Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕޫޓިން ޗައިނާއަށް ވަޑައިގެންނެވުން

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ޗައިނާއަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި

މިއީ ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން ސަރަހައްދުން ބޭރުގެ ގައުމަކަށް ޕޫޓިން ކުރައްވާ ދެވަނަ ދަތުރުފުޅެވެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2023 | ބުދަ 11:48
ރަޝިޔާ ގެ ރައީސް ވްލަޑިއަރ ޕޫޓިން ޗައިނާގެ ރައީސް ޝީޖިން ޕިންގ ގެ އަރިހުގައި

ރަޝިޔާ ގެ ރައީސް ވްލަޑިއަރ ޕޫޓިން ޗައިނާގެ ރައީސް ޝީޖިން ޕިންގ ގެ އަރިހުގައި

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ޗައިނާއަށް ކުރައްވާ ދަތުރުފުޅެއް އަންގާރަދުވަހު ފައްޓަވާފައިވާ އިރު ބުދަ ދުވަހުވަނީ ބޭޖިންގގައި ރައީސް ޝީޖިންގޕިންގ އާ ބައްދަލް ކުރައްވާފައެވެ.

މިއީ ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން ސޯވިއެޓް ޔޫނިއަންގައި ހިމެނުނު ގައުމުތަކުގެ ބޭރު ގައުމަކަށް ޕޫޓިން ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މިއީ ޗައިނާ ގައި ކުރިޔަށްދާ ޚާއްސަ ސަމިޓް ބައްދަލް ވުމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރު ފުޅެކެވެ.

ޗައިނާގެ ވެރިރަށް ބޭޖިންގ ގައި ކުރިޔަށްދާ ސަމިޓް ބައްދަލް ވުމަކީ ރައީސް ޝީގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް އަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ދުނިޔޭގެ ފެންވަރުގެ ސަމިޓް އެކެވެ. 130 އަށް ވުރެ ގިނަ ގައުމުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާ ސަމިޓްގެ ޝަރަފްވެރިމެހްމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގަންނަވަނީ ރައީސް ޕޫޓިން އެވެ.

މި ސަމިޓް ބައްދަލް ވުމުގައި ޕޫޓިން ވަނީ ރައީސް ޝީގެ މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ރަޝިޔާގެ ނޮދަން ސީ ރޫޓް އިޝްތިހާރު ކުރެއްވުމަށް ވާހަކަފުޅު ދައްކަވާ، ދުނިޔޭގެ މުހިންމު ވިޔަފާރި ތަކުން އެ މަޝްރޫއުގައި އިންވެސް ކުރުމަށް ގޮވާލެއްވިއެވެ. އަދި އެރޫޓް ނުވަތަ މަގު އިތުރަށް ތަރައްގީ ކުރެވިއްޖެ ނަމަ އިރުމައްޗާ ހުޅަނގާ ދެމެދު ވިޔަފާރީގެ ގުޅުތައް ވަރުގަދަ ކުރުމަށް އެހީއަކަށް ވާނެކަމަށް ޕޫޓިން ވިދާޅުވެފައި ވެއެވެ.

ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން ޕޫޓިން ސަރަހައްދުން ބޭރަށް ކުރައްވާ މިއީ ދެވަނަ ދަތުރުފުޅެވެ. ޔޫކްރެއިން ހަނގުރާމަޔާ ގުޅިގެން ޑިޕްލޮމެޓިކް ގޮތުން ރަޝިޔާ އެކަހެރި ކޮށްފައި އޮތުމުގެ އިތުރުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް އޮފް ޖަސްޓިސް އިން ވަނީ ޕޫޓިން ހައްޔަރު ކުރުމުގެ އަމުރެއްވެސް ނެރެފައެވެ. ނަމަވެސް ޗައިނާގައި ހުންނަވަނިކޮން ޕޫޓިން ހައްޔަރު ކުރުމަކީ ވެދާނެކަމެއް ކަމަކަށް ނުބެލެވެއެވެ.

ޗައިނާގެ ސްޓޭޓް މީޑިޔާގެ ފަރާތުން ޔޫކްރެއިން ހަނގުރާމަޔާބެހޭ ޚަބަރުތައްވެސް ވަރަށް ބޮޑަށް ސެންސަރު ކުރާކަމަށް ވެއެވެ. އަދި ހަގުރާމައެއްގެ ގޮތުގައި ސިފަ ނުކޮށް، ނޭޓޯ ފުޅާ ކުރުމަށްޓަކައި ހުޅަގުން ކުރާމަސައްކަތާ ގުޅިގެން ހިންގަން ޖެހުނު ޚާއްސަ މިލިޓަރީ އޮޕަރޭޝަން އެއްގެ ގޮތަށް ދައްކަން މަސައްކަތް ކުރާ ކަމަށް ވެއެވެ.

ޗައިނާއަކީ ރަޝިޔާގެ އެންމެ ގާތް އެކުވެރި ގައުމަށް ވާއިރު ދެގައުމު ގުޅޭ ސަރަހައްދީ އިން ހުރަސްކޮށް ދާދިފަހުން ވަނީ ބްރިޖް އެއްވެސް އަޅާފައެވެ. އަދި ދެގައުމު ގުޅިގެން ޓުއަރިޒަމް ފުޅާކުރުމުގެ މަސައްކަތް ތަކެއްވެސް ވަނީ ފަށާފައެވެ.      

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި

ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި

29 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު