Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑރ. މުހައްމަދު މުއިއްޒު

ޚުދުމުޚުތާރު ވެރިއެއްގެ ސަބަބުން މަޖިލީހުގައި ތަޅު އެޅުވުނަސް، މުއިއްޒުގެ ގާނޫނީ ހައިސިއްޔަތު ބަދަލެއްނުވާނެއެވެ!

2018 ވަނަ އަހަރުވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ރައީސްގެ ހުވާކުރެއްވުމާ ދިމާވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2023 | ބުރާސްފަތި 14:52
ޑރ. މުހައްމަދު މުއިއްޒު

ޑރ. މުހައްމަދު މުއިއްޒު

މި މަންޒަރު ދިވެހިން މީގެ ކުރިންވެސް ދެކެފިއެވެ. ރާއްޖޭގެ ރައީސަކު ހުވާކުރެއްވުމާއި، މަޖިލީހުގެ ރައީސެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެއް ދުވަސްވަރެއްގައި ހިނގުމެވެ.

މާޒީގެ ފަތްފުށްތައް ނިއުޅާލުމުގެ ކުރިން، މި މައްސަލައަކީ ކޮބައިކަން ބުނެލަދޭނަމެވެ. ކުރުކޮށް ބުނާނަމަ، މި ފަހަރު މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ. މީގެ 5 އަހަރު ކުރިންނަމަ އެއީ އޭރުގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ. އެންމެ ފުރަތަމަ މިއަދުގެ މައްސަލައަށް ބަލާލަމާ ހިނގާށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ދެވަނަ މައްސަލައެއް އެމްޑީޕީން މަޖިލީހަށް ހުށަހަޅައި، އެ މައްސަލައިގެ ނޯޓިސް ނަޝީދަށް ދިނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނަމަ، އެ ނޯޓިސްގެ މުއްދަތަށްފަހު، އެންމެ އަވަހަށް ރަސްމީ ބަންދު ނޫން ދުވަހެއްގައި ބައްވާ ޖަލްސާއަށް އެ މައްސަލަ ހުށަހަޅަން ޖެހޭއިރު، އެ މައްސަލަ އެޖެންޑާކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހު އޮންނަ ޖަލްސާއަށެވެ.

މި މައްސަލައާ ގުޅިގެން، މައްސަލަ ހުށަހެޅި އެމްޑީޕީން ފުރިހަމައަށް ތައްޔާރުވަމުން އަންނައިރު، އެ ޕާޓީގެ ސްޓޭންޑް އެކަމުގައި ސާފެވެ. އެއީ ގާނޫނީގޮތުން ކުރެވޭނެ ގޮތަކަށް ނަޝީދު އެ މަގާމުން ވަކިކުރުމެވެ. އެކަމަށް އެ ޕާޓީގެ ޕީޖީން ތުރީ ލައިން ވިޕެއްވެސް ނެރެފައި ވާއިރު، އެ ޕާޓީގެ ފަރާތުން އެކަމާ ގުޅޭގޮތުން ބުދަ ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި، އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭ ގޮތް ބަޔާންކޮށްފައިވާއިރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމުގެ ޖަލްސާ ނުބާއްވައި މަޖިލީހުގެ އެއްވެސް ކަމެއްގައި އެމްޑީޕީ ޕީޖީ ގްރޫޕުން އެއްބާރުލުން ނުދޭނެ ކަމަށެވެ. ގާނޫނީ ގޮތުން މަޖިލީހުގެ މަސައްކަތްތަކަށް އެއްބާރުލުން ނުދިނުމަކީ އެބޭފުޅުންގެ އަމިއްލަ މައްސަލައެއް ނަމަވެސް، އެންމެ ބޮޑު ކަންބޮޑުވުމަކީ އަސްލަމާއި އެމްޑީޕީގެ ޕީޖީން ދެން ވިދާޅުވި ވާހަކަފުޅެވެ.

"(ނޮވެމްބަރު) 17 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ކުރައްވާ ހުވާ (މި ވޯޓު ނުނިންމާ) ރިޔާސަތުން ނިންމާ ނިންމުމެއް އަޅުގަނޑުމެން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން، އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުވާ ކުރައްވައިގެން ހުރި ރައީސެއްކަމުގަ ނުބަލާނަން. އެގޮތަށް އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވިފަ އޮތީ." އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

އަސްލަމުގެ އިތުރުން، އެ ނޫސްވެރިންގެ ބައްދަލުވުމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ވާހަކަފުޅުދެއްކެވި ގިނަ ބޭފުޅުންގެ ވިސްނުންފުޅަކީވެސް އެއީއެވެ. ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވި ނޮވެމްބަރު 17އާ ހަމައަށް ހިނގައްޖެނަމަ، އިންތިޚާބީ ރައީސްގެ ހުވަޔަކީ ގާނޫނާ ޚިލާފު ހުވައެއް ކަމުގައި ބަލައިގަތުމެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންގޮސް ނުވަތަ ދިގު ލައިގެން ދިޔުމަކީ، އޭގެ ސަބަބުން އިންތިޚާބީ ރައީސް ކުރައްވާ ހުވާގެ ނުވަތަ އެމަނިކުފާނު ރައީސް ކަމަށް ވަޑައިގަތުމުގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދޭނެ ކަމެއްތޯ ކުރެވޭ ސުވާލެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުންނަމަ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. އަދި އެ ފަދަ މައްސަލައެއް ހުށަހެޅުމަށްފަހު، އެހެން އެއްވެސް މައްސަލައަކަށް ބަހުސްކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހުއެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި ދެން ވާނެ ގޮތެއް ގަވާއިދުގައި ސާފުކޮށް ބުނެފައެއް ނެތެވެ.

މިހާރު ބަލާނަމަ، މަޖިލީހުގެ ނައިބު ރައީސަކީ ރައީސް ނަޝީދާ އާއިލީ ގޮތުން ގުޅުން އޮންނަ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ. މި ދައުރުގައި އެމްޑީޕީން މީގެ ކުރިން ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައިވެސް އީވާ އެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ. އެއީ އެމްޑީޕީން އެކަމުގައި މި ފަހަރުވެސް އެންމެ ކަންބޮޑުވާ ކަމެވެ.

އެކަން އެހެން ހިނގައިފިނަމަ، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުމެއް ނުލިބޭނެކަމަށް އެ ޕާޓީން އަންނަނީ ފާޅުގައި ބުނަމުންނެވެ. ގަވާއިދު ބުނާގޮތުން ނަމަ، ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގެ ދަށުން އިތުރު މައްސަލައެއް އެޖެންޑާވެސް ނުކުރެވޭއިރު، ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ)ގެ ދަށުން ހުށަހެޅޭ ކަންތައްތަކާ ގުޅިގެންވެސް މަޖިލީހަށް ގޮތެއް ނިންމޭނީ، ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށްފަހުއެވެ. އެހާހިސާބުން މިއޮތީ މަޖިލިސް ހުއްޓުމަކަށް ގެނެވި، ބޮޑުތަޅު އެޅުވިފައިތާއެވެ.

ދެން އޮތީ އެ މައްސަލައިގެ ސަބަބުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގާނޫނީ ހައިސިއްޔަތެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުންނަމަ، މަޖިލީހުގެ ރައީސަކަށް އެއިރަކު އިންނަވާ ބޭފުޅަކު ވަކިކުރެވޭނީ ވޯޓަކަށް އަހައިގެންނެވެ. އަދި މެމްބަރުންތަކެއް ސޮއި ހަމަކޮށް، ގަރާރެއް ހުށަހެޅި ނަމަވެސް މަޖިލީހުގެ ރައީސް ކަމަކުން އެ ބޭފުޅަކު ވަތްކެއް ނުވާނެއެވެ.

އެހެންކަމުން، ނޮވެމްބަރު 17 ވަނަ ދުވަހު ޑރ. މުއިއްޒު ހުވާކުރެއްވުމާ ހަމައަށްވެސް މަޖިލީހުގެ ރައީސްގެ ގޮތުގައި ނަޝީދު ހުންނަވައިފިނަމަ، އެ ދުވަހު ރައީސް ހުވާ ކުރައްވާ ޖަލްސާގެ ރިޔާސަތުގައިވެސް އިންނަވާނީ ނަޝީދެވެ. އެ ކަމަކީ އަދި މުއިއްޒުގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެއްދޭނެ ކަމެއް ނޫނެވެ. އަދި ނަޝީދު މަޖިލީހުގެ ރައީސްކަމުގައި އިންނެވުމަކީ، މުއިއްޒުގެ ހުވާ ގާނޫނާ ޚިލާފުވާނެ ކަމެއްވެސް ނޫނެވެ.

އެހެން ނަމަވެސް ކެބިނެޓުގެ ރުހުން ހޯއްދެވުމަށް ޑރ. މުއިއްޒު މަޖިލީހަށް ވަޑައިގަންނަވާ ހިސާބުން އެއްކަލަ ގާނޫނީ ފުށުއެރުން އައުމުގެ ފުރުސަތު އެބައޮތެވެ. މަޖިލިސް ގަވާއިދުގެ ދަށުން ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުބަލައި އިތުރު މައްސަލައެއް އެޖެންޑާވެސް ނުކުރެވޭއިރު، ކެބިނެޓުގެ ރުހުން ހޯއްދެވުން ކަމުގައި ވީނަމަވެސް، އެއީ އިސްތިސްނާވާ ހާލަތެއް ނޫނެވެ.

އެހެންކަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި ބީދައިންނަމަ، މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ވީހާވެސް އަވަހަކަށް ގޮތެއް ނިންމުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމު އަމާންކަމާއި އޮމާންކަމާއެކު ހިންގުމަށް ކޮންމެހެންވެސް ބޭނުންތެރި ކަމެކެވެ.

އެހެން ގޮތަކަށް ދަންނަވާނަމަ، ނަޝީދު އެދުވަހު އެތަނުގައި އިންނެވުމަކީ ޑިމޮކްރެސީގެ އުސޫލުން ބަލާނަމަ ރިވެތި ގޮތެއްވެސް ނޫނެވެ. އެއީ ގައުމަށް ފައިދާހުރި ގޮތެއްވެސް ނޫނެވެ. 2018 ވަނަ އަހަރުވެސް މިފަދަ ހާލަތެއްގެ ތެރެއިން ފެނުނީ އެފަދަ މަންޒަރެކެވެ.

މަޖިލީހުގެ މެޖޯރިޓީގެ އިތުބާރު ގެއްލިފައިވާ ރައީސަކު އޭރުވެސް މަޖިލީހުގައި އިންނެވިއެވެ. ތަފާތަކީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް އެ ފަހަރު ނުވުމެވެ. އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން 12 މެމްބަރުންގެ ގޮނޑި ގެއްލިވަޑައިގެންފައި ވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ.

އެއާއެކު، އެ ފަހަރު ބޭއްވި ރިޔާސީ އިންތިޚާބުން ކާމިޔާބު ވެވަޑައިގެންނެވި، އޭރުގެ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ރިޔާސަތުގައި އިންނަވާނެކަމަށް ބެލެވުނީވެސް އޭރުގެ މަޖިލީހުގެ ރައީސް މަސީހުއެވެ.

އެހެން ނަމަވެސް ޑިމޮކްރެސީގެ ރިވެތި އުސޫލު ގަބޫލުކުރައްވައި އެމަނިކުފާނުވެސް މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވިއެވެ. ރައީސް ސާލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރިޔާސަތު ބެލެހެއްޓެވީ މާމިނގިލީ ދާއިރާގެ މެމްބަރު، ގާސިމް އިބްރާހީމެވެ.

ޑރ. މުހައްމަދު މުއިއްޒުކުރީގެ ރައީސް، މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު