Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ބެލިންހަމް އަކީ އައު ކުޅުންތެރިޔެއްގެ ގޮތުގައި ސިފައެއް ނުވޭ: މޮޑްރިޗް

މޮޑްރިޗް ބުނީ، އޭނާ އަށް އިހުސާސްވަނީ ބެލިންހަމް އަކީ ގިނަ ދުވަސްތަކެއް ވަންދެން ރެއާލްގައި ހުރި ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އޮކްޓޯބަރު 2023 | ހޯމަ 02:12
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލިންހަމް އަދި މޮޑްރިޗް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލިންހަމް އަދި މޮޑްރިޗް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް އަކީ އައު ކުޅުންތެރިޔެއްގެ ގޮތުގައި ސިފަ ނުވާ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ބުނެފި އެވެ.

މޮޑްރިޗް މިހެން ބުނީ ބޮރޫޝިއާ ޑޯޓްމަންޑުގައި ހުރުމަށްފަހު ރެއާލަށް ބަދަލުވެ އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ ދައްކަމުން އަންނަ ކުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން ސްޕެނިޝް ލީގުގައި ރެއާލުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ބެލިންހަމް ވަނީ ދެ ލަނޑު ޖަހައި އެ ޓީމު މޮޅު ކޮށްދީފަ އެވެ. މިއަހަރުގެ ޖޫން މަހު ރެއާލަށް ބަދަލުވި ބެލިންހަމް ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 13 މެޗުގައި، 13 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން 10 ލަނޑަކީ ސްޕެނިޝް ލީގުގައި އޭނާ ޖެހި ލަނޑެވެ.

މޮޑްރިޗް ބުނީ، އޭނާ އަށް އިހުސާސްވަނީ ބެލިންހަމް އަކީ ގިނަ ދުވަސްތަކެއް ވަންދެން ރެއާލްގައި ހުރި ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށެވެ. އޭނާ އެ ކުލަބާ ގުޅުނުތާ އެންމެ ތިން މަސް ވެފައިވާ ކަމުގެ އިހުސާސް ނުކުރެވޭ ކަމަށް ވެސް މޮޑްރިޗް ވަނީ ބުނެފަ އެވެ. މޮޑްރިޗް ބުނީ ރެއާލްގައި ބެލިންހަމް ދައްކަމުން އަންނަ ކުޅުމާމެދު އެ ޓީމުގެ އެންމެހާ ކުޅުންތެރިން ތިބީ އުފަލުން ކަމަށެވެ. އޭނާ ދެކޭ ގޮތުގައި އެހާ އަވަސް މުއްދަތަކެއްގައި ރެއާލްގެ ވައްޓަފާޅި އަށް ބެލިންހަމް ފިޓުވުމަކީ އިއްތިފާގެއް ނޫނެވެ. މޮޑްރިޗް ބުނީ ބެލިންހަމް އަކީ މަތީ ފަންތީގައި ކުޅެމުން އަންނަ ކުޅުންތެރިޔެއް ކަމަަށާއި، ކޮންމެ ދުވަހަކު ބެލިންހަމް އަންނަނީ އޭނާގެ ފެންވަރު ސާބިތު ކޮށްދެމުން ކަމަށެވެ.

ރެއާލަށް ބަދަލުވެ އެ ޓީމުގައި އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން، ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވެސް ވަނީ އެކި ފަހަރު މަތިން ބެލިންހަމަށް ތައުރީފު ކޮށްފަ އެވެ. އޭނާ ރެއާލަށް ބަދަލުވީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ރެއާލް މެޑްރިޑްޖޫޑް ބެލިންހަމްލޫކާ މޮޑްރިޗް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު