Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

ސޯލާ ޕެނަލްތައް އެހެން ރަށަކަށް ބަދަލުކުރަން މުއިއްޒު ނިންމަވައިފި

ހައިވޭއިން އެ ތަކެތި ނަގައި، ސޯލާ ޕަވާގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ އެއް ރަށް ނޫނީ ދެ ރަށަކަށް އެތަކެތި ބަދަލުކުރައްވާނެ ކަމަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2023 | ހޮނިހިރު 17:04
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

ސިނަމާލެ ބުރިޖު ހައިވޭގައި މި ސަރުކާރުން ހަރުކުރި ސޯލާ ޕެނަލުތައް އެތަނުން ނަގައި، އެހެން ރަށަކަށް އެ ޕެނަލުތައް ބަދަލުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ހޮނިހިރު ދުވަހު ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މާލޭ ސަރަހައްދުން އެންމެ ރީތި މަންޒަރަކަށް ފެންނަނީ ބްރިޖު ހައިވޭގައި ދުއްވާފައި ދާއިރު އެ ފެންނަ މަންޒަރު ކަމަށާއި، ނަމަވެސް ސޯލާ ޕްރޮޖެކްޓުގެ ސަބަބުން މިހާރު ކަނޑުގެ މަންޒަރު ގެއްލި، ހައިވޭ ވަރަށް ބޮޑަށް ބަންދުވެފައިވާ ކަމަށެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ ހައިވޭއިން އެ ތަކެތި ނަގައި، ސޯލާ ޕަވާގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ އެއް ރަށް ނޫނީ ދެ ރަށަކަށް އެތަކެތި ބަދަލުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ގަސްދު ކުރަނީ އެ ދިގު ރާސްތާގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް އެތަނުން ނަގަން. ނަގާ ރާއްޖޭގައި ކުޑަ އަދި މެދު ސައިޒުގެ އެއްރަށް ނުވަތަ ދެރަށަށް އެއްކޮށް ސޯލާ ޕަވާއިން ހިންގޭ ގޮތަށް އެތަކެތި ގެންގޮސް އެއް ރަށް ނޫނީ ދެރަށް ސޯލަ ޕަވާއިން ހިންގާ ގޮތަށް ބަދަލު ކުރުމަށް، މިތަކެތި މިތަނުން ނަގައިގެން ގެންދިއުމަށް،" މުއިއްޒު ވިދާޅުވިއެވެ.

އެހެން ނަމަވެސް މުއިއްޒު ވިދާޅުވީ އިއާދަކުރަނިވި ހަކަތައަކީ މުހިންމު ކަމެއް ކަމަށާއި އަންނަން އޮތް ސަރުކާރުގެ ސިޔާސަތުތަކުގައި ވެސް އެ ކަމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.

ހައިވޭގައި ގާއިމް ކުރާ ސޯލާ ޕީވީގެ މަޝްރޫއު އަކީ ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން ހިންގާ މަޝްރޫއު އެކެވެ. މި އެސްޕަޔަރ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި 5.6 މެގަވޮޓުގެ ސޯލާރ ހަކަތައިގެ ނިޒާމު ގާއިމުކުރާނެ އެވެ. އެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި އޮކްޓޯބަރު މަހުގެ ފަހުކޮޅު ސްޓެލްކޯގެ ގްރިޑާ ގުޅުވައި ކަރަންޓު އުފެއްދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މި ސޯލާ މަޝްރޫޢުގެ ދަށުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެއީ ދިވެހި ފައިސާއިން ކަރަންޓް ޔުނިޓަކަށް 1 ރުފިޔާ 68 ލާރި އެވެ. އެސްޕަޔާ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓްތަކުގައި ޤާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ.

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުސޯލާ ޕީވީ ސިސްޓަމް

ކޮމެންޓް

އިތުރަށް ކިޔާލަން

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ

ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ

05 ޑިސެމްބަރު 2024
ހުރިހާ ރައްޔިތުން ވެސް ނުކުމެ އަވަހަށް ވޯޓުލުމަށް ރައީސް އިލްތިމާސްކުރައްވައިފި

ހުރިހާ ރައްޔިތުން ވެސް ނުކުމެ އަވަހަށް ވޯޓުލުމަށް ރައީސް އިލްތިމާސްކުރައްވައިފި

21 އެޕްރީލު 2024
އައު ސަރުކާރުގެ 458 މަޝްރޫއުއަކަށް 1.5 ބިލިއަން ރުފިޔާ

އައު ސަރުކާރުގެ 458 މަޝްރޫއުއަކަށް 1.5 ބިލިއަން ރުފިޔާ

01 ނޮވެމްބަރު 2023
މުއިއްޒު ހުވާކުރުމުގެ ޖަލްސާއަށް ވަޑައިގަންނަވާ ބޭފުޅުންގެ ޓްރެފިކް މޫވްމެންޓާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

މުއިއްޒު ހުވާކުރުމުގެ ޖަލްސާއަށް ވަޑައިގަންނަވާ ބޭފުޅުންގެ ޓްރެފިކް މޫވްމެންޓާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

31 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު