Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އެފްއޭއެމްގެ މަނީ ލޯންޑަރިންގެ މައްސަލަ: އެއް ދުވަސްވީއިރު ވެސް ބައްސާމާއި، އެފްއޭއެމް ހަނު!

ފުލުހުން އެފްއޭއެމް ބަލައި ފާސްކުރިތާ އެއް ދުވަސް ފާއިތުވެގެން ދިޔަ އިރު ވެސް، އެކަމުގައި އެ އިދާރާގެ ރައީސް ބައްސާމްގެ ބަހެއް ނެތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2023 | އަންގާރަ 00:44
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ދެކޮޅަށް ދިވެހި ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ ގުޅިގެން، އެ އިދާރާ އިން ބަހެއް ބުނުމަށް ދެކޮޅު ހަަދައިފި އެވެ.

އާދިއްތަ ދުވަހު ފުލުހުން ވަނީ އެފްއޭއެމްގެ އިދާރާ އަށް ވަދެ، ބަލައި ފާސްކުރުން ކުރިއަށް ގެންގޮސްފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވާ ގޮތުގައި، އެފްއޭއެމަށް އެކި ފަރާތްތަކުން ދެމުން އަންނަ ފައިސާތަކަށް އެ އިދާރާގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިން، ވައްކަން، ޚިޔާނާތް އަދި މަކަރާއި ހީލަތް ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަޙުގީގުކޮށް، އެ މައްސަލައިގައި ދަޢުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވައި ދިނުމަށް އެދޭ ކަމަށެވެ.

އެކަމާ ގުޅިގެން އާދިއްތަ ދުވަހު އެފްއޭއެމްގެ ރަސްމީ މީޑިއާ ގްރޫޕުގައި ނޫސްވެރިޔަކު ސުވާލު ދެންނެވުމުން ބައްސާމް ވިދާޅުވީ، މިހާރު ކުރިއަށްދާ ތަހުގީގު ނިކުމާއެކު އެކަމުގެ ވާހަކަ ދައްކަވާނެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ބައްސާމް ދެއްވައިފައެއް ނުވެ އެވެ. ނަމަވެސް، ފުލުހުން އެފްއޭއެމް ބަލައި ފާސްކުރިތާ އެއް ދުވަސް ފާއިތުވެގެން ދިޔަ އިރު ވެސް، އެކަމުގައި އެ އިދާރާގެ ރައީސް ބައްސާމްގެ ބަހެއް ނެތެވެ. އޭގެ ފަހުން އެފްއޭއެމްގެ މީޑިއާ ގްރޫޕުގައި ނޫސްވެރިޔަކު ސުވާލު ކުރުމުން ބައްސާމް އަދި އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް (ޖަވާ) ވެސް އެއްވެސް ޖަވާބެއް ދެއްވައިފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމާ ދެކޮޅަށް ފުލުހުން ކުރަމުން ދަނީ ސީރިއަސް ތުހުމަތު ތަކެކެވެ. އެގޮތުން އެ އިދާރާ އަށް އެކި ގޮތް ގޮތުން ލިބެމުން އަންނަ ފައިސާ، އިދާރާގެ އިސްވެރިންނާއި، އިސްވެރިންނާއި ގާތް ގުޅުން އޮތް ފަރާތްތަކުގެ އިތުރުން، އެކި އެކި ކުންފުނިތަކަށް ވެސް ވަނީ ޖަމާކޮށްފަ އެވެ.

މި ފަހުން އައިސް އެފްއޭއެމްގެ މާލީ މައްސަލަތައް ވަނީ އިންތިހާއަށް ބޮޑުވެ، އެފްއޭއެމް ބަނގުރޫޓުވާން ކައިރިވެފަ އެވެ. އެގޮތުން އެ އިދާރާގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް މުސާރަ ނުދެވޭތާ ގިނަ މަސްތަކެއް ވެފައިވާއިރު، މުވައްޒަފުންގެ ޕެންޝަން ފައިސާ އަށް ވެސް ވަނީ ޚިޔާނާތްތެރިވެފަ އެވެ. އަނެއްކޮޅުން، އެކި އެކި ތަންތަނުން ޚިދުމަަތް ހޯދުމަށް އެތަންތަނަށް ދައްކަން ޖެހޭ ފައިސާ ވެސް އޮތީ ނުދައްކަ އެވެ. އެކަމުގެ ސަބަބުން އެފްއޭއެމާ ދެކޮޅަށް ކޯޓުން ޙުކުމްތައް އިއްވަމުންދާއިރު، އެ ފައިސާ ދެއްކި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު