Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސްތީނަށް ދެމުންދާ ހަމަލާތައް

ފަލަސްތީނުގެ މައްސަލައިގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުން ތިބީ ބީރުކަންފަތެއްދީގެން: އިސްލާމިކް މިނިސްޓަރު

ފަލަސްތީނުގެ ރައްޔިތުން އެ ވޭނާއި ކެކުޅުމުގައި ދިރިއުޅެމުންދާތާ 70 އެތައް އަހަރެއް ވަނީ ވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 29 އޮކްޓޯބަރު 2023 | އާދީއްތަ 09:22
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ

ފަލަސްތީނުގެ ރައްޔިތުން އެ ވޭނާއި ކެކުޅުމުގައި ދިރިއުޅެމުންދާތާ 70 އެތައް އަހަރެއް ވެފައިވާ ކަމަށާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުން ތިބީ ލޯ މަރައި، ބީރުކަންފަތެއްދީގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީއާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ފަލަސްތިނާ ގުޅޭ ގޮތުން ބޭއްވި ''ފަލަސްތީން ފޯރަމް'' ގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖާއި އިސްރާ އެސޯސިއޭޝަން އަދި ގާޑިއަން އެސޯސިއޭޝަނުން އެހީތެރިކަން ދެއްވާފައިވާ މި ފޯރަމްގައި މިނިސްޓަރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ކެކުޅުމާއި ތަކުލީފުތައް ތަޙައްމަލް ކުރަންޖެހޭނީ ހަމައެކަނި އެ ގައުމުގައި ދިރިއުޅޭ ރައްޔިތުންއެކަނި ނޫންކަމަށާއި، މުޅި އިސްލާމީ އުންމަތަށް އެ ވޭނާއި ކެކުޅުން އިހުސާސްވާން ޖެހޭކަމަށެވެ. ފަލަސްތީނުގެ މައްސަލައަކީ އަޅުގަނޑުމެންގެ ލެއާއި ހިތުގެ ވިންދާ ގުޅިފައިވާ މައްސަލައެއްކަމަށާއި އެތަން މިނިވަން ނުވާހާ ހިނދަކު އަޅުގަނޑުމެން އަބަދުވެސް އެކަމުގެ ދެރަ ނިކަމެތިކަން އިހްސާސްކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން އެ ވޭނާއި ކެކުޅުމުގައި ދިރިއުޅެމުންދާތާ 70 އެތައް އަހަރެއްވެއްޖެކަމާއި މިހާރު ލިބެމުންދާ އަނިޔާތައް އެތައް ގުނައެެއް ބޮޑުވެފައިވާ ކަމަށެވެ. ނިދައިފިނަމަ ހޭލެވޭނެކަމުގެ ޔަގީންކަމެއްނެތްއިރު، ގެއިން ބޭރަށް ނުކުމެއްޖެނަމަ ބޮން އަޅައި މަރާ ނުލާނެކަމުގެ އެއްވެސް ޔަގީންކަމެއް އެ ގައުމުގެ ރައްޔިތުންނަށް ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއްްވެސް ރަހުމެއް ނެތި ޔަހޫދީން އެތަކެއް އަހަރުތަކެއް ވަންދެން މި ލާއިންސާނީ އަމަލުތައް ހިންގަމުންދާ ކަމަށެވެ.

ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުން ތިބީ މިއަދު ލޯ މަރާލައިގެން ބީރުކަންފަތެއްދީގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން މިއަދު އެދެނީ އެމީހުންނަށް ހެޔޮދުއާކޮށްލާނެ އަދި އެމީހުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތެއް ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އަޑުއުފުލައި، ހެޔޮ ދުއާކޮށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަހަރުމެންގެ ވާޖިބެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިމައްސަލާގައި އަޑު އުފުލައި، ފަލަސްތީނާއިއެކު ތިބިކަން ހާމަކޮށްދިނުމަކީ މުޅި ދުނިޔެއަށް ވެސް ދެވޭ ވަރަށް މުހިންމު މެސެޖެއް ކަމަށެވެ.

މި ފޯރަމްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީލް ވަނީ ދުނިޔޭގެ މައްޗަށް ޔަހޫދީން ކޮންޓްރޯލް ކުރަމުންދާ ގޮތްތަކާއި، އެމީހުންގެ ނުފޫޒު ދުނިޔޭގެ މައްޗަށް ފޯރުވަމުންދާ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވާފައެވެ. އަދި ޔަހޫދީންގެ އަނިޔާވެރިކަމާއި ނުބައިކަން، އަދި ދޮގުވެރިކަމާއި ފަސާދަވެރިކަން ވަރަށް ތަފްސީލުކޮށް ގުރުއާނުގައި ބަޔާންވެގެންވާކަން ފާހަގަކުރައްވައި، ގުރުއާނުން މިސާލުދެއްކެވިއެވެ.

މީގެ އިތުރުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ ފަލަސްތީނަކީ ކޮބައިކަން ދިރާސާކޮށް މިއަދުގެ ޖީލަށް ފަލަސްތީން މުހިންމުވަނީ ކީއްވެެގެންކަމާއި، ފަލަސްތީނަކީ ކޮބައިކަން އުނގަންނައިދީ އޮޅުންފިލުވައިދޭން ޖެހޭ ކަމަށެވެ.

މި ފޯރަމްގައި ޒިކްރާ ކޮލެޖްގެ ޕްރިންސިޕަލް އައްޝައިޚް އިބްރާހީމް ޝަމީމްވަނީ ވަރަށް ތަފްސީލުކޮށް ފަލަސްތީނުގެ ތާރީޚަށް ބައްލަވައި، މި މައުލޫމާތުތައް ޅަ ދަރިންނަށް އުނގަންނައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީއިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
23 އޮކްޓޯބަރު 2025

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

23 އޮކްޓޯބަރު 2025
ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް
23 އޮކްޓޯބަރު 2025

ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު

23 އޮކްޓޯބަރު 2025
ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު
23 އޮކްޓޯބަރު 2025

ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު

23 އޮކްޓޯބަރު 2025
ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު
23 އޮކްޓޯބަރު 2025

ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ

23 އޮކްޓޯބަރު 2025
ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު