Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލާޢި އެކު ވިޔާފަރީގެ ގުޅުންތައް ކަނޑާލަން

އިސްރާއީލާއި އެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް މުސްލިމް ޤައުމުތަކަށް އިރާނުން ގޮވާލައިފި

ތަޖުރިބާކާރުން ބުނަނީ ޚާމަނާއީގެ މި ގޮވާލުމަށް ގަލްފުގެ ގައުމުތަކުން މާބޮޑު އެއްބާރުލުމެއް ނުދޭނެ ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2023 | ބުދަ 11:49
އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ

އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ

ފަލަސްތީނުގެ 8،500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، ޣައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ތެލާއި ކާބޯތަކެތީގެ އެކްސްޕޯޓް ކުރުން ހުއްޓުވުން ފަދަ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލުމަށް އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ މުސްލިމް ގައުމުތަކަށް ގޮވާލައްވައިފި އެވެ.

ތެހެރާނުގައި ކިޔަވާ ދަރިވަރުންނަށް ދެއްވި ބަސްދީގަތުމެއްގައި ޚާމަނާއީ ވިދާޅުވީ ބޮމުގެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިސްލާމީ ސަރުކާރުތަކުން ބާރު އަޅަން ޖެހޭ ކަމަށާއި އިގްތިސާދީ ގޮތުން އިސްރާއީލު އެކަހެރި ކުރުމަށް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ. އޭނާ ވަނީ ފަލަސްތީނާ ދެކޮޅަށް އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި އެމެރިކާ އިން ތެދުވި ކަމަށް ބުނެ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޣައްޒާގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އުދުވާންތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވަމުން އަދި ހުޅަނގުގެ ނޭއްގާނީކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޚާމަނާއީ ވިދާޅުވީ ވިޔަފާރީގެ ގުޅުންތަކާ މެދު ވިސްނާއިރު އިސްރާއީލުގެ އަމަލުތަކަށް މަގުފަހިކޮށްދެނީ ކާކުކަން މުސްލިމް ގައުމުތަކުން ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ. އިޒްރޭލާ ގުޅުން ކަނޑާލުމަށް އީރާނުން ޒަމާނުއްސުރެ މުސްލިމް ގައުމުތަކަށް ބާރު އަޅައެވެ.

ނަމަވެސް އަރަބި ބައެއް ގައުމުތަކުން ވަނީ އޭގެ ބަދަލުގައި ޑިޕްލޮމެޓިކް ގޮތުން އިސްރާއީލާ ގުޅުން ބަދަހިކޮށްފަ އެވެ. ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް ތައް ހުއްޓުމަކަށް އައިސްފައިވާއިރު، އީރާނުން ގެންދަނީ އިގްތިސާދީ ވަސީލަތްތައް މެދުވެރިކޮށް ސަރަހައްދީ ޤައުމުތަކަށް ކުރަމުންދާ ޕްރެޝަރު ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ.

ތަޖުރިބާކާރުން ބުނަނީ ޚާމަނާއީގެ މި އެދުމަށް ގަލްފުގެ ގައުމުތަކުން މާބޮޑު އެއްބާރުލުމެއް ދޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމަށް ބައިނަލް އަޤުވާމީ ފެންވަރުގައި މިހާތަނަށް ކުރެވިފައިވާ ހުރިހާ މަސައްކަތްތަކެއް ފަނުފުލުން ގޮސްފައިވާއިރު، ހުސްވި އޮކްޓޯބަރުގެ 7 ވަނަދުވަހުން ފެށިގެން މިހާތަނަށް ފަލަސްތީނުން ވަނީ 8500ށް ވުރެ ގިނަމުސްލިމުން ޝަހީދުކޮށްފައެވެ. އަދި އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި، އަންހެނުންނެވެ.

އީރާންދުނިޔެފަލަސްތީނުޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު