Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލެޕްރަސީ ނެތް ރަށްރަށް ކަނޑައެޅުން

ރާއްޖޭގެ 178 ރަށެއް، ލެޕްރަސީ ނެތް ރަށްރަށުގެ ގޮތުގައި ކަނޑައެޅުމަށް ޝަރުތު ފުރިހަމަވެއްޖެ

މި ބައްޔަކީ ކުރީގައި ރާއްޖޭގެ ގިނަ ބަޔަކު ތަހައްމަލުކުރި ބައްޔެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2023 | ހޯމަ 12:25
"ޒީރޯ ލެޕްރަސީ ފްރޭމްވޯރކް"ގެ ލަނޑުދަނޑިތައް ހާސިލް ކުރެވުނު މިންވަރާ ގުޅޭގޮތުން ބޭއްވި ބައްދަލުވުން

"ޒީރޯ ލެޕްރަސީ ފްރޭމްވޯރކް"ގެ ލަނޑުދަނޑިތައް ހާސިލް ކުރެވުނު މިންވަރާ ގުޅޭގޮތުން ބޭއްވި ބައްދަލުވުން

ރާއްޖޭގެ 178 ރަށެއް، ލެޕްރަސީ ނެތް ރަށްރަށުގެ ގޮތުގައި ކަނޑައެޅުމަށް ޝަރުތު ފުރިހަމަވެއްޖެއެވެ.

މި ކަމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން، މިކަމަށް ބޭނުންވާ އިންޓަރނަލް އަދި އެކްސްޓަރނަލް ވެރިފިކޭޝަންގެ މަސައްކަތް ނިމި، 2023 ނިޔަލަށް ރާއްޖެއިން މަދުވެގެން 100 ރަށުގައި ލެޕްރަސީ ނެތްކަން ކަނޑައެޅުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި އެކުލަވާލާފައިވާ "ޒީރޯ ލެޕްރަސީ ފްރޭމްވޯރކް"ގައި ހިމަނާފައިވާ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. މި މަސައްކަތްތައް ކުރިއަށް ގެންދެވުނު ގޮތާއި، ވެރިފިކޭޝަން މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު ކަންކަމާއި، "ޒީރޯ ލެޕްރަސީ ފްރޭމްވޯރކް" ގެ ލަނޑުދަނޑިތައް ހާސިލްކުރެވުނު މިންވަރާ ގުޅޭގޮތުން 15 އޮކްޓޯބަރ 2023 ވީ އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ ފަރާތުން ވަޑައިގެންނެވި އެކްސްޕަރޓް ޓީމުން ވަނީ މަޝްވަރާ ކުރައްވާފައި ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެ މަސައްކަތުގައި ދެން ކުރިއަށްދާނެ ގޮތާއި ކުރަންވީ މަސައްކަތްތަކާ ގުޅޭގޮތުންވެސް ލަފާ ހޯދާފައިވާކަމަށް ވަނީ ބުނެފައެވެ. ރާއްޖެއަކީ ލެޕްރަސީ ނެތް ގައުމެއް ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިންޓަރނަލް އަދި އެކްސްޓަރނަލް ވެރިފިކޭޝަނަށްފަހު، ރާއްޖޭގެ ރާއްޖޭގެ 178 ރަށެއް ވަނީ ލެޕްރަސީ ނެތް ރަށްރަށުގެ ގޮތުގައި ޝަރުތު ހަމަވެފައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ލެޕްރަސީ ނެތް ރަށްތައް ކަނޑައެޅުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި؛ ބަލި ދެނެގަތުމާއި، ބައްޔަށް އާއްމުން ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަނީ ބުނެފައެވެ. ހަމައެހެންމެ ލެޕްރަސީއަށް ދޭންޖެހޭ ފަރުވާތަކާއި، ބައްޔާމެދު ދެކޭގޮތް ބަދަލުކުރުމަށް ސިއްހީ ޚިދުމަތްތެރިން ތަމްރީންކުރުމާއި، މި މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާ މިންވަރު ބެލުމަށް، އިންޓަރނަލް ވެރިފިކޭޝަން އެސެސްމެންޓާއި ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޓީމަކުން އެކްސްޓަރނަލް ވެރިފިކޭޝަން އެސެސްމެންޓްތައް ވަނީ ކުރިއަށް ގެންދެވިފައި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މި ބައްޔަކީ ކުރީގައި ރާއްޖޭގެ ގިނަ ބަޔަކު ތަހައްމަލުކުރި ބައްޔަކަށް ވާއިރު، 1982 ވަނަ އަހަރު ރާއްޖޭގައި މި ބައްޔަށް ބޭސް ތައާރަފްކޮށް، ރަނގަޅު އިންތިޒާމެއްގެ ދަށުން ފަރުވާ ދެވެން ފެށުމާއެކު، ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

1997 ވަނަ އަހަރު، ލެޕްރަސީއަކީ ދިވެހިރާއްޖޭގެ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ނޫންކަމުގައި ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ. އަދި މިއާއެކު ރާއްޖޭން ލެޕްރަސީ ނައްތާލުމުގެ މަސައްކަތް މިދަނީ މެދުނުކެނޑި ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު