Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭދަފުށީގައި ހައުސިންގ މަޝްރޫއެއް

އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

16 ނޮވެމްބަރު 2024 | ހޮނިހިރު 08:13

މި މަޝްރޫއުގެ ދަށުން 15 ފަންގިފިލާގެ ތިން ޓަވަރު އިމާރާތްކޮށް، 3 ކޮޓަރީގެ 336 ފުލެޓު އަދި 2 ކޮޓަރީގެ 772 ފުލެޓު ތަރައްގީކުރެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 16 ނޮވެމްބަރު 2024 | ހޮނިހިރު 08:13
އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ

އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ | ރައީސް އޮފީސް

ބ. އޭދަފުށީގައި 1000 ހައުސިންގް ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ޗައިނާގެ ސިނޯހައިޑްރޯ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓަރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި އަހަރުގެ މޭ މަހުގެ 8 ވަނަ ދުވަހު މި ދެ ފަރާތުން މި ކަމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށް، އެ ފަހުމުނާމާގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މި މަޝްރޫއުގެ ދަށުން 15 ފަންގިފިލާގެ ތިން ޓަވަރު އިމާރާތްކޮށް، 3 ކޮޓަރީގެ 336 ފުލެޓު އަދި 2 ކޮޓަރީގެ 772 ފުލެޓު ތަރައްގީކުރެވޭނެ ކަމަށެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ އޭދަފުއްޓަކީ، ރާއްޖޭގައި ތަރައްގީކުރާ އަރބަން ސެންޓަރުތަކުގެ ތެރެއިން ތަރައްގީގެ ނާރެހެއްގެ ގޮތުގައި ތަރައްގީވާނެ ރަށެއް ކަމަށެވެ. އަދި މި ހައުސިން ޔުނިޓުތައް ވެގެންދާނީ، އޭދަފުއްޓާއި އެ ސަރަހައްދުގެ ރިސޯޓުތަކުގައި މަސައްކަތްކުރާ އާބާދީތަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ ފުރުސަތަކަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ ހީވާގި ދިވެހި މުވައްޒަފުންނަށް ޚާއްސަ ސޯޝަލް ހައުސިންގ ކެޓަގަރީއެއް ތައާރަފުކޮށް ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ހައުސިންގ ސްކީމްތަކުގެ ތެރެއިން ގެދޮރުވެރިކަން ފަހިކޮށްދިނުމަކީ ދިވެހީންގެ ރާއްޖެ މެނިފެސްޓޯގެ މުހިންމު އަމާޒެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އެކި މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ކަނޑައަޅާފައިވާ 40،000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ތެރެއިން އެންމެ އިސްކަންދޭ އެއް ރަށަކަށް އޭދަފުށި ހައްދަވާނެކަމަށް، މި އަހަރުގެ މާރިޗު މަހު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިސަރުކާރަށް 17 ނޮވެންބަރު 2024 ށް އެއް އަހަރު ވެގެންދާއިރު، ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެއާއެކު އެއްއަހަރު ފުރޭތީ، ކުއްލިއަކަށް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށްބުނެ، ގިނަ އެއްބަސްވުންތަކުގައި ސަރުކާރުން ދަނީ ސޮއިކުރަމުންނެވެ.

މި ހިނގާ ނޮވެމްބަރު މަހު، "ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހަށް މިހާރު ސަރުކާރުން ހުށަހަޅުއްވާފައިވާ 2025 ވަނަ އަހަރުގެ ބަޖެޓު ރައީސް މުއިއްޒު ސިފަކުރެއްވީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ބަޖެޓެއްގެ ގޮތުގައެވެ. ނަމަވެސް ބަޖެޓުގެ ފޮތުގައި ތަރައްގީގެ މަޝްރޫއުތަކުގެ ތަފްސީލުތައް ހިމަނާފައިނުވެއެވެ. އަދި 2025 ވަނަ އަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެއްގެ ގޮތުގައި މިސަރުކާރުން ސިފަކުރި ނަމަވެސް ބަޖެޓުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިމަނާފައި އޮތީ މިދިޔަ ތިން އަހަރަށް ވުރެ ވެސް ދަށް އަދަދެއްގެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 ޖުލައި 2017

ހުޅުމާލޭގައި އަޅާ 7،000 ހައުސިން ޔުނިޓް ލިބޭ ފަރާތްތައް އަންނަ އަހަރު ކަނޑައެޅޭނެ: ޑރ. މުއިއްޒު

06 ޖުލައި 2017
ހުޅުމާލޭގައި އަޅާ 7،000 ހައުސިން ޔުނިޓް ލިބޭ ފަރާތްތައް އަންނަ އަހަރު ކަނޑައެޅޭނެ: ޑރ. މުއިއްޒު
14 ޖޫން 2017

އަހަަރަކު 19000 ޔުނިޓްގެ ލޭ ރާއްޖޭގައި ބޭނުން ކުރޭ: ހެލްތް މިނިސްޓްރީ

14 ޖޫން 2017
އަހަަރަކު 19000 ޔުނިޓްގެ ލޭ ރާއްޖޭގައި ބޭނުން ކުރޭ: ހެލްތް މިނިސްޓްރީ
10 ޖޫން 2017

ހައުސިންގް މިނިސްޓްރީގެ އެދުމަށް ފުލުހުން ގޮސް ޗިލެކްސް ކެފޭ ބަންދުކޮށްފި

10 ޖޫން 2017
ހައުސިންގް މިނިސްޓްރީގެ އެދުމަށް ފުލުހުން ގޮސް ޗިލެކްސް ކެފޭ ބަންދުކޮށްފި
04 މެއި 2017

ރިލްވާނު ގެއްލުވާލިތާ 1000 ދުވަސް ފުރޭއިރު އެންމެ ބޮޑު ހިތާމައަކީ ދަރިއެއް ފަދަ ޔާމީން މަރާލާފައިވުން: ރިލްވާނުގެ މަންމަ

04 މެއި 2017
ރިލްވާނު ގެއްލުވާލިތާ 1000 ދުވަސް ފުރޭއިރު އެންމެ ބޮޑު ހިތާމައަކީ ދަރިއެއް ފަދަ ޔާމީން މަރާލާފައިވުން: ރިލްވާނުގެ މަންމަ
25 އެޕްރީލު 2017

ފުލުހުންގެ ސީރިއަސް ކްރައިމް ޔުނިޓްގެ އިސް ދެ ވެރިޔަކު ކުއްލި ގޮތަކަށް އެހެން ޔުނިޓްތަކަށް ބަދަލުކޮށްފި

25 އެޕްރީލު 2017
ފުލުހުންގެ ސީރިއަސް ކްރައިމް ޔުނިޓްގެ އިސް ދެ ވެރިޔަކު ކުއްލި ގޮތަކަށް އެހެން ޔުނިޓްތަކަށް ބަދަލުކޮށްފި
26 މާރިޗު 2017

އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ

26 މާރިޗު 2017
އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް