Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުނިޔޭގެ އިގްތިސާދު

އަންނަ އަހަރު ދުނިޔޭގެ އިގްތިސާދުކުރި އަރާނީ 3 އިންސައްތައިން

ކޮވިޑް-19ގެ ކުރިން ހުރި މިންވަރަށް ވާސިލުވާނީ 2025 ވަނަ އަހަރުގައިކަމަށް އައިއެމްއެފްއިން ލަފާކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 އޮކްޓޯބަރު 2023 | ހޮނިހިރު 08:33
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

2024 ވަނަ އަހަރު ދުނިޔޭގެ އިގުތިސާދު ކުރިއަރާނީ 3 އިންސައްތައިންކަމަށް ލަފާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އައިއެމްއެފްގެ ވަރލްޑް އިކޮނޮމިކް އައުޓްލުކް (އެޕްރީލް 2023) ގައި 2022 ވަނަ އަހަރު ދުނިޔޭގެ އިގުތިސާދީ ދުވެލި 3.4 އިންސައްތައިން ކުރިއެރި ނަމަވެސް، 2023 ވަނަ އަހަރު ދުނިޔޭގެ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު 2.8 އިންސައްތައަށް މަޑުޖެހޭނެކަމަށް އަންދާޒާކޮށްފައިވާ ކަމަށެވެ. އަދި 2024 ވަނަ އަހަރު ދުނިޔޭގެ އިގުތިސާދު ކުރިއަރާނީ 3 އިންސައްތައިންކަމަށް ވަނީ ލަފާކޮށްފައެވެ. މިއަހަރުގެ ކުރީކޮޅު ވިލާތުގެ މައި ބޭންކެއްކަމަށްވާ ކްރެޑިޓް ސުއިސް ބޭންކަށް ކުރިމަތިވި ދަތިތަކާއި، އެމެރިކާގެ ދެ ބޭންކެއް ފެއިލްވުމާއެކ،ު ކުރިއަރާފައިވާ ގައުމުތަކުގެ ބޭންކިންގ ދާއިރާއާއި މާލީ ދާއިރާތަކަށް ކުރާ ނޭދެވޭ އަސަރު ދުނިޔޭގެ އިގުތިސާދަށް ފޯރުމަކީ ހިރާހެއް ކަމުގައި އައިއެމްއެފް އިން ވަނީ ފާހަގަކޮށްފައެވެ.

އެ އިދާރާއިން ފާހަގަކޮށްފައިވާ ގޮތުގައި މިފަދަ ހިރާހެއް ކުރިމަތިވުމުގެ ފުރުސަތު މިހާރު ވަނީ އިތުރުވެފައެވެ. އަދި މިހިރާސް ކުރިމަތިވެއްޖެނަމަ، 2023 ވަނަ އަހަރު އިގުތިސާދު ކުރިއަރާނެކަމަށް ލަފާކުރާ މިންވަރު 2.5 އިންސައްތައަށް ދަށްވުމަކީ އެކަށީގެންވާކަމެއް ކަމުގައި އެ އިދާރާއިން ދެކެއެވެ. މީގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ބައެއް ގައުމުތަކުގެ އިގުތިސާދު ރިސެޝަންއަކަށް (އިގުތިސާދީ އަޑިގަނޑަކަށް) ހިނގައިދާނެކަމަށް އައިއެމްއެފްއިން ލަފާކުރެއެވެ.

ދުނިޔޭގެ އިންފްލޭޝަނަށް (ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ބަދަލުވަމުންދާ ނިސްބަތަށް) ބަލާލާއިރު، ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ފުޅާވެގެންދިޔަ އިގުތިސާދީ ހަރަކާތްތަކާއެކު އިތުރުވި ޑިމާންޑާއި ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން ކޮމޯޑިޓީ އަގުތައް މައްޗަށްދިއުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް 2022 ވަނަ އަހަރު 8.7 އިންސައްތައިން މައްޗަށްދިއައެވެ. 2023 ވަނަ އަހަރު އިންފްލޭޝަން ރޭޓް 7.0 އިންސައްތައަށް ދަށްވާނެކަމަށް އައިއެމްއެފްއިން ލަފާކުރިނަމަވެސް، މިއީ ކޮވިޑް-19ގެ ކުރިން އިންފްލޭޝަން ހުރި މިންވަރަށްވުރެ ބޮޑުތަނުން މަތީ އަދަދެކެވެ.

މި އަހަރު އިންފްލޭޝަން ކުޑަކޮށް މަޑުޖެހުނުނަމަވެސް، މިދިޔަ އަހަރު އުފުލުނު އަގުތަކަށް މި އަހަރުވެސް ނިސްބަތުން ބޮޑު އިތުރުވުމެއް އަންނާނެކަމަށް ލަފާކޮށްފައިވާތީ، އަގުތަކުގެ ލެވަލް އަދިވެސް ހުންނާނީ މީގެ ދެ އަހަރު ކުރިއާ އަޅައިބަލާއިރު އުފުލިފައެވެ. ކުރިއަށްހުރި އަހަރުތަކުގައި އިންފްލޭޝަން ރޭޓު ދަށްވި ކަމުގައިވީނަމަވެސް، ކޮވިޑް-19ގެ ކުރިން ހުރި މިންވަރަށް ވާސިލުވާނީ 2025 ވަނަ އަހަރުގައިކަމަށް އައިއެމްއެފްއިން ލަފާކުރެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު