Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖީޑީޕީ ޑެފިސިޓް

އަންނަ އަހަރު ޖީޑީޕީގެ ނިސްބަތުން ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރަނީ 12 އިންސައްތައިގައި

2025 ވަނަ އަހަރާއި 2026 ވަނަ އަހަރަކީ ދަރަނި އަނބުރާ ދައްކަން ކުރަންޖެހޭ ހޭދަ ނިސްބަތުން އުފުލިފައި ހުންނާނެ ދެ އަހަރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2023 | ބުދަ 08:46
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

2024 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން އޯވަރޯލް ޑެފިސިޓް ހުންނާނެކަމަށް ލަފާކުރެވެނީ 12 އިންސައްތައިގައި ކަމަށް ބަޖެޓުގައި ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ބުނެފައިވަނީ ހަރަދުކުޑަކުރަން އަޅަން ރާވާފައިވާ ފިޔަވަޅުތައް އަންނަ އަހަރު ތަންފީޒުކުރެވުމާއެކު، ބަޖެޓް ޑެފިސިޓް ދަށަށްދާން ފަށައި، 2024 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރެވެނީ 12 އިންސައްތައިގައި ކަމަށެވެ. އަދި އާމްދަނީ އިތުރުވިނަމަވެސް، ބައެއް ސަބްސިޑީތަކަކާާއި، އާސަންދަ އަދި ޕީއެސްއައިޕީއަށް ކުރަންޖެހުނު ހަރަދު އިތުރުވުމާއި ގުޅިގެން 2023 ވަނަ އަހަރު މި ނިސްބަތް ހުންނާނެކަމަށް ބެލެެވެނީ 13.8 އިންސައްތައިގައެވެ.

Advertisement - newsAdvertisement

އަދި ކުރިއަށް އޮތް އަހަރު ޖީޑީޕީގެ ނިސްބަތުން 7.4 އިންސައްތައިގައި ޕްރައިމަރީ ޑެފިސިޓް ހުންނާނެކަމަށް އަންދާޒާކުރެވޭ އިރު، މި ނިސްބަތް 5 އިންސައްތައަށްވުރެ ދަށުގައި ބަހައްޓަން ފިސްކަލް ސްޓްރެޓަޖީގައި ކަނޑައެޅި ފިސްކަލް އެންކަރ ހާސިލުވާނެކަމަށް ބެލެވެނީ 2026 ވަނަ އަހަރުކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން 2024 ވަނަ އަހަރަށް އެކުލަވާލާފައިވާ ބަޖެޓު ފައިނޭންސް ކުރުމަށް 17.2 ބިލިއަން ރުފިޔާ ހޯދަންޖެހޭނެކަމަށް ލަފާކޮށްފައިވާ އިރު، އޭގެ ތެރެއިން 71.8 އިންސައްތައަކީ ބޭރުގެ ފަރާތްތަކުން ހޯދަން ރާވާފައިވާ ފައިސާ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ. ބަޖެޓުގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ޑެފިސިޓް އަންދާޒާކުރި މިންވަރަށްވުރެ އިތުރުވެ، ފައިނޭންސިންގ ހޯދަންޖެހޭ މިންވަރުވެސް، މި އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ 66 އިންސައްތަ އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި 2025 ވަނަ އަހަރާއި 2026 ވަނަ އަހަރަކީ ދަރަނި އަނބުރާ ދައްކަން ކުރަންޖެހޭ ހޭދަ ނިސްބަތުން އުފުލިފައި ހުންނާނެ ދެ އަހަރުގައިކަމުގައިވުމާއެކު، ފައިނޭންސް ހޯދަންޖެހޭ މިންވަރު، މެދުރާސްތާގައި މަތިވާނެކަމަށް ވަނީ ބުނެފައެވެ.

ބަޖެޓުގައި ބުނެފައިވަނީ ގެރެންޓީ ދީފައިވާ ދަރަނި ދަށްވާ މިންވަރަށްވުރެ، ދައުލަތުގެ ސީދާ ދަރަނި އިތުރުވާ މިންވަރު މަތިވެ، 2024 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ޖުމުލަ ދަރަނީގެ މިންގަނޑު 114.3 އިންސައްތައަށް މަތިވާނެކަމަށެވެ. އަދި މިއާއެކު ޖީޑީޕީގެ ނިސްބަތުން ޖުމުލަ ދަރަނި ދަށަށްދާނެ މިސްރާބުގައި ބަހައްޓަން ކަނޑައެޅި ފިސްކަލް އެންކަރ އަންނަ އަހަރު ހާސިލުވާނެކަމަށް ނުބެލެވުނު ނަމަވެސް، މެދުރާސްތާފައި މި މިންގަނޑު ދަށްވަމުން އައިސް 2026 ވަނަ އަހަރު ނިމޭއިރު 107 އިންސައްތަ ދަށްވާނެކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.

ޖީޑީޕީބަޖެޓް ޑެފިސިޓްފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު