Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިޝަރީސް މިިނިސްޓްރީ

ކޯޕަރޭޓިވްތަކުގެ އުފެއްދުންތަކަށް މިދިޔަ އަހަރު އެކަނި ހަ މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ: ފިޝަރީސް މިނިސްޓްރީ

48 ފަރާތަކަށް ހަ މިލިއަން ރުފިޔާގެ ލޯން ދީފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 28 ޖޫން 2017 | ބުދަ 18:25
ޑރ ޝައިނީ އިފާޑްގެ ބޭފުޅުންނާ އެކު ބައްދަލުކުރެއްވުން

ޑރ ޝައިނީ އިފާޑްގެ ބޭފުޅުންނާ އެކު ބައްދަލުކުރެއްވުން

މަސްވެރިކަމާ ދަނޑުވެރިކަމުގައި ހަރަކާތްތެރިވަމުންދާ ކޯޕަރޭޓިވްތަކުގެ އުފެއްދުންތައް އިތުރުކޮށް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތަކުން ތަކެތި އުފައްދާ ވެލިއު އެޑިޝަންގެ ދަށުން މިދިޔަ އަހަރު އެކަނި 48 ފަރާތަކަށް ޖުމްލަ ހަ މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދީފައިވާކަމަށް ފިޝަރީސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިޝަރީސް މިނިސްޓްރީން ކުރިއަށްގެންދާ އެގްރިކަލްޗަރަލް އެންޑް ޑައިވަރސިފިކޭޝަން ޕްރޮގްރާމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ ގޮތުން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، މަސްވެރިކަމާއި ދަނޑުވެރިކަމަށް ޒުވާނުން ޝައުގުވެރިކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ހާސިލް ކުރުމަށްޓަކައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑް) އިން ފިޝަރީސް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމުގެ (ފަޑިޕް)ގެ ޕްރޮޖެކްޓްގެ މުއްދަތު އިތުރުކުރުމަށް އެދިފައިވަނީ އިފާޑްގެ ރައީސާއި އެކު ފިޝަރީސް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

އާ ވިޔަފާރީގެ ފުރުސަތުތައް ކޯޕަރޭޓިވް ސޮސައިޓީތައް މެދުވެރިކޮށް، ރައްޔިތުންނަށް ފޯރުކޮށްދީ، ޒުވާނުން އަހުލުވެރިކުރުމުގެ ގޮތުން އެ މިނިސްޓްރީން ކުރިއަށްގެންދާ ފިޝަރީސް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމުގެ ފަޑިޕްގެ މުއްދަތު މާރިޗު 2018 ނިއަލަށް އިފާޑް އިން ވަނީ އިތުރުކޮށްދީފައެވެ.

ފިޝަރީސް މިނިސްޓްރީން ބުނީ މިފަދަ ޕްރޮގްރާމެއްގެ ބޭނުމަކީ ވެލިއު ޗެއިން ކޯޕަރޭޓިވްތައް މެދުވެރިކޮށް، ކުދި އަދި މެދު ފަންތީގެ ދަނޑުވެރިންނާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ އުފެއްދުންތަކަށް ވެލިއު އިތުރުކުރުމާއި އެތަކެއްޗަށް މާކެޓް ހޯދައިދީ ދެމެހެއްޓެނިވި ގޮތެއްގައި އެފާތްތަކަށް އާމްދަނީ ލިބޭނެ ގޮތް މަގުފަހިކޮށް ދިނުން ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ކޯޕަރޭޓިވް ސޮސައިޓީތަކަށް މިހާތަނަށް 25 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާ ކަމަށް ފިޝަރީސް މިނިސްޓްރީން ހާމަކުރެއެވެ.

ފިޝަރީސް މިނިސްޓްރީން ވަނީ ކޯޕަރޭޓް ސޮސައިޓީން މިހާތަނަށް 30 އަށް ވުރެ ގިނަ އުފެއްދުންތައް މާކެޓަށް ނެރެފައިވާކަން ފާހަގަކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު