Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިއުކްލިއަރ ޓެސްޓްތައް މަނާކުރާ މުއާހަދާ

ނިއުކްލިއަރ ޓެސްޓްތައް މަނާކުރާ މުއާހަދާ ތަސްދީގުކުރިކުރުން އަނބުރާ ގެންދަން ރަޝިޔާއިން ނިންމައިފި

އދން ބުނެފައިވާ ގޮތުގައި 1945 އާ 1996 އާ ދެމެދު ދުނިޔޭގައި 2000ށްވުރެގިނަ ނިއުކްލިއަރ ޓެސްޓް ކުރިޔަށް ގެންގޮސްފައި ވެއެވެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 18 އޮކްޓޯބަރު 2023 | ބުދަ 05:58
ރަޝިޔާ ގެ ރައީސް ވްލަޑިމިއަރ ޕޫޓިން

ރަޝިޔާ ގެ ރައީސް ވްލަޑިމިއަރ ޕޫޓިން

ނިއުކްލިއަރ ޓެސްޓްތައް މަނާކުރާ މުއާހަދާ،"ކޮމްޕްރިހެންސިވް ނިއުކްލިއަރ ޓެސްޓް ބޭން ޓްރީޓީ" ރަޝިޔާއިން ތަސްދީޤުކޮށްފައި ވީނަމަވެސް އެކަން ބާތިލް ކުރަން އެގައުމުން ނިންމައިފި އެވެ. ރަޝިޔާގެ ޕާލަމެންޓުން އަންގާރަ ދުވަހު ނިންމާފައިވާ ގޮތުގައި މިފިޔަވަޅު އަޅަން ނިންމީ ދުނިޔޭގެ ސެކިއުރިޓީ އާގުޅޭ ގޮތުން އެމެރިކާއިން ކަންތައް ކުރަމުން ދާގޮތުންނެވެ.

މައްސަލަޔަށް މަޖިލީހުގެ ތިރިގެ ނުވަތަ ދޫމާ ގައި ބަހުސް ކޮށް ވޯޓަކާ ހަމަޔަށް ދިއުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ދޫމާގެ ރައީސް ވަޔަޗެސްލާވް ވޮލޮޑިން ވިދާޅުވީ މިކަން މިކުރަނީ އަމިއްލަ ގައުމުގެ ސަލާމަތްތެރިކަން ޔަގީން ކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ  1996ގައި ފާސްކުރި މުއާހަދާ 2000ވަނަ އަހަރު ރަޝިޔާއިން ތަސްދީގުކުރި ނަމަވެސް އެމެރިކާއިން އަދިވެސް ތަސްދީގުކޮށްފައި ނުވާ ކަމަށެވެ. އެއީ ދުނިޔޭގެ ރައްކާތެރިކަމާމެދު އެމެރިކާއިން ޒިންމާދާރު "އެޓިޓިއުޑް" އެއްނުގެންގުޅޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. ވޮލޮޑިން ވިދާޅުވީ ރަޝިޔާގެ ރައްޔިތުން ހިމާޔަތް ކުރުމަށާ "ސްޓްރެޓީޖިކް" ހަމަހަމަކަން ދެމެހެއްޓުމަށް ކުރެވެން ހުރިހާ ކަމެއް ރަޝިއަން ފެޑަރޭޝަނުން ކުރާނެކަމަށެވެ.

ރަޝިޔާގެ މަޖިލީހުގެ ތިރި ގޭގައި މިމައްސަލަޔަށް ބަހުސްކުރަން ފެށުމުގެ އެއްހަފްތާކުރިން ރައީސް ވްލަޑިމިއަރ ޕޫޓިންވެސް ވަނީ މިފަދަ ބޮޑު ބަދަލެއް ގެނެސްދާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. ޕޫޓިން ވިދާޅުވީ ހުޅަނގަށް ދޭ ވަރުގަދަ އިންޒާރެއްގެ ގޮތުން ރަޝިޔާއިން ނިއުކްލިއަރ ޓެސްޓްތައް އަލުންކުރަން ފަށަން ވެއްޖެކަން ނުވަތަ ނޫންކަން ވިދާޅުވަން އަދި ރެޑީ ނޫން ކަމަށެވެ.

ރަޝިޔާއިން "ނިއުކްލިއަރ ޓެސްޓް ބޭން ޓްރީޓީ" ތަސްދީގު ނުކުރާ ގޮތަށް ހެދިނަމަވެސް އެގައުމު އޮންނާނީ މުއާހަދާގެ "ސިގްނޭޓަރީ" އެއްގެ ގޮތުގައި ކަމަށް ވެއެވެ. މާނަޔަކީ އެމުއާހަދާގެ ކަންކަން ބަލާ އޯގަނައިޒޭޝަން އަށް އެއްބާރުލުން ދިނުމާއި އެކު އެއްވެސް ގޮތަކށް ނިއުކްލިއަރ ޓެސްޓެއް ކުރާނަމަ ދުނިޔެއަށް އެކަން އަންގާ އެލާޓަށް ގެންނަންޖެހޭނެއެވެ.

ރަޝިޔާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މުއާހަދާ ތަސްދީގު ނުކުރާ ކަމަށް ބަދަލު ކުރިނަމަވެސް ރަޝިޔާއިން ނިއުކްލިއަރ ބޮމެއް ޓެސްޓު ކުރުމުގެ ޚިޔާލެއް ނެތެވެ.

ރަޝިޔާއަކީ ވަކި ގައުމެއްގެ ގޮތުގައި ވުޖޫދު ނުވާއިރު ސޯވިއެޓް ޔޫނިއަންގެ ނަމުގެ ދަށުން 1990 ވަނަ އަހަރު ނިއުކްލިއަރ ޓެސްތްތައް ކޮށްފައި ވެއެވެ. އެމެރިކާއިން އެންމެ ފަހުން ނިއުކްލިއަރ ޓެސްޓެއް ކުރި ކަމަށް ވަނީ 1992 ވަނަ އަހަރު އެވެ.

އދން ބުނެފައިވާ ގޮތުގައި 1945 އާ 1996 އާ ދެމެދު ދުނިޔޭގައި 2000ށްވުރެގިނަ ނިއުކްލިއަރ ޓެސްޓް ކުރިޔަށް ގެންގޮސްފައި ވެއެވެ. މީގެ ތެރެއިން 1،032 ޓެސްޓަކީ އެމެރިކާއިން ކުރި ޓެސްޓަށް ވާއިރު 715 ޓެސްޓް ސޯވިއެޓް ޔޫނިއަނުން ކޮށްފައި ވެއެވެ.

ނިއުކްލިއަރ ޓެސްޓް ކުރުން މަނާކުރާ މުއާހަދާ ރަޝިޔާއިން ތަސްދީގު ނުކުރާގޮތަށް ނިންމައިފި ނަމަ އެކަމުގެ ނަތީޖާއެއްގެ ގޮތުން ނިއުކްލިއަރ ޓެސްތްތައް ކުރުން އެހެން ގައުމުތަކުގެ މެދުގައިވެސް އާންމުވެގެން ދާނެ ކަމަށް ބެލެވެއެވެ. އަދި އެމެރިކާ އެއްކޮޅުގަ، ރަޝިޔާއާއިޗައިނާ އެއްކޮޅުގަ ތިބެގެން ވާދަވެރިކަމާއެކު ރޭސް ޖަހާފަދަ މޭރުމަކުން މިކަން ފުޅާވެގެން ހިގައިދާނެ ކަމަށް ވެސް ބެލެވެއެވެ.

ނަމަވެސް ޕޫޓިން އަދިވެސް ވިދާޅުވާ ކަމަށް ވަނީ ނިއުކްލިއަރ ޓެސްޓްތައް ކުރަން ނުފަށާނެ ކަމަށެވެ.

"ނިއުކްލިއަރ ހަތިޔާރު ޓެސްޓްކުރަން ފެށުމަށް އެކިފަރާތްތަކުން  ގޮވާލާ އަޑުއެބައިވެއެވެ. ޓެސްޓް ތައް ކުރަން ފަށަން ރެޑީތޯ އަދި ބުނަން ނޭގުނަސް އެމެރިކާއިން ކަންތައް ކުރަމުންދާގޮތަށް ރަޝިޔާއަށް ކަންތައް ކުރެވެން ޖެހޭނެ" ކަމަށް ޕުޓިން ވިދާޅުވެފައި ވެއެވެ.    

އިތުރަށް ކިޔާލަން

21 އެޕްރީލު 2018

އުތުރު ކޮރެއާގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމް ހުއްޓާލައިފި

21 އެޕްރީލު 2018
އުތުރު ކޮރެއާގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމް ހުއްޓާލައިފި
22 މާރިޗު 2018

ސީރިއާގެ ނިއުކްލިއަރ ރިއެކްޓަރަކަށް 2007 ވަނަ އަހަރު ހަމަލާ ދިންކަން އިޒްރޭލުން ކަށަވަރުކޮށްދީފި

22 މާރިޗު 2018
ސީރިއާގެ ނިއުކްލިއަރ ރިއެކްޓަރަކަށް 2007 ވަނަ އަހަރު ހަމަލާ ދިންކަން އިޒްރޭލުން ކަށަވަރުކޮށްދީފި
16 މާރިޗު 2018

ނިއުކްލިއަރ ހަތިޔާރު ތަރައްގީ ކުރާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާ އިން ދީފި

16 މާރިޗު 2018
ނިއުކްލިއަރ ހަތިޔާރު ތަރައްގީ ކުރާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާ އިން ދީފި
06 އޮކްޓޯބަރު 2017

މިއަހަރުގެ ނޯބެލް ޞުލްހައިގެ އިނާމް ނިއުކްލިއަރ ހަތިޔާރާ ދެކޮޅު ބައިނަލްއަޤްވާމީ ކެމްޕެއިން އަށް

06 އޮކްޓޯބަރު 2017
މިއަހަރުގެ ނޯބެލް ޞުލްހައިގެ އިނާމް ނިއުކްލިއަރ ހަތިޔާރާ ދެކޮޅު ބައިނަލްއަޤްވާމީ ކެމްޕެއިން އަށް
04 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި

04 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު