Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީނު

"ގޮނޑިއެއް ދަމާލާ އަޑަށްވެސް އެ ކުދިން ތިބެނީ ބިރުން ސިހިސިހި... ބޭ އިޚުތިޔާރުގައި ގަޔަށް ކުޑަކަމުދެވޭ"

ޔަހޫދީ އިޒްރޭލުގެ ޝިކާރައަކަށް ހަދާފައިވާ ޣައްޒާގައި މިއަދު އެންމެ ބޮޑު ވޭނެއް އުފުލަމުންދާ އެއްބަޔަކީ ކުށެއް ނެތް، މައުސޫމް ތުއްތު ކުދިން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2023 | އާދީއްތަ 11:33
ޣައްޒާގައި ގެދޮރު ގެއްލިފައިވާ މައެއް

ޣައްޒާގައި ގެދޮރު ގެއްލިފައިވާ މައެއް

މުސްލިމުންގެ ބިންތަކެއް ނުހައްގުން ފޭރިގަނެ، އެވަރުންވެސް ހިތް ނުފުދިގެން ދިރިހުރުމުގެ ހައްގުންވެސް އެތައް ބަޔަކު މަހުރޫމުކުރަމުންދާ ޔަހޫދީ އިޒްރޭލުގެ ޝިކާރައަކަށް ހަދާފައިވާ ޣައްޒާގައި މިއަދު އެންމެ ބޮޑު ވޭނެއް އުފުލަމުންދާ އެއްބަޔަކީ ކުށެއް ނެތް، މައުސޫމް ތުއްތުކުދިންނެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. 2007 ވަނަ އަހަރު ފަލަސްތީނުގައި އުފެދުނު ދާޚިލީ ހަމަނުޖެހުންގަނޑުގެ ތެރެއިން ޣައްޒާގެ ކޮންޓްރޯލް ނެގި ހަމާސް ޖަމާއަތަކީ އިޒްރޭލާއި، އިޒްރޭލަށްޓަކައި ދިފާއީ އަށްޑަނަ ހިއްލާލައިގެން އޮތް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ސިފަކުރާގޮތުގައި ޓެރަރިސްޓު ހަނގުރާމަވެރި ޖަމާއަތެކެވެ.

ޣައްޒާއަށް ދެމުންދާ ހަމަލާތަކަކީ ހަމާސްގެ ވަސް ފޮހެލުމަށް ދެމުންދާ ހަމަލާތަކެއްކަމަށް އިޒްރޭލުން ސިފަކުރެއެވެ. ނަމަވެސް، ހަގީގީ މަންޒަރު ބުނަނީ އެހެން ވާހަކައެކެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށް 2 ހަފުތާ ވީއިރުވެސް މަޑުޖެހުމެއް އައިސްފައި ނުވާއިރު، މަރުވި މީހުންގެ އަދަދު އުޅެނީ 4000ށްވުރެ މަތީގައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އެތައް ހާސް ބަޔަކު ޒަޚަމްވެ، އެތައް ލައްކަ ބައެއްގެ ގެދޮރު ގެއްލިފައިވާއިރު، އޭގެ ތެރޭގައިވެސް ތުއްތުކުދިން ހިމެނޭ މިންވަރު މަދެއްނޫނެވެ. ބޯމައްޗަށް ބޮންތައް އަޅަމުން ދަނީ އެޔެއް މިޔެއް ބެލުމެއް ނެތިއެވެ. ހައްތަހާވެސް ހަމަ ހަމާސްގެ ހަނގުރާމަވެރިންތޯއެވެ؟

ޖިސްމާނީ އަނިޔާގެ އިތުރުން ޣައްޒާގެ ކުޑަކުދިން ތަހައްމަލު ކުރަމުންދާ ނަފުސާނީ ވޭނަކީ، ދުނިޔޭގެ އެހެން އެއްވެސް ހިސާބެއްގައި ހުރި މީހަކަށް ބަޔާންކޮށްދެވޭނެ ވޭނެއް ނޫނެވެ. އެ ދަރިން އުފުލަމުންދާ ވޭނަކީ، މައިލަގޮނޑިއަކަށް ކެތްވާވަރުގެ ކަމެއް ނޫންކަން، ޣައްޒާގެ މަންމައިން ކިޔައިދޭ ވާހަކަތަކުން ކިތަންމެހާ ސާފުކޮށްވެސް އެނގެން އެބައޮތެވެ.

ތަހްރީރް ތަބާޝްއަކީވެސް ހަމަ މިދެންނެވި ފަދަ މަންމައެކެވެ. ތަބާޝް ކިޔައިދިންގޮތުގައި، މިއަދު މީހަކު ގޮނޑިއެއް ދަމާލިއަސް އޭނާގެ ދަރިންކޮޅު އެ އަޑަށް ސިހެއެވެ. ބިރުގަނެއެވެ. އިޒްރޭލުގެ އުދުވާނީ ހަމަލާގެ އަޑުފަށްގަނޑު، އެކުދިންގެ ޅަ ސިކުނޑިތަކުގައި ބިންވަޅުނެގިފައިވާ މިންވަރުގެ ބޮޑުކަމުންނެވެ.

ތަބާޝްއާއި އޭނާގެ 6 ދަރިންނަކީ ގެދޮރު ގެއްލި، ވަގުތީ ހިޔާވަހިކަން ހޯދަމުންދާ، ޣައްޒާގެ އެތައް ސަތޭކަ އާއިލާއެއްގެ ތެރެއިން އެއް އާއިލާއެވެ. ތަބާޝްގެ އާއިލާ ދިރިއުޅެމުންދަނީ ޚާން ޔޫނިސްގައި އދ.ން ހިންގާ ސްކޫލެއްގައެވެ. ތަބާޝްގެ އާއިލާ އެތަނަށް ބަދަލުވީ، ޣައްޒާގެ އުތުރުގެ ސަރަހައްދު ދޫކޮށް ދިއުމަށް އިޒްރޭލުން ދިން އިންޒާރާ ގުޅިގެންނެވެ. ވަގުތީ ހިޔަލުގެގޮތުގައި ބޭނުންކުރަމުންދާ ސްކޫލް އިމާރާތަށް ބަދަލުވީ، އެއީ ރައްކާތެރި މަންޒިލަކަށް ވާނެކަމަށް ހީކޮށެވެ. ނަމަވެސް، ކައިރި ހިސާބުތަކަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ތަބާޝްގެ ދަރިންނަށް ސާފުކޮށް ފެނެއެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާއަށް އަމާޒުކޮށްގެން އިޒްރޭލުން އުދުވާނީ ހަމަލާތައް ދެމުންދާތާ 2 ހަފުތާ ފާއިތުވެގެން ދިޔައިރު، ގެދޮރު ގެއްލުނު މީހުންގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް އަރާފައި ވާކަމަށް އދ.ން ބުނެއެވެ.

އިޒްރޭލުގެ ހަމަލާތައް ޣައްޒާއަށް އަމާޒުކުރަނީ ދުރާލައި އިންޒާރުދިނުމަކާ ނުލައެވެ. ދުރާލައި އިންޒާރު ދިނެއްކަމަކު، ވަންނާނެ ރައްކާތެރި ހިޔާވެއްސެއްވެސް ޣައްޒާގައި ނެތެވެ. އާބާދީގެ 80 އިންސައްތައަށްވުރެ ގިނަ މީހުންނަކީ އިންތިހާ ފަގީރު ހާލުގައި ދިރިއުޅޭ ބަޔަކަށް ވާއިރު، ބޮމުގެ ހަމަލާއަކުން ދިފާއުވުމަށް ވަންނާނެ 'ބޮމް-ޝެލްޓަރ'އެއް ވެސް ޣައްޒާގައި ނެތެވެ. އިޒްރޭލުން ދިފާއަށް ފަތުރާލައިގެން އުޅޭ މިސައިލުން ދިފާއުވާނެ 'އަޔަން ޑޯމް'އެއް ވެސް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

09 އޮކްޓޯބަރު 2017
 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ

ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ

01 އޮކްޓޯބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު