Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން އިސްރާއީލް ހަނގުރާމަ

"މިނިވަނުންގެ ދުނިޔެއަކުން އަހަރަމެން މަރާ ހުސް ކުރަމުން އެ ދަނީ... ޢަރަބި ޤައުމުތަކަށް އިތުބާރެއް ނެތް"

ޣައްޒާ ދޮވެލާ، ފަލަސްޠީނުގެ ނަޞްލު ދޮވެލުމަށް ފޫގަޅައިގެން އޮތް ޔަހޫދީ އިޒްރޭލުގެ ޢުދުވާންތައް މިއިން ދުވަހަކު ހުއްޓިދާނެ ކަމުގެ ނިޝާނެއް ފެންނާކަށް ނެތް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2023 | އަންގާރަ 07:17
އިޒްރޭލުގެ މި ފަހުގެ ޢުދުވާންތަކުގައި އެތައް ކުޑަކުދިންނެއްގެ ފުރާނަ ގެއްލިފައި ވާ އިރު، ގިނަ ޢަދަދެއްގެ ކުޑަކުދިން ވަނީ ޔަޠީމުވެސް ވެފައި

އިޒްރޭލުގެ މި ފަހުގެ ޢުދުވާންތަކުގައި އެތައް ކުޑަކުދިންނެއްގެ ފުރާނަ ގެއްލިފައި ވާ އިރު، ގިނަ ޢަދަދެއްގެ ކުޑަކުދިން ވަނީ ޔަޠީމުވެސް ވެފައި

އެއީ މީގެ ކުރިން އޭނާގެ ޢާއިލާ ދިރިއުޅެމުން ދިޔަ ގެ ހުރި ތަނެވެ. ނަމަވެސް، ޢުމުރުން 61 އަހަރުގެ މުޙައްމަދު އަބޫ ދަޤްތާގެ ކުރިމަތީގައި މިއަދު ފެންނަން އޮތީ ބިމާ ހަމަކޮށްފައި ވާ ޢިމާރާތެއްގެ ބައިތަކެވެ. އަޑުން އަޑު ނަގައި، އެހީއަކަށް އެދި އާދޭސް ކުރަމުން ދިޔަ މުޙައްމަދުގެ ހިތުގައި އަޅަމުން ދާ ވޭން، އޭނާގެ ރޮއި ގިސްލުމުން އަންގައިދެއެވެ. އެ ހިތްދަތި ކަމަކީ ދިރިއުޅުނު ގެ ބިމާ ހަމަ ކުރުމުން އުފެދިފައި ވާ ޖަޒުބާތެއް އެކަންޏެއް ނޫނެވެ. މުޙައްމަދުގެ ޢާއިލާ މެންބަރުން އަދިވެސް ވީ، ވެއްޓިފައި ވާ އެ ޢިމާރާތުގެ ބައިތަކުގެ ދަށުވެފައެވެ. އޭނާ އާދޭސް ކުރަމުން އެ ދަނީ، ގައުކުނޑިތަކުގެ އަޑިން، އޭނާގެ ޢާއިލާ މެންބަރުން ނަގައި ދިނުމަށް އެދިއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފަށައިގެން ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ރަޙުމެއް ނެތް ޢުދުވާންތަކުގައި، މުޙައްމަދުގެ ޢާއިލާއިން 8 މެންބަރެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އިތުރު 3 މީހަކު އަދިވެސް ވަނީ ވެއްޓިފައި ވާ ޢިމާރާތުގެ ބައިތަކުގެ ދަށުވެފައެވެ.

އިޒްރޭލުގެ ޢުދުވާންތަކަށް ހަފުތާއެއް ފާއިތުވެ ގޮސްފައި ވާ އިރު، ފުރާނަ ގެއްލިދިޔަ ފަލަސްޠީނު ރައްޔިތުންގެ ޢަދަދު 2300 އަށް އަރާ ކަމަށް ޣައްޒާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަ ކޮށްފައެވެ. ރެކޯޑް ކުރެވިފައި ނެތް މަރުގެ އެތައް ކޭސްތަކެއް ހުރުން އަދިވެސް އެކަށީގެންވެއެވެ.

70 އެތައް އަހަރެއް ވީ ޢުދުވާންތަކުގައި ޣައްޒާ ހަފުސްވެފައި ވާ އިރު، އެކަމުގެ ވޭން އުފުލަން ޖެހެނީ ވަކި ޢުމުރެއްގެ ބަޔަކަށް ނޫނެވެ. އިޒްރޭލުގެ މި ފަހުގެ ޢުދުވާންތަކުގައި އެތައް ކުޑަކުދިންނެއްގެ ފުރާނަ ގެއްލިފައި ވާ އިރު، ގިނަ ޢަދަދެއްގެ ކުޑަކުދިން ވަނީ ޔަޠީމުވެސް ވެފައެވެ. ބައެއް ކުދިންގެ މަންމައާއި ބައްޕަވެސް މި ދުނިޔޭގައި މިއަދަކު ނެތެވެ.

އެފަދަ އެއް ކުއްޖަކީ ޢުމުރުން އެންމެ 4 އަހަރުގެ ފުއްލާ އަލް-ލަޙާމްއެވެ. އޭނާ ދިރިއުޅެމުން ދިޔަ ގެއަށް އަމާޒުވި އިޒްރޭލުގެ ޙަމަލާގައި ލިބުނު ޒަޚަމްތަކާއެކު ފުއްލާ ހޮސްޕިޓަލަށް ގެންދިޔައީ ރެސްކިއު ޓީމުގެ މެންބަރުންނެވެ. ފުއްލާއަށް ހަމަހޭވެރިކަން ވީ އިރު، އޭނާއަށް އޮވެވުނީ ޚާން ޔޫނިސްގެ ހޮސްޕިޓަލެއްގައި އެކަނި މައި އެކަންޏެވެ. އޭނާގެ ޢާއިލާގެ 14 މެންބަރަކު ވަނީ، އިޒްރޭލުގެ ޢުދުވާނުގައި މި ދުނިޔެ ދޫކޮށްފައެވެ. އޭގެތެރޭގައި ފުއްލާގެ މަންމައާއި، ބައްޕައާއި އެއްބަނޑު އެއްބަފާ ކުދިންވެސް ހިމެނެއެވެ.

ފުއްލާ ގާތުގައި މިއަދު އިން ހަމަ އެކަނި މީހަކީ އޭނާގެ މުސްކުޅި މާމަ، އުއްމު މުޙައްމަދުއެވެ. އުއްމި މުޙައްމަދުގެ ފިރިހެން ދަރިފުޅާއި، އެ ދަރިފުޅުގެ މުޅި ޢާއިލާ މިއަދު މި ދުނިޔެއަކު ނެތެވެ.

ހޮސްޕިޓަލު އެނދުމަތީގައި އޮތް ފުއްލާ ލޯ ހުޅުވާލުމާއެކު، އެ މާމަގެ މޫނު މަތިން ފެނިގެން ދިޔަ އުފާވެރިކަމާއި، އެ ހިތުގައި އަޅަމުން ދިޔަ ވޭނަކީ، މިފަދަ ގޮތަކަށް ސިފަކޮށްދެވޭނެ ޖަޒުބާތުތަކެއް ނޫނެވެ.

ޣައްޒާ ދޮވެލާ، ފަލަސްޠީނުގެ ނަޞްލު ދޮވެލުމަށް ފޫގަޅައިގެން އޮތް ޔަހޫދީ އިޒްރޭލުގެ ޢުދުވާންތައް މިއިން ދުވަހަކު ހުއްޓިދާނެ ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ ބާރުގެ ގޮތުގައި އޮތް އެމެރިކާއިން ބަހައްޓާފައި ވާ ބޮޑު އައްޑަނައިގެ ނިވަލުގައި ތިބެ، އިޒްރޭލުން ދެމުންދާ ލާއިންސާނީ އަދި ޣައިރު ޤާނޫނީ ޖަރީމާތަކާ ދެކޮޅަށް ބަހެއް ބުނެލުން ފިޔަވާ، އިސްލާމީ ބޮޑެތި ޤައުމުތަކުން ކުރި ކަމެއް ފެންނާކަށް އަދި ނެތެވެ. ހުރިހާ ހިތްދަތި ކަމަކާއި ވޭނެއް ތަޙައްމަލުކޮށް، ޚިޔާލަށްވެސް ގެންނަން ނޭނގޭ ބިރުވެރި ކަމެއްގެ ތެރޭގައި ދުވަސްތައް ބަރުދާސްތު ކުރަން ޖެހިފައި ވަނީ މުޙައްމަދާއި ފުއްލާ ފަދަ އިންސާނުންނަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައްޖާއި އުމަރާ އަށް ވެސް ވަގު ހަދަނީ!

ހައްޖާއި އުމަރާ އަށް ވެސް ވަގު ހަދަނީ!

19 މެއި 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް

ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް

09 މެއި 2017
ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

25 އެޕްރީލު 2017
ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟

ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު