Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެލޮންޑިއޯ 2023

ބެލޮންޑިއޯ އެވޯޑު: އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ބެލިންހަމް

20 އަހަރުގެ ބެލިންހަމް މިއެވޯޑު ހޯދީ އެޑުއާޑޯ ކަމަވިންގާ، ގަވީ، ޖަމާލް މުސިއާލާ އަދި ޕެޑްރީއާ ވާދަކޮށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2023 | ހޯމަ 22:05
އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނު ޖޫޑް ބެލިންހަމް

އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނު ޖޫޑް ބެލިންހަމް

ފްރާންސް ފުޓުބޯޅަ އިން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޖޫޑް ބެލިންހަމް ހޮވިއްޖެ އެވެ.

އުމުރުން 20 އަހަރުގެ އުންމީދީ ކުޅުންތެރިޔާ މިއެވޯޑު ހޯދީ އެޑުއާޑޯ ކަމަވިންގާ، ގަވީ، ޖަމާލް މުސިއާލާ އަދި ޕެޑްރީއާ ވާދަކޮށެވެ. ބެލިންހަމް އަށް އެވޯޑު ހަވާލު ކޮށްދިނީ ބެލްޖިއަމްގެ ކުރީގެ ފޯވާޑް އެޑެން ހަޒާޑް އެވެ. ބެލިންހަމް ވަނީ މިދިޔަ ސީޒަންގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ކުލަބަށް މިދިޔަ ސީޒަނުގައި ކުޅެދިން 51 މެޗުން އޭނާ ވަނީ 15 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އަށް ލަނޑު ޖެހުމަށް އޭނާ ވަނީ އެހީތެރިވެދީފަ އެވެ.

ޑޯޓްމަންޑުގައި ހުރުމަށްފަހު މި ސީޒަންގައި ރެއާލަށް ބަދަލުވެ ބެލިންހަމް އަންނަނީ އެކުލަބުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް ރެއާލަށް ކުޅެދިން 13 މެޗުން އޭނާ ވަނި 13 ލަނޑު ޖަހައިފަ އެވެ.

މިއީ ބެލިންހަމް މި އެވޯޑު ހާސިލް ކުރި ފުރަތަމަ ފަހަރެވެ. އެންމެ ފުރަތަމަ މި އެވޯޑު ދީފައި ވަނީ 2018 ވަނަ އަހަރު އެވެ. އެ އަހަރު މި އެވޯޑު ހާސިލް ކުރީ ފްރާންސްގެ ކީލިއަން އެމްބާޕޭ އެވެ. އޭގެ ފަހުން މަތައިސް ޑި ލިޓް، ޕެޑްރީ އަދި ގަވީ ވެސް ވަނީ މި އެވޯޑު ހާސިލްކޮށްފަ އެވެ.

މީގެ އިތުރުން މިއަހަރުގެ ސޮކަރޭޓްސް އެވޯޑު ހާސިލްކޮށްފައި ވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ އެވެ. އޭނާ އަންނަނީ ރެއާލްގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ ސީޒަންގައި އޭނާ ވަނީ ރެއާލަށް 23 ލަނޑު ޖަހައިދީފަ އެވެ. މިހާރު ކުރިއަށްދާ ސީޒަންގައި އޭނާ ވަނީ މިހާތަނަށް ތިން ލަނޑު ޖަހައިފަ އެވެ. ބްރެޒިލްގެ ކުރީގެ ސޮކްރޭޓްސްގެ ނަމުގައިދޭ އެވޯޑް ހާއްސަކޮށްފައިވަނީ އިންސާނިއްޔަތާއި އިޖުތިމާއީ މަސައްކަތުގެ ދާއިރާގައި ކުޅުންތެރިން ކުރާ މަސައްކަތަށެވެ. މިދިޔަ އަހަރު މި އެވޯޑު ހާސިލްކޮށްފައި ވަނީ ސެނެގާލްގެ ސަޑިއޯ މާނޭ އެވެ.

ބަލޮންޑޯ އެވޯޑްރެއާލް މެޑްރިޑްއިންގްލެންޑުގެ ގައުމީ ޓީމުޖޫޑް ބެލިންހަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު