Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހަމާސްއިން ރަހީނުން ދޫކުރުން

ހަމާސްއިން އަހަރެމެންނާ ދޭތެރޭ ކަންތައްތައް ކުރީ ވަރަށް ރަނގަޅަށް!

ހަމާސްއިން ރަހީނުން ދޫކުރަމުން ގެންދަނީ ޣައްޒާއަށް ޒަރޫރީ އެހީގެ ތަކެތި ވެއްދުމަށް މަގުފަހިކުރުމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2023 | ބުދަ 10:23
ހަމާސްއިން ދޫކޮށްލި ޢުމުރުން ދުވަސްވީ އަންހެންމީހާ

ހަމާސްއިން ދޫކޮށްލި ޢުމުރުން ދުވަސްވީ އަންހެންމީހާ

މި މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދިނުމަށްފަހު އިސްރާއީލްގެ ބައެއް ރައްޔިތުންވަނީ އެޖަމާޢަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ހައްޔަރުކުރި ހުރިހާ އަސީރުންވެސް ވަނީ ފަލަސްތީނުގެ ޣައްޒާ އަށް ގެންގޮސްފައެވެ. ހަމާސްއިން އަބަދުވެސް ބުނަމުން އަންނަނީ ރަހީނުކުރާ މީހުންނަކީވެސް އިންސާނުން ކަމަށްވާތީ އެމީހުންނާ ދޭތެރޭ ހަމްދަރުދީ ވާނެކަމަށެވެ. އެކަން މިއަދު މިވަނީ ހަމާސްއިން ސާބިތުކޮށްދީފައެވެ.

އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ވަދެ، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްގެން އިސްރާއީލަށް ގެންދިޔައެވެ. ހަމާސް ޖަމާއަތުން ބުނާ ގޮތުގައި، ޣައްޒާ އަށް ގެންދިޔަ މީހުންގެ އަދަދު 250 އަށް އަރާނެއެވެ. އެކަމަކު އިސްރާއީލުން ބުނެފައި ވަނީ ޣައްޒާ އަށް ގެންދިޔައީ 222 މީހުން ކަމަށެވެ. ނަމަވެސް އެއީ ފައިނަލް އަދަދު ކަން އަދި ކަށަވަރު ނުވާ ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ވަނީ މީގެކުރިން ކުޑަކުއްޖަކާއި ފަސް މީހަކު ދޫކޮށްލައިފައެވެ. އެންމެ ފަހުން، ރޭގެ ވަގުތެއްގައި އިސްރާއީލުން ދޫކޮށްލާފައި ވަނީ އިސްރާއީލްގެ އުމުރުން ދުވަސްވީ ދެ އަންހެނުންނެވެ.

ހަމާސްގެ ހަނގުރާމަވެރިން ކަންތައްތައް ކުރި ގޮތާ މެދުގައި ނޫސްވެރިން ސުވާލު ކުރުމުން އިސްރާއީލުގެ ރައްޔިތެއް ކަމަށްވާ އޮޔޮޗެވެޑް ލިފްޝިޓްޒް ބުނީ ހަމާސްގެ މީހުންނަކީ ވަރަށް ހެޔޮ މީހުން ކަމަށެވެ. ޣައްޒާއަށް ގެންދިޔުމުން އޭނާ ވަރަށް ބިރުގަތް ކަމަށާއި އެމީހުން ގެންދިޔައީ ބިމުގެ އަޑީގައި ހަދާފައިވާ ބިންގަރާހުގެ ތެރެއަށް ކަމަށް ބުނެފައިވެއެވެ. އަދި ބިންގަރާހުގެ ތެރޭގައި އެތައް ކިލޯމީޓަރެއް ހިނގުމަށް މަޖުބޫރުވި ކަމަށް ވެސް އޭނާ ބުންޏެވެ.

އޮޔޮޗެވެޑް ލިފްޝިޓްޒް ބުނީ އޭނަގެ މަންމަ ރަހީނުކޮށްގެން ގެންދިޔައީ ސައިކަލެއްގެ ފަހަތަށް އަރުވައިގެން ކަމަށެވެ. ރަހީނުކޮށްގެން ގެންދިޔަ ވަގުތުވެސް ހަމާސްގެ ހަނގުރާމަވެރިން އަނިޔާވެރި ނުވާ ކަމަށް އޭނާ ބުންޏެވެ.

އޭގެ ބަދަލުގައި ހަމާސްގެ ހަނގުރާމަވެރިން އިސް ކުރީ މަޑުމައިތިރި ކަން ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެމީހުން ކެއުމަށް ޕިޓާ ރޮށި، ހަރު ޗީޒް، ކޮންމެވެސް ވަރަކަށް ލޯ ފެޓް ކްރީމް ޗީޒް އަދި ކިއުކަމްބާ ދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ހަމާސްގެ ހަނގުރާމަވެރިންނާ ސަލާމް ކުރީ ކީއްވެތޯ ސުވާލު ކުރުމުން އެމީހާ ބުނީ އޭނާ ސަލާމްކުރީ ހަނގުރާމަވެރިން ވަރަށް ރަނގަޅަށް ކަންތައްތައް ކުރުމާ ގުޅިގެން ކަމަށެވެ. އުމުރުން ދުވަސްވީ މީހާ ބުނާ ގޮތުގައި އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ހަމާސްއިން ދިން ހަމަލާ އެކަށީގެންވާ ވަރަށް ސީރިއަސްކޮށް ނުނަގައެވެ. އޭގެ ބަދަލުގައި ހަމާސް ޖަމާއަތް އޮތީ ވަރަށް ތައްޔާރުވެގެން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި، އަލް ގާއްސާމް ބްރިގޭޑްސްއާ ހަވާލާދީ ގަތަރާއި މިސްރުގެ ބައެއް މީޑިއާތަކުން ބުނީ އެ ޖަމައާތުން އަސީރުން ދޫކުރަމުން ދަނީ ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ހަމާސްއިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު