ކ. މާލެ
|
27 އޮކްޓޯބަރ 2023 | ހުކުރު 18:29
އޭދަފުށީ ކަޕްގެ ޗެމްޕިއަން ޓީމުން ތަށި އުފުލާލަނީ
އޭދަފުށީ ކަޕްގެ ޗެމްޕިއަން ޓީމުން ތަށި އުފުލާލަނީ
ރާއްޖެއެމްވީ
އޭދަފުށީ ކަޕް
އޭދަފުށީ ކަޕް: އިއްބެގެ ދެ ގޯލުން ޗެމްޕިއަންކަން ހުސްސޮންގުން ޓީމަށް
 
މުބާރާތުގެ ޗެމްޕިއަންކަން ޓީމަށް ހުށަހަޅާފައިވަނީ 30000ރ.

ރެޑްވޭވް އޭދަފުށީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަކަން ހުސްސޮންގުން ޓީމުން ހޯދައިފި އެވެ.

ރާއްޖޭގެ ރަށެއްގައި މިހާތަނަށް ތައްޔާރުކޮށްފައިވާ އެންމެ ފެންވަރު ރަނގަޅު ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗު އެ ޓީމުން ކާމިޔާބުކުރީ ފައިނަލްގައި މިއަދު ވެލާ ސްޕޯޓްސް ކުލަބު 2-0އިން ބަލިކޮށްގެންނެވެ. މެޗުގެ ދެ ލަނޑު ވެސް ޖަހައިދިނީ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އިބްރާހީމް ވަހީދު ހަސަން (ނޮޅިވަރަމް އިއްބެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އިއްބެއަކީ މި އަހަރު ވެލެންސިއާ އަށް ބަދަލުވުމުން މި އަހަރުގެ ސީޒަނުގައި ކުޅުމުގެ ފުރުސަތު ނުލިބި ހުރި ކުޅުންތެރިއެކެވެ.

ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކެއް ފެނިގެންދިޔަ މުބާރާތުގައި މި އަހަރު ހަތަރު ޓީމު ވާދަކުރި އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކީ ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަކުން ފެނުނު ހުސްސޮންގުންގެ ކީޕަރު މުހައްމަދު ޝަފީއު އެވެ. 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެލާ ސްޕޯޓްސް ކުލަބުގެ އަހުމަދު ޖައުޝަން އަބްދުﷲ އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ހުސްސޮންގުންގެ ނޮޅިވަރަމް އިއްބެ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އޭވައިލް އާއި ވެލެންސިއާގެ ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައި މޮޅަށް ކުޅުނު އަހުމަދު ލަތީފް (ލައްޗޭ) އެވެ. ފެއާޕްލޭ ޓީމަކީ ވީ ވެލާ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ހުސްސޮންގުންގެ ރައްޒާން ރަޝީދެވެ.

މި މުބާރާތަކީ ރާއްޖޭގެ ރަށެއްގައި ޓިކެޓް ވިއްކައިގެން ކުޅުނު ފުރަތަމަ މުބާރާތެވެ. ފައިނަލް މެޗުގެ ޓިކެޓްގެ ގޮތުގައި ނެރުނު 700 ޓިކެޓް ވިކި ހުސްވެ، ކަޅު ބާޒާރުގައި ވެސް ޓިކެޓް ވިއްކަން ޖެހުނެވެ.

އޭދަފުށީ މުބާރާތް ހިންގަން އިސްކޮށް ހަރަކާތްތެރިވި އޮފިޝަލުން ބުނީ މިއީ ރަށްރަށުގައި ހާއްސަކޮށް އޭދަފުށީގައި ފުޓްބޯޅަ ފޯރިއޮތް މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ. ރާއްޖޭގައި އުފެދުނު މޮޅު ކުޅުންތެރިން ނިސްބަތްވާ އޭދަފުށްޓަކީ މިހާރު ވެސް ފުރަތަމަ ޑިވިޝަނުގައި އެއް ރަށަކުން އެންމެ ގިނަ އަދަދަކަށް ކުޅުންތެރިން ތިބި ރަށެވެ.

ފައިނަލްގައި ކުޅުނު ވެލާ ސްޕޯޓްސް ޓީމަށް އިރުޝާދުދިނީ ނިއުރޭޑިއަންޓާއި ވެލެންސިއާގެ މެދުތެރޭގައި މޮޅަށް ކުޅުނު އަހުމަދު ނިޔާޒް (ނިޔާ) އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ 30000ރ. އެވެ. ރަނަރަބް ޓީމަށް 20000ރ. އެވެ. މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އާއި މުއާސަލާތީ ކުންފުނި އުރީދޫ އާއި ކުޅިވަރު ސާމާނު ވިއްކާ އޮބިއޮން އާއި ގްރަފިކާ އާއި އެލްމޮބައިލް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް