Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

އަމީންއާންމު އާއި ކައުންސިލް ޖެނެރަލް މަސައްކަތް ކުރައްވަނީ މަޖިލީހުގެ ރައީސާއި ނައިބުގެ ވަކީލުންގެ ގޮތުގައި: މުޙައްމަދު ޝަފީގު

ދެ ބޭފުޅުން ވެސް މަސައްކަތް ކުރައްވަން ޖެހޭނީ މަޖިލީހުގެ ދިފާއުގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 ނޮވެމްބަރު 2023 | ބުދަ 02:32
ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ ޝަފީގު

ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ ޝަފީގު

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު އަދި ކައުންސިލް ޖެނެރަލް މަސައްކަތް ކުރައްވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ވަކީލުންގެ ގޮތުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ ޝަފީގު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީގައި ވާހަކަފުޅު ދައްކަވަމުން މުޙައްމަދު ޝަފީގު ވިދާޅުވީ މީގެ ކުރިން ވެސް މަޖިލީހުގެ އަމީން އާންމު އާއި ކައުސިލް ޖެނެރަލް މަސައްކަތް ކުރެއްވީ އޭރުގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މަސީހު ވިދާޅުވިގޮތަކަށް ކަމަށެވެ. މިހާރުވެސް ފެނިގެންދަނީ އެ މަންޒަރު ކަމަށާއި އެ ދެ ބޭފުޅުން ވެސް މަސައްކަތް ކުރައްވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސާ ގުޅިގެން ކަމަށެވެ.

އަމީން އާންމު އާއި ކައުންސިލް ޖެނެރަލް އަކީ ޤާނޫނީ ވަކީލުންކަން ފާހަގަކުރައްވައި މުޙައްމަދު ޝަފީގު ވިދާޅުވީ އެ ދެބޭފުޅުންނަށް ވެސް ކްލައިންޓު އޮޅިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ދިފާއުގައި މަސައްކަތް ކުރައްވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށާއި ހަގީގަތުގައި އެ ދެ ބޭފުޅުން ވެސް މަސައްކަތް ކުރައްވަން ޖެހޭނީ މަޖިލީހުގެ ދިފާއުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މުޙައްމަދު ޝަފީގު ވިދާޅުވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފައިވަނިކޮށް ނައިބު ރައީސް ސަލާމް ފޮނުއްވުމުން ނުވަތަ ޖަލްސާއަށް ހާޒިރުވެވަޑައިނުގެންނެވުމުން އެ މައްސަލަ ކުރިއަށް ނުގެންދެވި އޮންނަން ނުޖެހޭ ކަމަށެވެ. މަޖިލީހުގެ ގަވާއިދުގައި އިތުރު ފަސް މެމްބަރަކަށް ރިޔާސަތުގައި އިންނެވޭ ގޮތަށް ކަނޑައަޅާފައި އޮންނަނީ އެފަދަ ހާލަތްތައް މެދުވެރިވެދާނެތީ ކަމަށްވާއިރު އެގޮތަށް އެކަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ކުރިއަށްގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އެ މައްސަލަ މިހާރު ކޯޓުން ބަލައިގެންފައިވާއިރު މިހާރު މަޖިލީހުގައި ކަންކަންވާގޮތުން ދެން ކުރިއަށްދެވޭނީ ސުޕްރީމް ކޯޓުގެ ލަފާ ލިބިގެން ކަމަށް މުޙައްމަދު ޝަފީގު ވިދާޅުވިއެވެ.

މަޖިލީހުގެ އަމީން އާންމު އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުން މަޖިލީހުގެ ނައިބު ރައީސް ސަލާމް ފިނުއްވުމާ ގުޅިގެން ބުދަ ދުވަސް ހިމެނޭހެން ތިން ޖަލްސާއަކަށް ނަޝީދުގެ މައްސލަަ އެޖެންޑާކުރުމަށްފަހު ޖަލްސާ ވަނީ ކެންސަލްކުރަން ޖެހިފައެވެ. އަދި އަންގާރަ ދުވަހުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ނުކުރީ ވެސް އެކަމަނާ ސަލާމް ފޮނުއްވުމުންކަން އެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސްވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުއްﷲ ޝަފީގު

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު