Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އަނިޔާގެ މައްސަލަ ކުރިމަތިވި ނަމަވެސް، ގަލަޓަސަރާއި ބަލި ކުރެވޭނެ: ޓުޗެލް

ޓުޗެލް ފާހަގަ ކުރި ގޮތުގައި ޗެމްޕިއަންސް ލީގު ކަހަލަ ބޮޑެތި މުބާރާތްތަކުގައި މަސައްކަތް ކުރަން ޖެހޭނީ ފިޔަވަޅަކަށްފަހު، ފިޔަވަޅަކުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އޮކްޓޯބަރު 2023 | އަންގާރަ 05:33
ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް

ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ތިން ވަނަ މެޗުގައި ގަލަޓަސަރާއިއާ ދެކޮޅަށް ނުކުންނައިރު، ޓީމުގައި އަނިޔާގެ މައްސަލަ ހުރި ނަމަވެސް މެޗުން މޮޅުވެވޭނެ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޓުޗެލް މިހެން ބުނީ ގަލަޓަސަރާއިއާ ދެކޮޅަށް ބަޔާނުން ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ގަލަޓަސަރާއިއާ ދެކޮޅަށް ކުޅޭ މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށެވެ. އެހެން ނަމަވެސް ބޭނުންވަނީ އެ މެޗުން މޮޅުވެ، ގްރޫޕް ސްޓޭޖުން ކުރިއަށް ދާން ކަމަށެވެ. ޓުޗެލް ފާހަގަ ކުރި ގޮތުގައި ޗެމްޕިއަންސް ލީގު ކަހަލަ ބޮޑެތި މުބާރާތްތަކުގައި މަސައްކަތް ކުރަން ޖެހޭނީ ފިޔަވަޅަކަށްފަހު، ފިޔަވަޅަކުންނެވެ. އޭނާ ބުނީ ބަޔާން ހިމެނިފައި އޮތް ގްރޫޕްގެ އެއް ވަނަ އެ ޓީމަށް ހޯދޭނެ ކަމަށާއި، އެ ޓީމަކީ އެ ފެންވަރުގެ ޓީމެއް ކަމަށެވެ.

މީގެ އިތުރުން ޓުޗެލް ބުނީ ބައިނަލްއަޤުވާމީ ބްރޭކަށްފަހު ކުޅުންތެރިން އެނބުރި އައިސް، އެކަށީގެންވާ ފަރިތަކުރުމެއް ކުރިއަށް ނުގެންދެވި ލީގު މެޗު ކުޅެން ޖެހުނު ކަމަށެވެ. އޭގެ ފަހުން ޓީމަށް އެކުވެގެން ރަނގަޅު ތަމްރީނެއް ކުރިއަށް ނުގެންދެވޭ ކަމަށް ވެސް ޓުޗެލް ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ ބަޔާންގައި މިވަގުތު ކޮންމެ ވެސް ވަރަކަށް އަނިޔާގެ މައްސަލަ އުޅޭ ކަމަށެވެ. އެހެން ނަމަވެސް، އެކަންކަމާއެކު ވެސް، މެޗު ކާމިޔާބު ކުރެވޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ގަލަޓަސަރާއި މެޗުގެ ކުރިން އޮންނަ އެންމެ ފަހުން ތަމްރީނުގައި ވަރަށް ރަނގަޅަށް ކުޅުންތެރިންނަށް އެކަންކަން ބުނެދޭނެ ކަމަށް ވެސް ޓުޗެލް ވަނީ ބުނެފަ އެވެ.

ގަލަޓަސަރާއިގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުންނައިރު، ގްރޫޕް އޭގެ އެއް ވަނައިގައި ބަޔާން އޮތީ ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. ދެ މެޗުން ހަތަރު ޕޮއިންޓާއެކު ގަލަޓަސަރާއި އޮތީ ދެ ވަނައިގަ އެވެ. މެޗުން މޮޅުވެ، ބަޔާނަށް ލީޑު ފުޅާ ކުރުމުގެ ފުރުސަތު އޮތް އިރު، ބަޔާން ބަލިކޮށްގެން އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ގަލަޓަސަރާއި އަށް އޮންނާނެ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބަޔާން މިއުނިކް ގަލަޓަސަރާއިތޯމަސް ޓުޗެލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު