Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ ޤައުމީ ޓީމު

މެސީއާ މެދު ގޮތެއް ނިންމާނީ ފަހު ވަގުތު: ސްކަލޯނީ

ސްކަލޯނީ ބުނީ މެސީ ހުރީ ވަރަށް ރަނގަޅަށް ކަމަށާއި، އޭނާ އަންނަނީ ޓީމުގެ ފަރިތަކުރުންތަކުގައި ބަރާބަރަށް ބައިވެރިވަމުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 އޮކްޓޯބަރު 2023 | އަންގާރަ 06:06
އާޖެންޓީނާގެ ފަރިތަކުރުމެއްގައި މެސީ

އާޖެންޓީނާގެ ފަރިތަކުރުމެއްގައި މެސީ

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އާޖެންޓީނާ އިން ޕެރޫއާ ދެކޮޅަށް ކުޅޭ މެޗުގައި ކެޕްޓަން ލިއޮނަލް މެސީ ކުޅުމާމެދު ގޮތެއް ނިންމާނީ ފަހު ވަގުތު ކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

ސްކަލޯނީ މިހެން ބުނީ ޕެރޫ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. ސްކަލޯނީ ބުނީ މެސީ ހުރީ ވަރަށް ރަނގަޅަށް ކަމަށާއި، އޭނާ އަންނަނީ ޓީމުގެ ފަރިތަކުރުންތަކުގައި ބަރާބަރަށް ބައިވެރިވަމުން ކަމަށެވެ. އެހެން ނަމަވެސް މެސީ ކުޅުމާ މެދު ގޮތެއް ނިންމާނީ ފަހު ވަގުތުގައި ކަމަށް އޭނާ ބުންޏެވެ. އެންމެ ފަހުން އާޖެންޓީނާ އިން ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ކުޅުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

އިތުރަށް ސްކަލޯނީ ބުނީ، އާޖެންޓީނާ އިން ކުޅެމުން އަންނަނީ ވަކި އަޒުމެއް ކަނޑައަޅައިގެން ކަމަށާއި، ދަނޑު މަތީގައި ކޮންމެ ކުޅުންތެރިޔަކު ހުރި ނަމަވެސް، އޭނާ އަކީ މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ ޕެރަގުއޭ މެޗުގައި ވެސް ފެނުނީ މެސީ ނެތް ނަމަވެސް، އާޖެންޓީނާ އަށް ރަނގަޅު ކުޅުމެއް ދެއްކޭނެ މަންޒަރު ކަމަށެވެ. ނަމަވެސް ފުޓުބޯޅަ އަށްޓަކައި ވެސް މެސީ ދަނޑު މަތީގައި ހުންނަން ޖެހޭ ކަމަށާއި، އޭނާ ބަހައްޓަން ވެސް ބޭނުންވާ ކަމަށް ސްކަލޯނީ ބުންޏެވެ. ޚާއްސަކޮށް މެސީ ދަނޑު މަތީގައި ހުރުމުން އާޖެންޓީނާ އިން ކުޅޭނީ އާދަޔާ ޚިލާފު ރޫޙެއްގައި ކަމަށް އޭނާ ފާހަގަ ކުރި އެވެ.

މީގެ އިތުރުން ސްކަލޯނީ ބުނީ މެޗަށް ޓީމު އެކުލަވާލާނީ ކުޅުންތެރިން ޖިސްމާނީ ޙާލަތަށް ބެލުމަށް ފަހު ކަމަށެވެ. މިވަގުތު އާޖެންޓީނާ އިން އެންމެ މުހިންމީ ކޮލިފިކޭޝަންގެ އެއް ވަނަ މަގާމު ދިފާއު ކުރުން ކަމަށާއި، އެކަމަށް ސަމާލުކަަން ދޭނެ ކަމަށް ވެސް ސްކަލޯނީ ވަނީ ބުނެފަ އެވެ. އާޖެންޓީނާ އިން ޕެރޫއާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު