Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންތިގާލީ ތަރުޖަމާނުގެ ވާހަކަތަކަށް ރައްދުދިނުން

ސިއްހީ އާލަތްތައް ހޯދުމަށް ޕީއޯ ހުރީ ރެއިޒްކޮށްފައިކަމަށް ބުނެ ހެލްތު މިނިސްޓްރީން ރައްދުދީފި

ލަސްތައް ދިމާވަމުންދަނީ މިނިސްޓްރީ އިން އޯޑަރނުކޮށް ހުރެގެން ނޫން

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2023 | އަންގާރަ 13:32
ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީ

ސިއްހީ އާލަތްތައް ހޯދުމަށް ޕީއޯ ހުރީ ރެއިޒްކޮށްފައިކަމަށް ހެލްތް މިނިސްޓްރީ އިން ބުނެފިއެވެ.

ހޯމަ ދުވަހު އިންތިގާލީ ކޮމިޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެފައިވަނީ، ސިއްހީ އާލާތްތައް އޯޑަރުކޮށްފައިނެތުމުން، ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމަކަށް އަންނާނެކަމަށެވެ. ނަމަވެސް މިއަށް ރައްދު ދެއްވާ ހެލްތް މިނިސްޓްރީގެ އޮފިޝަލެއް "ރާއްޖެއެމްވީ" އަށް ވިދާޅުވީ، ޕީއޯ ހުރީ ރެއިޒްކުރެވިފައިކަމަށާއި، ކޮންމެ އަހަރެއްގެވެސް ދެ ފަހަރުގެ މަތިން ޕީއޯ ރެއިޒްކުރާކަމަށެވެ. އެހެންކަމުން ރާއްޖޭގެ ސިއްހީ ނިޒާމު ނުހުއްޓޭނެކަމަށްވެސް ހެލްތް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ސިއްހީ މަރުކަޒުތަކުން ބައެއް ޓެސްޓްތައް ނުހެދެނީ ތަކެތި ނެތުމުންކަމަށް ވިދާޅުވެ އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވާ ހެލްތް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ، އެފަދަ ޓެސްޓްތަކަކީ ސިއްހީ މަރުކަޒުތަކުން ނުހެދޭ ޓެސްޓްތައް ކަމަށާއި، އަދި އެ ފަދަ ޓެސްޓްތަކަށް ބޭނުންވާ އާލާތްތައް ސިއްހީ މަރުކަޒުތަކަށް ފޯރުކޮށްނުދެނީ އެހެންވެކަމަށެވެ.

ސިއްހީ އާލަތްތައް ފޯރުކޮށްދިނުމުގައި ލަސްތަކެއް ހުންނަކަން ފާހަގަކުރައްވާ އޮފިޝަލް ވިދާޅުވީ، އެފަދަ ލަސްތައް ދިމާވަމުންދަނީ މިނިސްޓްރީ އިން އޯޑަރނުކޮށް ހުރެގެން ނޫންކަމަށާއި، އެއީ އަބަދުވެސް ޑެލިވަރީގައި ދިމާވާ މައްސަލައެއްކަމަށެވެ. މިނިސްޓްރީ އިން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ހުއްޓުމެއްނެތި ކުރިއަށް ދާކަމަށްވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ. އަދި ފިނޭންސް މިނިސްޓްރީ އިން ފޯރުކޮށްދެއްވާ ފައިސާވެސް ލިބިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުުރުން އޮފިޝަލް ވިދާޅުވީ، ލެބޯޓްރީއަށް ބޭނުންވާ ސާމާނު ފޯރުކޮށްދެއްވަމުން ގެންދަވަނީ އެސްޓީއޯ އިންކަމަށާއި، އެއީ ސަރުކާރާއި އެސްޓީއޯ އާއި ދެމެދު ވެވެފައިވާ ފަސް އަހަރުގެ އެގްރިމެންޓްއެއްގެ ދަށުންކަމަށެވެ. އަދި ލެބޯޓްރީ ސާމާނު ބަރާބަރަށް ލިބެމުންދާކަމަށާއި، ލެބޯޓްރީ ސާމާނުގެ ސްޓޮކްވެސް ހުންނާނެކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، ބައެއް ތަންތަނުގެ ބަފަ ސްޓޮކްގައި އެމަރޖެންސީ ސްޓޮކް ހުންނާނެކަމަށާއި، އެމަރޖެންސީ ސްޓޮކް އިން ބޭނުންކުރާކަމަށެވެ. އަދި އެމަރޖެންސީ ސްޓޮކް އިން ބޭނުންކުރައްވަނީ ގަސްތުގައިކަމަށާއި، އެއީ އެމަރޖެންސީ ސްޓޮކްގައި ހުންނަ މުއްދަތުހަމަވާ ސާމާނުތައް ހުސްކޮށް އައު ސްޓޮކް ލުމަށްކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ މިފަދަ އެއްވެސް އަސާސެއްނެތް ވާހަކަތަކެއް އިންތިގާލީ ކޮމިޓީއިން ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ހިންގާފައިވާ އަމަލެއްކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު