Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް: އަލީ އާޒިމް

އާޒިމް ވިދާޅުވީ އެފްއޭއެމްގެ ރައީސްކަމުގެ މަޤާމު އަދާކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އެކަން ކުރެއްވި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2023 | ބުރާސްފަތި 06:39
އެފްއޭއެމްގެ ފުރަތަމަ އިންތިޚާބީ ރައީސް އަދި މެދު ހެންވާރު ދާއިރާގެ މެމްބަރު އަލީ އާޒިމް

އެފްއޭއެމްގެ ފުރަތަމަ އިންތިޚާބީ ރައީސް އަދި މެދު ހެންވާރު ދާއިރާގެ މެމްބަރު އަލީ އާޒިމް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމަށް ކުރިމަތިލެއްވުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް އެފްއޭއެމްގެ ފުރަތަމަ އިންތިޚާބީ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

"ރާއްޖެ އެމްވީ"އާ ވާހަކަފުޅު ދައްކަވަމުން މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އާޒިމް ވިދާޅުވީ، އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ޝައުޤުވެރިކަމެއް އަދި ވިސްނުންފުޅެއް ނެތް ކަމަށެވެ. އާޒިމް ވިދާޅުވީ އެފްއޭއެމްގެ ރައީސްކަން ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި އެކަން ކުރެއްވި ކަމަށެވެ. އާޒިމް އަކީ އެފްއޭއެމްގެ ފުރަތަމަ އިންތިޚާބީ ރައީސް އެވެ. 2008 ވަަނަ އަހަރު އޮތް އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރައްވާ، ހަތަރު އަހަރުގެ ދައުރަކަށް އާޒިމް އިންތިޚާބުވެވަޑައިގެންނެވި އެވެ. އާޒިމްގެ އެ ދައުރު ހަމަވީ 2012 ވަނަ އަހަރު އެވެ. ޖެހިގެން އައި ދައުރުގައި އެފްއޭއެމްގެ އިންތިޚާބުގައި ވެސް އާޒިމް ވާދަކުރެއްވި އެވެ. ނަމަވެސް އެ އިންތިޚާބުގައި އިލްޙާމް އަޙުމަދާ ވާދަކުރައްވާ، ނާކާމިޔާބުވެވަޑައިގެންނެވީ އެވެ.

އަންނަ އަހަރު އޮންނަ އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައި ވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަޙުމަދު ޠާރިޤް (ޓޮމް) އެކަންޏެވެ. މީގެ އިތުރުން ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާޤު (ދަގަނޑޭ) ވެސް އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. "ދަގަނޑޭ ފޯ އެފްއޭއެމް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުން އަންނަ ނަމަވެސް، އެކަމުގައި ދަގަނޑޭގެ ރަސްމީ ބަހެއް އަދި ނެތެވެ. އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންނާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، މިވަގުތަށް ވަކި އެއްޗެއް ވިދާޅުވާން އަވަސް ކަމަށެވެ.

ފުޓުބޯޅައިގެ ހިންގުމުން ދުރުވެ، މިހާރު ސިޔާސީ މަސައްކަތުގައި އުޅުއްވި ނަމަވެސް، އަބަދު ވެސް އާޒިމް ގެންދަވަނަނީ އެފްއޭއެމްގެ ހިންގަމުން އަންނަ ގޮތުގެ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އެ އިދާރާގެ އިސްވެރިން ހަދަމުންދާ ގޯސްތަކުގެ ވާހަކަ އެންމެ ގަދަޔަށް ދައްކަވާ އެއް ބޭފުޅަކީ ވެސް އާޒިމް އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަލީ އާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު