Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރު އާމިނަތު ޝައުނާ

"ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ނުހިފެހެއްޓިއްޖެ ނަމަ އެންމެ ބޮޑަށް ގެއްލުންވާނެ އެއް ގައުމަކީ ރާއްޖެ"

18 އޮކްޓޯބަރު 2023 | ބުދަ 10:48

ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުން ހިސާބު ޖަހާވަރުގެ ސީރިއަސް ކަމެއް ފާހަގަ ނުކުރެއްވޭކަމަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 18 އޮކްޓޯބަރު 2023 | ބުދަ 10:48
މިނިސްޓަރު ޝައުނާ، ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ

މިނިސްޓަރު ޝައުނާ، ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ

މޫސޫމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގައި ލިބެން ހުރި ޑާޓާތަކަށް ބަލާއިރު ފެންނަން ހުރި ހަގީގަތެއް ކަމަށާއި، ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ނުހިފެހެއްޓިއްޖެ ނަމަ އެންމެ ބޮޑަށް ގެއްލުންވާނެ އެއް ގައުމަކީ ރާއްޖެ ކަމަށް، އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އަލް-ޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި، ރާއްޖޭގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުން ހިސާބު ޖަހާވަރުގެ ސީރިއަސް ކަމެއް ފާހަގަ ނުކުރެއްވޭ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން، އެކަމަށް އިޝާރާތް ކުރައްވައި ނެރުއްވި ބަޔާނެއްގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމު ކަމަށާއި، އަދި ޒަމާނުއްސުރެ މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެންމެ ބޮޑަށް ވަކާލާތުވެސް ކުރާ އެއް ގައުމު ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މިނިސްޓަރު ވިދާޅުވީ 18 ނޮވެމްބަރު 1989ގައި ދިވެހި ރާއްޖޭގައި ބޭއްވުނު ސްމޯލް ސްޓޭޓްސް ކޮންފަރެންސްގައި އެކުލަވާލި "މާލެ ޑެކްލެރޭޝަން"އަކީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި އަދި ދުނިޔެ ހޫނުވުމާ ގުޅޭގޮތުން އެންމެ ފުރަތަަމަ ބައިނަލްއަގުވާމީ ބަޔާން ކަމަށާއި، އެކަމަކީ ސިޔާސީ ވިސްނުމެއްގައި ދައްކާ ވާހަކައެއް ނޫންކަމަށެވެ.

މި ބަޔާނުގައި، ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ އަސަރު "ސޯލާ އޮންސެޓް"ގެ ކެޓަގަރީގައި ހިމެނޭ ގައުމެއް ކަމަށެވެ. އެގޮތުން އޭގެ މާނައަކީ ރާއްޖެއަކީ ލަސްލަހުން، މަޑުމަޑުން އެކަމުގެ އަސަރު ކުރާނެ ތަނެއް ކަމަށާއި، މިހާރުވެސް އެކަމުގެ އަސަރުތައް ދަނީ ފެންނަމުން ކަމަށް ވިދާޅުވެފައި ވެއެވެ.

އެގޮތުން އެ ބަޔާނުގައި ވަނީ ބައެއް މިސާލުތައްވެސް ހިމަނުއްވާފައެވެ. އޭގެ ތެރޭގައި ރަށްގިރުމާއި، އުދަ އެރުމާއި، ފެން ފަށަލަ ލޮނުވުމާއި، ފެނަށް ޖެހުމާއި، ފެން ބޮޑުވުމާއި، ފަރުތައް ހުދުވުމާއި، އެންވެރިކަން މަދުވުން ފަދަ ކަންކަމަކީ އޭގެ މިސާލުތައް ކަމަށް އެ ބަޔާނުގައި ވެއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި މޫސުމީ ކަންކަމުގެ ހައްލު ލިބޭނީ މިހާރަށްވުރެ މީހުން މޫސުމީ ބަދަލުތަކަށް ހޭލުންތެރިވެ، އެކަމަށް އިންވެސްޓް ކޮށްގެންނެވެ. އެގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި މިހާރަށްވުރެ ބޮޑަށް ރާއްޖެއިން ބައިވެރިވެ، އެވާހަކަތައް ދައްކައި، ދުނިޔޭގެ ބޮޑެތި ގައުމުތަކާ ގުޅުން ބޭއްވުމަކީ އެކަމުގެ ހައްލުކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2017

މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފި

05 ނޮވެމްބަރު 2017
މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފި
17 އޮކްޓޯބަރު 2017

ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ދަނީ ބާކީވަމުން: ރައީސް ނަޝީދު

17 އޮކްޓޯބަރު 2017
ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ދަނީ ބާކީވަމުން: ރައީސް ނަޝީދު
09 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ މުސްތަގުބަލު އޮތީ ބައިނަލްއަގްވާމީ ދުނިޔޭގެ އަތްމަތީގައި: ރޮހިންޖާ ރައްޔިތެއް

09 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ މުސްތަގުބަލު އޮތީ ބައިނަލްއަގްވާމީ ދުނިޔޭގެ އަތްމަތީގައި: ރޮހިންޖާ ރައްޔިތެއް
26 ޖޫން 2017

ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް، ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖެއިން އަބަދުވެސް ތާއީދުކުރާ ކަމެއް: އާސިމް

26 ޖޫން 2017
ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް، ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖެއިން އަބަދުވެސް ތާއީދުކުރާ ކަމެއް: އާސިމް
23 މެއި 2017

ދުނިޔޭގެ ގަދަ 10 ގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނިއްޖެ

23 މެއި 2017
ދުނިޔޭގެ ގަދަ 10 ގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނިއްޖެ
27 އެޕްރީލު 2017

ރައީސް ނަޝީދަކީ ދުނިޔޭގެ ފެންވަރުގެ ހީރޯއަކަށް ވާތީ، ރައީސް ޔާމީން ޖޭ ވަނީ: ރޮޒެއިނާ

27 އެޕްރީލު 2017
ރައީސް ނަޝީދަކީ ދުނިޔޭގެ ފެންވަރުގެ ހީރޯއަކަށް ވާތީ، ރައީސް ޔާމީން ޖޭ ވަނީ: ރޮޒެއިނާ
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް