Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑްކަޕް ކޮލިފައިން

ބޮޑު ދެރައެއް! ބަނގްލަދޭޝް އަތުން ބަލިވެ، އަނެއްކާ ވެސް ރާއްޖެ ކަޓައިފި

17 އޮކްޓޯބަރު 2023 | އަންގާރަ 13:46

ބަނގްލަދޭޝްގައި މިރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-1އިން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 17 އޮކްޓޯބަރު 2023 | އަންގާރަ 13:46
ބަނގްލަދޭޝް ކުޅުންތެރިން އުފާފާޅޫ ކުރަނީ

ބަނގްލަދޭޝް ކުޅުންތެރިން އުފާފާޅޫ ކުރަނީ

ބަނގްލަދޭޝް އަތުން 3-2އިން ބަލިވެ، 2026ގެ ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖަށް ނުގޮސް ރާއްޖެ ކަޓައިފި އެވެ.

މިއީ ތިން މަސް ދުވަހުގެ ތެރޭގައި ބަނގަލްދޭޝް އަތުން ބަލިވެގެން ރާއްޖެ ކެޓި ދެ ވަނަ ބޮޑު މުބާރާތެވެ. ޖުލައި މަހު ރާއްޖެ ކެޓީ އިންޑިޔާގައި އޮތް ސާފް ޗެމްޕިއަންޝިޕުންނެވެ. މިއީ ފާއިރުވެދިޔަ 20 އަހަރު ތެރޭގައި ބަނގްލަދޭޝް އަތުން ރާއްޖެ ބަލިވި  ފުރަތަމަ މެޗެވެ. އެކަން ރަނގަޅު ކުރުމަށް މާއެދެވޭ މަސައްކަތްތަކެއް ނުކުރެވި ކޮލިފައިންއާ ކުރިމަތިލައި ރާއްޖެ ބަލިވުމުން ކުރިއަށް އޮތް ދެ އަހަރު ބައިނަލް އަގްވާމީ ބޮޑު މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ދިވެހިންނަށް ބަންދުވީ އެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ބަނގްލަދޭޝް އާއި ރާއްޖެ މިދިޔަ ހަފުތާގައި ގަލޮޅު ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ. އޭގެ ފަހުން ބަނގްލަދޭޝްގައި ނަތީޖާ ނެރެން ޖެހުނު މެޗުގައި މިރޭ ރާއްޖެ ބަލިވީ 2-1އިންނެވެ. މިއާއެކު އޮސްޓްރޭލިޔާގެ ގައުމީ ޓީމާއި ލުބުނާން އަދި ފަލަސްތީނާއެކު ގްރޫޕް ސްޓޭޖުގައި ވާދަކުރާނީ ބަނގްލަދޭޝް އެވެ.

ބަނގްލަދޭޝްގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖެހީ 11 ވަނަ މިނިޓްގައި ބަނގްލަދޭޝްގެ ރާކިބް ހުސައިނެވެ. އޭގެ ފަހުން ބަނގްލަދޭޝް އަށް ހުސް ދެ ފުރުސަތު ލިބުނު ފަހުން އިންޓަވަލް ވުމުގެ ކުރިން ރާއްޖެ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހީމް އައިސަމެވެ. ނަމަވެސް ދެ ވަނަ ހާފު ފެށުމާއެކު ބަނގްލަދޭޝް ޓީމުގެ މުހައްމަދު ފައިސަލް އަހުމަދު ފާހިމް ވަނީ ލަނޑެއް ޖަހައި އަނެއްކާ ވެސް ލީޑު ހޯދައިފަ އެވެ. މި މެޗުގެ ފަހު ހާފުގެ 60 ވަނަ މިނިޓަށް ފަހު މެޗު ނިމެން ދެ މިނިޓަށް ވަންދެން ބަނގްލަދޭޝް ކުޅެމުންދިޔައީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ދެ ވަނަ ރީނދޫކާޑާއެކު އެމްޑީ ސުހައިން ރާނާ އަށް ރަތްކާޑު ދެއްކުމުންނެވެ. ރާއްޖޭގެ އަހުނަފް ރަޝީދަށް ރަތްކާޑު ދެއްކީ އެންމެ ފަހު ކުޅުންތެރިޔާގެ ގޮތުގައި ހުރެފައި ކުރި ފައުލުގެ ސަބަބުން އިތުރު ވަގުތު ހަ މިނިޓް ނިމެން ދެ މިނިޓަށް ވެފައިވަނިކޮށެވެ.

މި މެޗުގައި ބަނގްލަދޭޝް ޓީމުން ރާއްޖޭގެ ބަލިފައިތައް ދެނެގަނެ ދެ އަރިމަތިން ވަރަށް ރަނގަޅަށް ގޯލު ކުރިމައްޗަށް ހުރަސްކުރަމުންދިޔަ އެވެ. މީގެ ސަބަބުން ރާއްޖޭގެ ފަހަތުން ގިނަ ގޯސްތަކެއް ހެދި އެވެ. މިއާ ހިލާފަށް ކޯޗު އަލީ ސުޒޭންގެ އިރުޝާދު ދެމުންދިޔަ ރާއްޖޭގެ ޓީމަށް މާއެދެވޭ ކުޅުމެއް ނުދެއްކުނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް