Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުހީ

ޖަލުގައި ހޭދަ ކުރި 33 ދުވަހު، ލާއިންސާނީ އެތައް އަމަލުތަކެއް ފުލުހުން ހިންގާފައިވޭ: އަމްރު

ބަލިވެގެން ޑޮކްޓަރަށް ދެއްކުނީ ފަސް ދުވަސް ފަހުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 20 މާރިޗު 2018 | އަންގާރަ 18:41
އެމްޑީޕިގެ ޕޮލިސީ ކޮމެޓީގެ މުޤައްރިރު ހުސެއިން އަމްރު

އެމްޑީޕިގެ ޕޮލިސީ ކޮމެޓީގެ މުޤައްރިރު ހުސެއިން އަމްރު

ޖަލުގައި ހޭދަ ކުރި 33 ދުވަހުގެ ތެރޭގައި ލާއިންސާނީ އެތައް އަމަލުތަކެއް ފުލުހުން ހިންގާފައިވާ ކަމަށް އެމްޑީޕީގެ ޕޮލިސީ ކޮމެޓީގެ މުޤައްރިރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމްރު ވަނީ ދޫނިދޫގައި ކަންކަން ހިނގައިދިޔަ ގޮތް ހިއްސާ ކުރައްވާފަ އެވެ. އަމްރު ވިދާޅުވީ، އޭނާ އެންމެ ފުރަތަމަ ހައްޔަރު ކުރިއިރު، ހައްޔަރުކޮށްފައި ވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއްވެސް ފުލުހުން ބުނެފައިނުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ކޮންމެވެސް ވަރަކަށް ސާފުވީ ހައްޔަރު ކުރިތާ 10 ދުވަސް ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ، ތުހުމަތު ކުރެވޭ މައްސަލަ އާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ސުވާލު ނުކުރެވޭނެ ކަމަށް ފުލުހުން ބުނި ކަމަށާއި ހަމައެކަނި ސުވާލު ކުރެވޭނީ އެމީހުންނަށް (ފުލުހުންނަށް) ކަން އަންގާފައިވާ ކަމަށެވެ. އަދި އަމްރުގެ މައްޗަށް ކުރާ ތުހުމަތުތައް ތަހުގީގުގައި ސުވާލު ކުރަން އިންނަ ފުލުސް މީހާއަށް ވެސް ރަނގަޅަށް ސާފުނުވާ އޭނާ ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ގިނަ ދުވަސްތަކަކަށްފަހު ދޫކޮށްލި އިރުވެސް އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު ސާފު ނުވާ ކަމަށެވެ.

"އޭނާ (ސުވާލުކުރި ފުލުސް މީހާ) އަޅުގަނޑު ކައިރީ ބުނަނީ މިހާރު ތުހުމަތު ކުރަނީ މާލެ ތެރޭގައި ބަޔަކާ އެކީގައި ހަމަނުޖެހުން އުފައްދާ ސަރުކާރު ވައްޓާލަން އުޅުނު ކަމުގައި ކަމަށް. އެކަން އެނގިގެން ދިޔައީ 10 ދުވަސް ފަހުން. ބަޔަކާ އެކީ ކަމެއް ރާވާކަމުގައިވާނަމަ އެއީ ކޮން ބައެއްކަންވެސް ބުނެދޭށޭ އަޅުގަނޑު ބުނިން. ކުއްލިއަކަށް ފުއްމައިގެން އިނގިލި ދިއްކޮށްފައި ބުނަނީ ފުލުހުންނޭ ސުވާލު ކުރާނީ، ޖަވާބުދޭށޭ." އަމްރު ވިދާޅުވި އެވެ.

ދޫނިދޫގައި ކާންދޭ ތަކެއްޗާއި ގުޅޭ ގޮތުން އަމްރު ވިދާޅުވީ، އެއީ އިންސާނުންނަށް ކާން ދޭން ހޮޔުވާވަރުގެ ތަކެތި ނޫން ކަމަށާއި، ކާން ތަކެތި ގެންނަ އިރުވެސް ފުލުހުން ކުރަނީ ޖެއްސުން ކަމަށެވެ. އެގޮތުން ސައި ފަދަ ތަކެއްޗަށް ނުބޮވޭ ވަރަށް ހަކުރު އަޅާފައި ހުންނަ ކަމަށް އަމްރު ތުހުމަތު ކުރެއްވި އެވެ.

އަމްރު ވިދާޅުވީ، އެޗްއާރްސީއެމް އިން ގޮޅިތައް ބަލަން އައުމުގެ ކުރިން ހިނގި ދެ ގަޑިއިރު ތެރޭގައި ފެން ބުއިމަށް ފެން ފުޅި ގެންނަ ކަމަށާއި އޭގެ ކުރިން ބޮމުން ދިޔައީ ފާހާނާ ފެން ކަމަށެވެ.

އެހެންނަމަވެސް ފުލުހުންވެސް ފެން ބޮނީ ފެން ފުޅީ ގައި ކަމަށާއި އަސާސީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ޖަލުގައި ފުރިހަމަ ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ، ގޮޅީގެ ތެރެއިން އެކި ދިމަދިމާއިން ފަނިތަކެއް ނުކުންނަ ކަމަށާއި އެކަން ހައްލު ކުރުމަށްވެސް ފުލުހުން އިސްނަގައިގެން މަސައްކަތް ނުކުރި ކަމަށެވެ.

އަމްރު ވިދާޅުވީ، ޑޮކްޓަރަށް ދެއްކުމަށް އެތައް ދުވަހަކު މަސައްކަތް ކުރަންޖެހޭ ކަމަށާއި ގާތްގަނޑަކަށް ފަސް ދުވަސް ފާއިތުވެގެން ދިޔަ އިރުވެސް ޑޮކްޓަރަށް ނުދެއްކުނު ކަމަށެވެ.

"ޑޮކްޓަރަށް ނުދެއްކިގެން އަޅުގަނޑުމެން އޮޅުން ފިލުވީ ކަންތައްތައް އޮންނަ ގޮތް. ޑޮކްޓަރަށް ދައްކަން ނަން ނޯޓް ކުރާއިރު މުޅި ޖަލުން ގާތްގަނޑަކަށް 70 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކަން ނަން ނޯޓް ކުރޭ. ފުލުހުން ބުނަނީ ގޮޅިން ނިކުތުމަށްޓަކައި ވެސް އެގޮތަށް ނަންނޯޓް ކުރާ ކަމަށް. ދެން އެ 70 މީހުންގެ ތެރެއިން ފުލުސް މީހާ ބޭނުންވާ 15 ވަރަކަށް މީހުންނަށް ޑޮކްޓަރަށް ދެއްކުމަށް ފުރުސަތު ދެނީ." އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ފުލުހުން ޖެއްސުން ކުރުމުގެ ގޮތުންވެސް އެތައް ކަމެއް ދޫނިދޫގައި ހިންގަމުންދާ ކަމަށާއި އެތަނުގައި ތިބޭ ފުލުހުންނަށް ހައްޔަރުކޮށްފައި ތިބޭ މީހުންނަށް އަނިޔާކޮށް، ބިރު ދެއްކުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"ފަނަރަ ދުވަހުން އެއް ދުވަހު އާއިލާގެ ފަރާތްތަކަށް ގުޅުމަށް ދޭނެ ފުރުސަތު. ފަސް މިނެޓްގެ ކޯލެއް. ދޭ އިރުގައި ފުލުސް މީހާ ކުރިމަތީގައި އިންނާނެ، ހެޑް ސެޓެއް ޖަހައިގެން. ހަމަ ޓަސްލާފައި ހުރެފައި ބުނަނީ ފޯން ކޯލަށް އަންނަން. ލަސްވެއްޖިއްޔާ ފޯން ކޯލް ނުލިބޭ. ދަރިފުޅާއިވެސް ދެ ފަހަރު މަތިން ވާހަކަ ނުދެއްކޭ ފަރާތްތައް އަޅުގަނޑާއިއެކު ޖަލުގައި ތިބި." އަމްރު ވިދާޅުވި އެވެ.

އެޗްއާރްސީއެމްގެ ފަރާތުން ޖަލު ބެލުމަށް ދާ ކުދިން ޖަލުގައި ހުރި ކަންކަން އިސްލާހު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށާއި އަދި އެކުރާ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއްވެސް ލިބެމުންދާ ކަން އަމްރު ފާހަގަ ކުރެއްވި އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު