Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުންޔާ މައުމޫން

ބައްޕާފުޅަކީ ގައުމު ބިނާކުރުމަށް 30 އަހަރު ހޭދަކުރެއްވި ބޭފުޅެއް، މިހާރުން މިހާރަށް ދޫކޮށްލާ: ދުންޔާ

ދުންޔާ ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 23 ފެބުރުއަރީ 2018 | ހުކުރު 08:10
ދުންޔާ އާއި އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން

ދުންޔާ އާއި އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ގައުމު ބިނާކުރުމަށް 30 އަހަރު ހޭދަކުރެއްވި ބޭފުޅެއް ކަމަށާއި މިހާރުން މިހާރަށް އެމަނިކުފާނު ދޫކޮށްލުމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.

ދުންޔާ އޭނާގެ ބައްޕާފުޅާ އެކު ކުރިން ނަންގަވާފައިވާ ފޮޓޯއެއް އެޓޭޗްކުރައްވައި ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބައްޕާފުޅާ އެކު އަލުން ހިނގާލަން ދެވޭނެ ދުވަހަކަށް އިންތިޒާރު ކުރައްވާ ކަމަށެވެ.

އެއްބަފާ ކޮއްކޯފުޅުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނެ ފުލުހުން ވަނީ ރައީސް މައުމޫން ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައެވެ. ރައީސް މައުމޫން ހައްޔަރު ކޮށްފައިވާއިރު އެމަނިކުފާނާއެކު އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި ރައީސް މައުމޫނާ ގުޅުން ހުރި ބައެއް އެހެން ފަރާތްތައް ވަނީ ހައްޔަރު ކޮށްފައެވެ.

ރައީސް މައުމޫން ހައްޔަރު ކުރުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް ދުންޔާއަށް ވަނީ އަމާޒު ވެފައެވެ. އެކަމާ ގުޅިގެން ދުންޔާ ވަނީ ބައްޕާފުޅު މިނިވަން ކުރުމަށް ގޮވާލައްވާފައެވެ. އަދި ބައްޕާފުޅާ މެދު ކަންތައްތައްވަމުންދާ ގޮތާ މެދު ހިތާމަކުރައްވާކަން ހާމަކުރައްވައިފައި ވެއެވެ. ދުންޔާ ވަނީ ރައީސް މައުމޫން ހައްޔަރުކޮށްފައިވާ މައްސަލައާ ގުޅޭ ކަންބޮޑުވުންތައް ވަނީ އެޗްއާރްސީއެމްއަށް ހުށަހަޅުއްވާފައެވެ. އޭގެ އިތުރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އދ. ގެ މަންދޫބާ ވެސް އެ ކަންބޮޑުވުންތައް ވަނީ ހިއްސާކުރައްވާފައެވެ.

ދުންޔާ ވަނީ ރައީސް މައުމޫން މިނިވަންކޮށް އެ މަނިކުފާނު ގެއަށް ބަދަލުކުރުމަށް ވެސް ސަރުކާރަށް ގޮވާލައްވާފައެވެ. ރައީސް މައުމޫނު ހައްޔަރުކޮށްފައިވީ ނަމަވެސް ސަރުކާރުގައި ދުންޔާ ހުންނެވީތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެނގިފައިވާ ގޮތުގައި ދުންޔާ މިހާރު އޮފީހަކަށް ނުނިކުންނަވައެވެ. އަދި މަގާމުން އިސްތިއުފާ ދިނުން އެއީ އެންމެ ރަނގަޅު ގޮތްތޯ އާއި އެކަން ކުރަންޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު