީސީސީ ކަށަވަރު ޝޯރޫމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ބުދަ ދުވަހުން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް ކަމަށް އެމްޓީސީސީން ބުންޏެވެ.

މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުމަށް ކޮންމެ އަހަރަކު ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓުތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނާއި، ސްޓަރން އައިޓަމްސްއާއި، ސްކޮޓް ބޭޑަރ ރެސިން އާއި ސްކޮޓް ބޭޑަރ ޖެލްކޯޓްސް އަދި ޕިގްމެންޓްސްއާއި ޔަންމާ ޖެންސެޓްސްއާއި ސްޕެއާރ ޕާރޓްސްއާއި އެކްސަސަރީޒްއާއި އިންޑަސްޓްރިއަލް ގޭހާއި މެރޯލް އަދި ލުބްރިކަންޓްސް އިންނެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮމޯޝަނުގެ މުއްދަތުގެ ތެރޭގައި ކުރާ ކޮންމެ 5,000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދ،ި ޕްރޮމޯޝަން ނިމުމުން ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ 175 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ކަށަވަރު ޕްރޮމޯ 2023" އަމާޒުކޮށްފައިވާނީ އޮޑިވެރިންނާއ،ި މަސްވެރިންނާއ،ި އިންޖިނޭރުންނާއ،ި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައ،ި މާލޭ ބަނދަރު ސަރަޙައްދާއި ހުޅުމާލޭ ބަނދަރު ސަރަޙައްދާއި ތިލަފުށީ ޑޮކްޔާރޑް އަދި ރ. އަލިފުށ،ި ރ. ވާދ،ޫ ތ. ހިރިލަންދ،ޫ ތ. ތިމަރަފުށ،ި ތ. ދިޔަމިގިލ،ި ދ. ކުޑަހުވަދ،ޫ ކ. މާފުށ،ި ކ. ގުޅި އަދި ޏ. ފުވައްމުލަކު ސައިޓުތަކުގައި އައުޓްޑޯ އިވެންޓް ބޭއްވުމާއި ޒިޔާރަތް ކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ހަރަކާތްތައް ރާވައި، ހިންގަމުންދާކަން އެ ކުންފުނިން ފާހަގަކުރިއެވެ.

އެމްޓީސީސީކަށަވަރު ޕްރޮމޯ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު