Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިކްޓްރީއަށް އާ މެނޭޖަރެއް

ވިކްޓްރީގެ މެނޭޖަރަކަށް އަސްއަދު!

ވިކްޓްރީގެ ހެޑް ކޯޗަކީ ސޮބާހު މުހައްމަދު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 16 އޮކްޓޯބަރު 2023 | ހޯމަ 14:07
ވިކްޓްރީގެ މެނޭޖަރު އަސްއަދު: ފޮޓޯ-ރާއްޖެ ޓީވީ

ވިކްޓްރީގެ މެނޭޖަރު އަސްއަދު: ފޮޓޯ-ރާއްޖެ ޓީވީ

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ވިކްޓްރީގެ މެނޭޖަރަކަށް ގޯލްޑް ކެޕްޓަން އަސްއަދު އަބުދުލްޣަނީ ހަމަޖައްސައިފިއެވެ.

ކްލަބް ކެރިއަރުގައި ވެލެންސިޔާއާއި, ނިއުރޭޑިއަންޓްގެ ކެޕްޓަންކަން ކޮށް އެ ދެކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދި އަސްއަދު އަންނަނީ ދެވަނަ ޑިވިޝަނަށް ތައްޔާރުވާ ވިކްޓްރީގެ ޕްރެކްޓިސްގައިވެސް ކުޅުންތެރިންނާއެކު ބައިވެރިވަމުންނެވެ. ފުރަތަމަ ޑިވިޝަންގެ ޖާގަ އަލުން ހޯދަން މަސައްކަތް ކުރަމުން އަންނަ ވިކްޓްރީގެ މެނޭޖަރުކަމާ ހަވާލުވުމަށްފަހު އަސްއަދު ބުނީ "މިއީ ފުޓްބޯޅައަށް އޮތް ޝައުޤުގައި" ކުރާ ކަމެއް ކަމަށެވެ. ފުރުޞަތު ލިބުމުން ބޭނުންކުރީ ފުޓްބޯޅައަށް އޮތް ޝައުގާއެކު, ވިކްޓްރީ އަލުން ފުރަތަމަ ޑިވިޝަނުން ފެންނަން ބޭނުންވާތީ ކަމަށެވެ. ވިކްޓްރީގެ އިތުރުން ނިއުރޭޑިއަންޓްވެސް ފުރަތަމަ ޑިވިޝަނުން އަލުން ފެންނަން ބޭނުންވާކަމަށް އޭނާ ބުންޏެވެ.

އަސްއަދު ބުނީ ކުޅުންތެރިއެއްގެ ގޮތުގައި ހުރިއިރުވެސް ވިކްޓްރީގެ ޖަރޒީ ލާން ފުރުޞަތު ލިބުނު ކަމަށާއި, އޭރު ފުރުޞަތުގެ ބޭނުން ނުހިފުނަސް މިއަދު ފުރުޞަތުގެ ބޭނުން ހިފައި ވިކްޓްރީއަށް އެހީވެވޭތީ އުފާކުރާ ކަމަށެވެ. ވިކްޓްރީގެ ކޯޗަކީ އަސްއަދާއެކު ގައުމީ ޓީމާއި ނިއުރޭޑިއަންޓްގެ ދިފާއުގައިވެސް މުހިއްމު ދައުރެއް އަދާކުރި ސޮބާހު މުހައްމަދެވެ. ސޮބާ ބުނީ މެނޭޖަރެއްގެ ގޮތުގައި އަސްއަދު އަޔަސް ކޯޗިންގައިވެސް އަސްއަދުގެ ބޭނުން ހިފާނެކަމަށާއި, އަސްއަދުގެ ބަސް ވިކޭނެކަމަށެވެ. އަދި އޭނާ އަކީ ކޯޗަށް ވިޔަސް އަސްއަދަށް އިހުތިރާމް އޮންނާނެކަމަށެވެ. އަސްއަދު އައުމަކީ ވިކްޓްރީ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދަން ކުރާ މަސައްކަތަށް ލިބުނު ވަރަށްބޮޑު އެހީއެއް އަދި ހިތްވަރެއްކަމަށްވެސް ސޮބާ ބުންޏެވެ.

ވިކްޓްރީގައި އޮތީ ކުރިން ފުރަތަމަ ޑިވިޝަންގައި ކުޅުނު ކުޅުންތެރިންގެ މަައްޗަށް އެކުލެވޭ ވަރަށް ވަރުގަދަ ސްކޮޑެކެވެ. އޭގެތެރޭގައި އަސްއަދާއި ސޮބާއާއެކު ކުޅުނު ކުޅުންތެރިންވެސް ހިމެނެއެވެ.

އިތުރަށް ކިޔާލަން

04 ޖޫން 2022

ވިކްޓްރީގެ ކޯޗިން ޓީމަށް އެ ޓީމުގެ ދެ ލެޖެންޑުން

04 ޖޫން 2022
ވިކްޓްރީގެ ކޯޗިން ޓީމަށް އެ ޓީމުގެ ދެ ލެޖެންޑުން
26 މެއި 2022

ވިކްޓްރީގެ ދަރަނިތައް ހަމަޖައްސައި، ވަރުގަދަ ޓީމެއް އެކުލަވާލައިފި!

26 މެއި 2022
ވިކްޓްރީގެ ދަރަނިތައް ހަމަޖައްސައި، ވަރުގަދަ ޓީމެއް އެކުލަވާލައިފި!
24 މާރިޗު 2019

އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް

24 މާރިޗު 2019
އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
21 ފެބުރުއަރީ 2019

ފީފާއިން ވިކްޓްރީގެ ތިން ޕޮއިންޓް ކަނޑާލައިފި

21 ފެބުރުއަރީ 2019
ފީފާއިން ވިކްޓްރީގެ ތިން ޕޮއިންޓް ކަނޑާލައިފި
15 ޑިސެމްބަރު 2018

ވިކްޓްރީގެ އިންތިޚާބު މި މަހު 22 ގައި، މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޑިސެމްބަރު 2018
ވިކްޓްރީގެ އިންތިޚާބު މި މަހު 22 ގައި، މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު