Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަންދަށްފަހު ސްކޫލުތަކުގެ ކިޔެވުން ފެށުން

މިއަހަރުގެ ފުރަތަމަ ޓާމްގެ މިޑް ބްރޭކް ބަންދަށްފަހު ސްކޫލުތަކުގެ ކިޔެވުން ފަށައިފި

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން 84200 އެއްހާ ދަރިވަރުންނާއެކު ފަށައިފައިވަނީ 6 އޮގަސްޓު 2023ގައި

އަމްނާ އިމާދު
އަމްނާ އިމާދު | 22 އޮކްޓޯބަރު 2023 | އާދީއްތަ 07:32
އިޒްޒުއްދީން ސްކޫލް

އިޒްޒުއްދީން ސްކޫލް

މިއަހަރުގެ ފުރަތަމަ ޓާމްގެ މިޑް ބްރޭކަށްފަހު ސްކޫލުތަކުގެ ކިޔެވުން ފަށައިފިއެވެ.

ބަންދަށް ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލީ ހަފްތާއެއްގެ މުއްދަތަށެވެ. އެއީ އޮކްޓޫބަރު މަހުގެ 15ވީ އާދިއްތަ ދުވަހުން ފެށިގެން 21 ވީ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

Advertisement - newsAdvertisement

ހަފްތާއެއްގެ ބަންދަކަށްފަހު އާދިއްތަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވަނި ކިޔަވައިދޭން ފަށާފައެވެ.

ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ކުރިއަށްދާއިރު، ފުރަތަމަ ޓާމްގެ ބަންދުވާނީ 24 ޑިސެންބަރު 2023ން 04 ޖެނުއަރީ 2024 ށެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ފެށޭނީ 07 ޖެނުއަރީ 2024 ވާ އާދިއްތަ ދުވަހެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން 84200 އެއްހާ ދަރިވަރުންނާއެކު ފަށައިފައިވަނީ 6 އޮގަސްޓު 2023 ގައެވެ. އެއީ ސަރުކާރު ސްކޫލްތަކުގައި ކިޔަވާ 73078 ދަރިވަރުންނާއި އަދި އަމިއްލަ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނާ އެކުގައެވެ. މީގެތެރެއިން 24000ށްވުރެ ގިނަ ދަރިވަރުން ކިޔަވަނީ މާލެ ސަރަހައްދުގައެވެ.

ސަރުކާރުގެ 216 ސްކޫލެއްގައި ކިޔަވައިދޭއިރު، މީގެތެރެއިން 156 ސްކޫލެއްގައި ކިޔަވައިދެނީ އެއްދަންފަޅިއަށެވެ. ހުރިހާ ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރުމަކީ މިސަރުކާރުގެ ސިޔާސަތެކެވެ.

މީގެއިތުރުން ސެޓްލައިޓް ސްކޫލްގެ ނިޒާމަށް 6 ސްކޫލެއްގައި ކިޔަވައިދޭއިރު އެއީ ވ، ތިނަދޫ ސްކޫލާއި ރަކީދޫ ސްކޫލާއި ފެހެންދޫ ސްކޫލާއި ފުޅަދޫ ސްކޫލުގެ އިތުރުން ކޮނޑޭ އަދި ދިއްދޫ ސްކޫލު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017
އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި
07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު