Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެލޮންޑިއޯ 2023

ބެލޮންޑިއޯ އެވޯޑު: އެންމެ މޮޅު ގޯލް ކީޕަރަކަށް އާޖެންޓީނާގެ މާޓިނޭޒް

އެންމެ މޮޅު ފޯވަޑަކީ ސިޓީގެ ނޯވޭ ފޯވަޑް ހާލަންޑް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2023 | ހޯމަ 22:02
އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނު އާޖެންޓީނާގެ މާޓިނޭޒް

އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނު އާޖެންޓީނާގެ މާޓިނޭޒް

ފްރާންސް ފުޓުބޯޅަ އިން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް އެސްޓަން ވިލާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް ހޮވިއްޖެ އެވެ.

މި އެވޯޑު މާޓިނޭޒް ހާސިލްކޮށްފައި ވަނީ މޮރޮކޯގެ ޔާސީން ބޯނޯ، ބެލްޖިއަމްގެ ތިބައޫ ކޯޓުއާ، ބްރެޒިލްގެ އެޑާސަން އަދި ޖަރުމަނުގެ މާކް އަންދްރޭ ޓަ ސްޓެގަންއާ ވާދަކޮށެވެ. މާޓިނޭޒް އަށް އެވޯޑު ހަވާލު ކޮށްދިނީ އޭނާގެ ބައްޕަ އަލްބާޓޯ މާޓިނޭޒް އެވެ.

ބެލޮންޑިއޯ ހާސިލް ކުރި މާޓިނޭޒް ވަނީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން މުބާރާތުގެ ކުއާޓާ ފައިނަލްގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ޕެނަލްޓީ ޝޫޓް އައުޓްގައި އޭނާ ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ. މީގެ އިތުރުން ފްރާންސްއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި މޮޅު ސޭވްތަކެއް ކުރިއިރު، ފްރާންސްގެ ޕެނަލްޓީ އޭނާ ވަނީ ހުއްޓުވައިފަ އެވެ. މާޓިނޭޒް ވަނީ އާޖެންޓީނާއާއެކު އެ މުބާރާތް ކާމިޔާބު ކުރުމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަޤާމު ވެސް ހޯދައިފަ އެވެ. އެއާއެކު މާޓިނޭޒް ވަނީ ފީފާ އިން ހޮވި އަހަރުގެ އެންމެ މޮޅު ގޯލް ކީޕަރުގެ އެވޯޑު ވެސް ހާސިލްކޮށްފަ އެވެ.

އުމުރުން 31 އަހަރުގެ މާޓިނޭޒް އަންނަނީ އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.

މީގެ އިތުރުން މިއަހަރުގެ ޖާޑް މުލާ އެވޯޑު ހާސިލްކޮށްފައި ވަނީ މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ އާލިން ހާލަންޑް އެވެ. ހާލަންޑް މި އެވޯޑު ހާސިލްކޮށްފައި ވަނީ ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ، އާޖެންޓީނާގެ ލިއޮނަލް މެސީ، އިންގްލެންޑުގެ ހެރީ ކޭން އަދި ފްރާންސްގެ ކީލިއަން އެމްބާޕޭއާ ވާދަކޮށެވެ. ހާލަންޑް ވަނީ މިދިޔަ ސީޒަންގައި 56 ލަނޑު ޖަހައިފަ އެވެ. މި އެވޯޑަކީ އަހަރުގެ އެންމެ މޮޅު ސްޓަރައިކަރ އަށް ދެމުން އަންނަ އެވޯޑެކެވެ.

ބަލޮންޑޯ އެވޯޑްއާޖެންޓީނާއެސްޓަން ވިލާއެމިލިއާނޯ މާޓިނޭޒް

ކޮމެންޓް

އިތުރަށް ކިޔާލަން

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު