Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ޗެމްޕިއަންސް ލީގު

ރޮނާލްޑޯގެ ދެ ލަނޑާއެކު މޮޅުވެ، އަލް ނަސްރު އެއް ވަނައިގައި

25 އޮކްޓޯބަރު 2023 | ބުދަ 00:55

އެއް ވަނައިގައި އަލް ނަސްރު އޮތީ ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އޮކްޓޯބަރު 2023 | ބުދަ 00:55
އަލް ނަސްރުން، އަލް ދުހައިލާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ރޮނާލްޑޯ

އަލް ނަސްރުން، އަލް ދުހައިލާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ރޮނާލްޑޯ | ޓްވީޓަރ

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އަލް ދުހައިލްއާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު މޮޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 4-3 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލް ނަސްރުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ޓަލިސްކާ އެވެ. އޭގެ ފަހުން މެޗުގެ 56 ވަނަ މިނެޓުގައި އަލް ނަސްރުގެ ލީޑު ފުޅާ ކޮށްދިނީ ސެނެގާލްގެ ސަޑިއޯ މާނޭ އެވެ. އޭގެ ފަސް މިނެޓު ފަހުން އަލް ނަސްރުގެ ތިން ވަނަ ލަނޑު ޖެހީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ލަނޑު ޖެހިތާ، ދެ މިނެޓު ފަހުން ދުހައިލް އިން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އިސްމާއީލް މުޙައްމަދު އެވެ. އޭގެ ހަތަރު މިނެޓު ފަހުން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ އަލްމޯޒް އަލީ އެވެ. މެޗުގެ 81 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އޭނާގެ ދެ ވަނަ ލަނޑު އަދި އަލް ނަސްރުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ދުހައިލްގެ ތިން ވަނަ ލަނޑު ޖެހީ މިކޭލް އޮލުންގާ އެވެ.

މޮޅާއެކު އަލް ނަސްރު އޮތީ ގްރޫޕް އީގެ އެއް ވަނައިގަ އެވެ. މި ގްރޫޕްގައި ކޮންމެ ޓީމެއް ވެސް ވަނީ ތިން މެޗު ކުޅެފަ އެވެ. އެއް ވަނައިގައި އަލް ނަސްރު އޮތީ ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޕާސެޕޮލިސް އަށް ލިބެނީ ހަ ޕޮއިންޓެވެ. ތިން ވަނައިގައި ދުހައިލް އަށް އެއް ޕޮއިންޓު ލިބޭއިރު، ފުލުގައި އޮތް އިސްޓިކްލޯލް އަށް ޕޮއިންޓެއް ނުލިބެ އެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގުއަލް ނަޞްރުއަލް ދުހައިލްކްރިސްޓިއާނޯ ރޮނާލްޑޯ

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2026

މެސީ ހިމަނައިގެން ބެލެންޑިއޯގެ ނޮމިނޭޝަން އިއުލާނުކޮށްފި، ރޮނާލްޑޯ އަށް ފުރުސަތެއް ނެތް

09 ސެޕްޓެމްބަރު 2026
މެސީ ހިމަނައިގެން ބެލެންޑިއޯގެ ނޮމިނޭޝަން އިއުލާނުކޮށްފި، ރޮނާލްޑޯ އަށް ފުރުސަތެއް ނެތް
22 އޯގަސްޓު 2026

ރޮނާލްޑޯގެ ލަނޑުން މޮޅުވެ، އަލް ނަޞްރު އެއް ވަނައިގައި

22 އޯގަސްޓު 2026
ރޮނާލްޑޯގެ ލަނޑުން މޮޅުވެ، އަލް ނަޞްރު އެއް ވަނައިގައި
17 އޯގަސްޓު 2026

މިއީ ޕްރޮފެޝަނަލް ފުޓުބޯޅައިގެ ފަހު އަހަރު: ރޮނާލްޑޯ

17 އޯގަސްޓު 2026
މިއީ ޕްރޮފެޝަނަލް ފުޓުބޯޅައިގެ ފަހު އަހަރު: ރޮނާލްޑޯ
12 އޯގަސްޓު 2026

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

12 އޯގަސްޓު 2026
10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި
07 ޖުލައި 2026

ޔޫރޯ ކާމިޔާބު ކުރެވުން، އެއީ ވޯލްޑް ކަޕާ އެއްވަރުގެ މުބާރާތެއް: ރޮނާލްޑޯ

07 ޖުލައި 2026
ޔޫރޯ ކާމިޔާބު ކުރެވުން، އެއީ ވޯލްޑް ކަޕާ އެއްވަރުގެ މުބާރާތެއް: ރޮނާލްޑޯ
06 ޖުލައި 2026

ޕޯޗުގަލް އާއި ސްޕެއިން މެޗް - ތަޖުރިބާކާރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އުުންމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ކުރިމަތިލުމަކަށް!

06 ޖުލައި 2026
ޕޯޗުގަލް އާއި ސްޕެއިން މެޗް - ތަޖުރިބާކާރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އުުންމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ކުރިމަތިލުމަކަށް!
06 ޖުލައި 2026

މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ

06 ޖުލައި 2026
މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ
03 ޖުލައި 2026

ވީއޭއާރުގެ ނިންމުމާއެކު ކްރޮއޭޝިއާ ޓީމު އެންމެ ފަހު ވަގުތު ހިތްފަޅައިގެން ހިނގައްޖެ!

03 ޖުލައި 2026
ވީއޭއާރުގެ ނިންމުމާއެކު ކްރޮއޭޝިއާ ޓީމު އެންމެ ފަހު ވަގުތު ހިތްފަޅައިގެން ހިނގައްޖެ!
03 ޖުލައި 2026

ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި

03 ޖުލައި 2026
ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި
01 ޖުލައި 2026

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގޯލްޑަން ބޫޓް އެވޯޑް ހޯދުމުގެ ރޭހުގައި ކުރީގައި އުޅެނީ ކޮން ކުޅުންތެރިންނެއް؟

01 ޖުލައި 2026
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގޯލްޑަން ބޫޓް އެވޯޑް ހޯދުމުގެ ރޭހުގައި ކުރީގައި އުޅެނީ ކޮން ކުޅުންތެރިންނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް