Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރމަން ފެލޯޝިޕް ވީކް

ކަރމަން ފެލޯޝިޕް ވީކް 2023 ރާއްޖެއަށް

29 އޮކްޓޯބަރު 2023 | އާދީއްތަ 07:36

މި ހަރަކާތް އޮންނާނީ ނޮވެމްބަރ 1ން 5ށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 އޮކްޓޯބަރު 2023 | އާދީއްތަ 07:36
ކަރމަން ވީކް 2023 ރާއްޖޭގައި ބާއްވަނީ

ކަރމަން ވީކް 2023 ރާއްޖޭގައި ބާއްވަނީ

ދުނިޔޭގެ ޖައްވީ ދާއިރާގެ އެކި ކަންކޮޅުތަކުން ލީޑަރުން ހިމެނޭ ބައިނަލްއަގުވާމީ ކަރމަން ޕްރޮޖެކްޓްގެ ފްލެގްޝިޕް އިވެންޓް ކަމަށްވާ "ކަރމަން ވީކް" އަށް ކަރމަން ފެލޯސްގެ އިސް ބޭފުޅުންގެ ވަފުދެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރުއޯ) އާއި ސިކްސް ސެންސަސް ލާމު ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ ނޮވެމްބަރ 1ން 5 އަށެވެ. މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ ޕާޓްނަރުންގެ ތެރޭގައި ސިކްސް ސެންސަސް ލާމު، މޯލްޑިވްސް އަންޑަރވޯޓަރ އިނިޝިއޭޓިވް، ޓްރާންސް މޯލްޑިވިއަން އެއާވޭސް އަދި އިންޓުއާ މޯލްޑިވްސް ހިމެނެވެ.  

Advertisement - newsAdvertisement

ކަރމަން ފެލޯޝިޕް ވީކް 2023ގެ އެންމެ އަލިގަދަ އަދި އެންމެ މުހިންމު އިވެންޓަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ޖައްވީ ދާއިރާގެ ވަޒީފާތަކާއި ބެހޭގޮތުން 1 ނޮވެމްބަރ 2023 ހެނދުނު 09:30 އިން 11:00އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި އެންމެނަށް ހުޅުވާލައިގެން ބާއްވާ ޕަބްލިކް ޕެނަލް ޑިސްކަޝަންއެވެ.  

ކޮންމެ އަހަރަކު ދުނިޔޭގެ ޖައްވީ ދާއިރާގައި އިސް މާހިރުން ބައިވެރިވާ ކަރމަން ފެލޯޝިޕް ވީކް މިއަހަރު ބާއްވަނީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ސަސްޓެއިނަބަލް ރިސޯޓް ސިކްސް ސެންސަސް ލާމުގައެވެ. މި ހަރަކާތުގެ އަމާޒަކީ، ސެޓެލައިޓް ޓެކްނޮލޮޖީގެ ބޭނުންހިފުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުން ދައްކުވައިދިނުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ކުރެވޭ މަސައްކަތްތައް ޓެކްނޮލޮޖީގެ އޭހީގައި އިތުރަށް ހަރުދަނާކުރުމެވެ.

ކަރމަން ފެލޯސްގެ 2023 ވަނަ އަހަރުގެ މާހިރުން ހޮވާފައިވަނީ ޖައްވުގައި ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށް ޕްރޮފެޝަނަލް ކާމިޔާބީތަކަށް ބަލައި ކަމަށާއި އޭގެ ތެރޭގައި އެސްޓްރޮނޯޓުންނާއި ސްޕޭސް އެޖެންސީގެ ޑިރެކްޓަރުންނާއި ކޯޕަރޭޓް ޑިރެކްޓަރުންނާއި ލީޑިން ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާއި ރިސާޗަރުންނާއި އަދި 12 ގައުމެއްގެ އާޓިސްޓުން ހިމެނެއެވެ.

2023 ވަނަ އަހަރުގެ ކަރމަން ވީކްގައި ފުޅާ ދާއިރާއެއްގައި ވޯކްޝޮޕްތަކާއި، ބައިވެރިވެނިވި ހިޔާލުބަދަލުކުރާ ސެޝަންތަކާއި، ފީލްޑް ޓްރިޕްތަކާއި ލޯކަލް އައުޓްރީޗް އެންގޭޖްމަންޓްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އިނޮވޭޓިވް ޚިޔާލުތަކާއި ކްރޮސް ކަލްޗަރަލް ނޮލެޖް އެކްސްޗޭންޖްގެ މާހައުލެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކްލައިމެޓް މޮނިޓަރިންގ ސިސްޓަމްތަކާއި، ކެޕޭސިޓީ ބިލްޑިންގ، ސްޕޭސް ޕޮލިސީ ޑިޒައިން އަދި ސްޕޭސް އެކްސްޕްލޮރޭޝަންގެ މިހާރުގެ ޙާލަތު ފަދަ މައުޟޫޢުތަކަށް ބައިވެރިންނަށް މަޢުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.  

މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން، ކަރމަން ޕްރޮޖެކްޓް، ސިކްސް ސެންސަސް ލާމު އަދި މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް ގުޅިގެން މި އިވެންޓުން ބޭރުން ވެސް މަސައްކަތް ކުރަމުން ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ރާއްޖޭގެ މޫސުމީ މޮނިޓަރިންގެ ހަރުދަނާ ނިޒާމެއްގެ ގޮތުގައި "ޑިޖިޓަލް އާތު މޯލްޑިވްސް" ތަރައްގީ ކުރުމަށް ދިގު މުއްދަތުގެ މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ.

އެމްއެސްއާރުއޯކަރމަން ފެލޯޝިޕް ވީކް 2023

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

08 މާރިޗު 2017
ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު
03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް