Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް

އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 3000 އިން މައްޗައް

18 އޮކްޓޯބަރު 2023 | ބުދަ 00:50

ހޮސްޕިޓަލަކަށް ދިން ހަމަލާގައި 500 އެއްހާ މީހުން ވަނީ ޝަހީދުވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 އޮކްޓޯބަރު 2023 | ބުދަ 00:50
ޢައްޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާ

ޢައްޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާ

މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 3000 އިން މައްޗަށް އަރައިފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި މިއަދަދު 3000 އިން މައްޗަށް އަރާފައިވަނީ އަންގާރަ ދުވަހުގެ ރޭ އިސްރާއީލުން އެ ޤައުމުގެ ހޮސްޕިޓަލަކަށްދިން ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާގައި އެކަނި ވެސް 500 އެއްހާ މީހުން ވަނީ ޝަހީދުވެފައެވެ.

ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަކީ އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ޒަހަމްވެފައިވާ ގިނަ ބަޔަކަށް ފަރުވާދެމުން އައި ހޮސްޕިޓަލެކެވެ. އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކުން ދިޔައީ އެ ހޮސްޕިޓަލުގައި ހިޔާވަހިކަން ހޯދަމުންނެވެ.

އަންގާރަ ދުވަހުގެ ރޭގެ މި ހަމަލާ ދުނިޔޭގެ ބައެއް ޤައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. އިސްރާއީލުން ވަނީ މި ހަމަލާއަށް އިންކާރުކޮށް މިއީ ހަމާސްއިން ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުވެގެން ހޮޕިޓަލަށް އަމާޒުވި ހަމަލާއެއް ކަމަށް ބުނެފައެވެ. އަދި އިސްރާއީލުގެ ދިފާއުގައި މަސައްކަތް ކުރާ މީޑިއާތަކުން ދަނީ އެ ހޮސްޕިޓަލަކީ ހަމާސްގެ ހަނގުރާމަވެރިން ހަރަކާތްތެެރިވާ އެ މީހުންގެ އައްޑާއެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ.

ފަލަސްތީނުގައި މިހާތަނަށް ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މި ހަމަލާތައް ކުށްވެެރިކޮށް ބައެއް ޤައުމުތަކުގައި މިހާރު ދަނީ އިސްރާއީލާ ދެކޮޅަށް މުޒާހަރާވެސް ކުރަމުންނެވެ. .

އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި ދުނިޔޭގެ މުސްލިމް ޤައުމުތަކާއެކު ދިވެހިރާއްޖެއިން ވެސް ވަނީ އަޑު އުފުލާފައެވެ. އަދި އެ ހަމަލާތައް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް