Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ އިސްލާމްވުން

ކުރިއަށް އޮތް ވެރިކަމަކީ ދިވެހީންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް ވާނެ - ޑރ.މުއިއްޒު

17 އޮކްޓޯބަރު 2023 | އަންގާރަ 07:31

ދިވެހީން ރީތި އުޅުމާއި ގޮތްފޮތް ދަމަހައްޓައި ދިވެހިންގެ ނަމާ އަބުރު ބައިނަލްއަގްވާމީ މަސްރަހުގައި އުފުލައިދޭނެ ސަރުކާރަކަށް އެ ސަރުކާރު ވާނެ ކަަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 އޮކްޓޯބަރު 2023 | އަންގާރަ 07:31
 އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިޒް

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިޒް

17 ނޮވެމްބަރު 2023 ގައި ގާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރަކީ އިސްލާދީނާ ދިވެހީންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް ވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅުވައިގެން އިންތިހާބީ ރައީސް ޑރ.މުއިއްޒު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ މި ގައުމުގެ އިސްތިޤްލާލާ ފަޚުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށް އެ ސަރުކާރު ވާނެ ކަމަށެވެ. އަދި ދިވެހީންގެ ރީތި އުޅުމާއި ގޮތްފޮތް ދަމަހައްޓައި ދިވެހިންގެ ނަމާ އަބުރު ބައިނަލްއަގްވާމީ މަޞްރަހުގައި އުފުލައިދޭނެ ސަރުކާރަކަށް އެ ސަރުކާރު ވާނެ ކަަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ އިސްލާމްދީން މަތީ ދިވެހިން ފައިތިލަ ސާބިތުކުރިތާ ހިޖުރީގޮތުން 9 ގަރުނު ފުރިހަމަވާން ބާކީ އޮތީ ތިން އަހަރުކަމަށް ވާއިރު، މި ގައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީހީ ހާދިސާއަކީ ރާއްޖޭ އިސްލާމްވުން ކަމަށެވެ. ވޭދުވެދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި މި ގައުމު ދެމިއޮތް ކަމީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފިކުރީ ގޮތުންނާއި އިގްތިޞާދީ ގޮތުންނާއި އިސްތިރާތިޖީ ގޮތުން ވެސް ތަފާތު އެކި ގޮންޖެހުންތައް ކުރިމަތީގައި ހުރި ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. ދިވެހިން އެދެނީ އެ އިން ކޮންމެ ގޮންޖެހުމަކާ ވެސް ދިވެހި ގައުމު އިސްކޮށްގެން ދިވެހީންގެ މަސްލަހަތު ކުރިއަށް ނެރެގެން ކުރިމަތިލުން ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ބަޔާނެއްގައި ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ވެރިކަމަކީ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތަށް އިސްކަންދޭ ވެރިކަމަކަށް ވެގެންދާނެ ކަމަށެވެ. އެ ބަޔާނުގައި ރާއްޖެ އިސްލާމްވިތާ 897 އަހަރު ފުރޭ މުނާސަބަތުގައި ތަހުނިޔާ އާއި މުބާރަކްބާދު ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައިވެއެވެ. އަދި އިސްލާމްދީނުގެ މަތިވެރި އަޤީދާއާއި ތެދުމަގުގައި ދިވެހި އުންމަތް ތާއަބަދަށް ލެހެއްޓުވުން އެދި ކީރިތި ﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް