Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ

މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައާ މެދު ގޮތެއް ނުނިންމާ މަޖިލިސް ހިންގުމުގެ ބާރެއް މަޖިލީހުގެ ރައީސަށް ނޯންނާނެ: ދިޔާނާ

26 އޮކްޓޯބަރު 2023 | ބުރާސްފަތި 01:01

މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން މުއްދަތު ހަމަވުމަށްފަހު އެގަރާރާމެދު ވަކި ގޮތެއް ނުނިމެނީސް އެ ރައީސަށް މަޖިލިސް ހިންގެވުމުގެ ބާރެއްނެތް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 އޮކްޓޯބަރު 2023 | ބުރާސްފަތި 01:01
ދިޔާނާ ސައީދު

ދިޔާނާ ސައީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް އެމައްސަލައާ މެދު ގޮތެއް ނުނިންމާ މަޖިލީހުގެ ރައީސަށް މަޖިލީސް ހިންގުމުގެ ބާރު ނެތްކަން މަޖިލީހުގެ ގަވާއިދުން އެނގެން އޮންނަކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓު ނުނަގައި މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށްގެންދިއުމުގައި އެއްބާރުލުން ނުދިނުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ނިންމާފައެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮކްޓޯބަރ މަހުގެ 29 ވާ އާދިއްތަ ދުވަހަށް އެޖެންޑާކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ވެސް ނެރެފައިވާއިރު އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާ ނުބާއްވައި ދެން ކުރާ ކަންކަމަކީ ގަވާއިދާ ޚިލާފަށް ކުރާ ކަންކަންކަމުގައި ދެކޭ ކަމަށެވެ. މީގެ ތެރޭގައި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބާއްވާ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތުވެސް ހިމެނޭއިރު އެ ރަސްމިއްޔާތު ކުރިއަށްގެންދަންވާނީ މަޖިލީހުގެ އިތުބާރު އޮތް ރައީސަކާއެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އިތުބާރު ގެއްލިފައިވާ ރައީސަކު ގަދަކަމުން އެ މަގާމުގައި ހުންނަވައިގެން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިނަމަ އިންތިޚާބީ ރައީސް ހުށަހަޅުއްވާ ކެބިނެޓަށް ވެސް ބުނާނީ ނޫނެކޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ނަޝީދުގެ މައްސަލަ ނުނިންމާނަމަ މުއިއްޒުގެ ހުވާ ގަބޫލުނުކުރާނަން، ކެބިނެޓަށް ރުހުން ނުދޭނަން: އެމްޑީޕީ" މިސުރުޚީގެ ދަށުން މިހާރު އޮންލައިނުން ލިޔެފައިވާ ޚަބަރެއް "އެކްސް"އަށް ޕޯސްޓްކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކުރޫ ވިދާޅުވީ އޭރުން ނަޝީދު އާއި އީވާ މަގާމުން ވަކިވީކަމަށް ވާނެތޯ އާއި ސަރުކާރު ހުއްޓުމަކަށް ގެނެވޭނެތޯ ސުވާލުކުރައްވާފައެވެ. އަދި މިއީ ފުރަތަމަވެސް ބަލިވާނެ ހަނގުރާމައެއްކަމަށާއި މިސަރުކާރުގެ ޤާނޫނީޓީމުގެ ފެންވަރު އެނގެނީ މިކަހަލަ ދެކޮޅުނުޖެހޭ ކަންކަމުންކަމަށާއި ޗާގޮސްގެ މައްސަލަ ގެއްލުނީ ގެއްލެންވެގެންކަމަށް ވިދާޅުވެފައިވެއެވެ.

އާޒިމާގެ މިޕޯސްޓަށް ރައްދުދެއްވާ ދިޔާނާ ވިދާޅުވީ އެމްޑީޕީގެ ޕީޖީ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވަނީ ޞައްހަ ވާހަކަފުޅެއްކަމަށެވެ. މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން މުއްދަތު ހަމަވުމަށްފަހު އެގަރާރާމެދު ވަކި ގޮތެއް ނުނިމެނީސް އެ ރައީސަށް މަޖިލިސް ހިންގެވުމުގެ ބާރު ނެތްކަން މަޖިލީހުގެ ގަވާއިދާއި ގާނޫނީ އުސޫލުތަކުން އެނގޭކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ނ ގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހަށް ލިބުމުން، އެ ގަރާރު ލިޔުން ލިބޭތާ ގިނަވެގެން ބަންދުނޫން ތިން ދުވަހުގެ ތެރޭގައި އެގަރާރުގެ ނޯޓިސް އަމީން އާންމު މެމްބަރުންނަށާއި މަޖިލީހުގެ ރައީސަށް ދިނުމަށްފަހު، އެނޯޓިހުގެ ތާރީޚުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންވާނެކަމަށެވެ.

އެ މާއްދާގެ ރ ގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ގަރާރުގެ ނޯޓިހުގެ މުއްދަތު ހަމަވެގެން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ، ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހު ކަމަށެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެކުރިންވެސް އެމްޑީޕީން ހުށަހެޅިއެވެ. ނަމަވެސް އެފަހަރު ގަވާއިދު ތަން ނުދޭކަމަށް ވިދާޅުވެ އެމައްސަލަ ކުރިޔަށް ގެންދަވާފައެއްނުވެއެވެ.

ރައްޔިތުންގެ މަޖިލިސްރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް