Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނޫނުތައް ހެދުން

ގާނޫނު ހަދާ މަޖިލީހުން ހަމައެކަނި ސުރުހީ ފާސްކުރުން ނިމުމަކަށް ގެންނަންޖެހޭ: މެންބަރު ސައުދު

ގާނޫނުތައް ފާސްކުރަމުންދާއިރު ލާމަރުކަޒީ ނިޒާމު ނުގެއްލޭ ގޮތަށް އިސްލާހުތައް ހުށަހަޅަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 އޮކްޓޯބަރު 2023 | ބުދަ 08:37
ރައްޔިތުންގެ މަޖިލިހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން

ރައްޔިތުންގެ މަޖިލިހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން

ގާނޫނު ހަދާ މަޖިލީހުން ގާނޫނު ހެދުމަށްފަހު، ގާނޫނުގެ ތެރެއިން ހުރިހާ ބާރެއް ސަރުކާރުގެ ވަޒީރަށް ލިބޭ ގޮތަށް އޮންނަ އުސޫލު ބަދަލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅުދައްކަވަމުން މެންބަރު ސައުދު ވިދާޅުވީ ޒަމާނުއްސުރެ ވާރުތަވަމުން އަންނަ ކަންކަން އަދިވެސް ވާރުތަވަމުން އަންނަ ކަމަށާއި، އެކަންކަން 21 ވަނަ ގަރުނުގެ ތެރޭގައި ވެސް ފެންނަމުންދާ ކަމަށެވެ.

މެންބަރު ސައުދު ވިދާޅުވީ ގާނޫނު ހަދަނީ ގާނޫނު ހަދާ މަޖިލީހުން ކަމަށާއި، ބިލް ތަސްތީގުކޮށްދެއްވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެގާނޫނުގެ ދަށުން އެ ނިސްބަތްވާ ވުޒާރާއަކުން އައު އުސޫލުތަކާއި ގަވާއިދުތައް ހެދުމަށްފަހު ހުރިހާ ބާރެއް އެ ވުޒާރާއެއްގައި ހުންނަވާ ވަޒީރަކަށް ލިބޭ ކަމަށެވެ. އަދި އެއުސޫލު ބަދަލުކުރަންޖެހޭ ކަމަށް މެންބަރު ސައުދު ވިދާޅުވިއެވެ. މެންބަރު ސައުދު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުން ހަމައެކަނި ސުރުހީ ފާސްކުރުން ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި، އެ ގާނޫނުގެ އެތެރޭގައިވާ ކަންކަން ވެސް ބައްޓަންކުރަންޖެހޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީއަށް އިޝާރަތްކުރައްވައި މެންބަރު ސައުދު ވިދާޅުވީ އެގޮތަށް އެކަންކުރުމުގެ ސަބަބުން އެވަޒީރަކު ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއް ކުރާ ކަމަށެވެ. އަދި މި އުސޫލުތައް ބަދަލުކުރަންޖެހޭ ކަމަށާއި، އެގޮތަށް އެކަން ކުރުމުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ވެސް ގެއްލޭ ކަމަށް މެންބަރު ސައުދު ވިދާޅުވިއެވެ.

މެންބަރު ސައުދު ވިދާޅުވީ ގާނޫނުތައް ފާސްކުރަމުންދާއިރު ލާމަރުކަޒީ ނިޒާމު ނުގެއްލޭ ގޮތަށް އިސްލާހުތައް ހުށަހަޅަންޖެހޭ ކަަމަށެވެ.

މީގެ އިތުރުން މެންބަރު ސައުދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ވެސް ބޭނުންވާ ކަމަށާއި، ރާއްޖޭގެ ރަށްތައް ވެސް ތަރައްގީ ކުރަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ގާނޫނުތައް ހެދިގެންދާއިރު، ބާރުތައް އެއްނުކުރެވޭ ގޮތަށް ކޮމެޓީ މަރުހަލާގައި ވެސް މަސައްކަތް ކުރަންޖެހޭ ކަމަށް މެންބަރު ސައުދު ވިދާޅުވިއެވެ.

މެންބަރު ސައުދު ހުސެއިން ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު