Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީނު އިޒްރާއީލް ހަނގުރާމަ

ފެންނަ ފެނުމަށް އައިސް ކްރީމް ލޮރީއެކެވެ... އެކަމަކު، އެތެރޭގައި އޮތީ ހުސް ޤަބުރެވެ!

ވަޅުލެވޭނެ އިންތިޒާމުތައް ހަމަޖެހެންދެން، ޤަބުރު ބާއްވާލާނެ މޯޗަރީއެއް ނެތް، މޯޗަރީތައްވެސް ފުރިއްޖެ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2023 | ހޯމަ 06:58
އިޒްރޭލުގެ ރަޙުމެއް ނެތް ޢުދުވާންތަކުގައި ޣައްޒާއިން ޝަހީދުވެ، މި ދުނިޔެއާއި ވަކިވެ ދިޔަ މީހުންގެ ޢަދަދު 3000 އާ ގާތް ކުރޭ

އިޒްރޭލުގެ ރަޙުމެއް ނެތް ޢުދުވާންތަކުގައި ޣައްޒާއިން ޝަހީދުވެ، މި ދުނިޔެއާއި ވަކިވެ ދިޔަ މީހުންގެ ޢަދަދު 3000 އާ ގާތް ކުރޭ

އަމިއްލަ ބިމުގެ މިނިވަން ކަމުގެ ޙައްޤުގައި ޔަހޫދީ އިޒްރޭލާއި ދެކޮޅަށް ޙަމާސް ޖަމާޢަތުން ދިން ޙަމަލާތަކުގެ ރައްދުގައި ކަމަށް ބުނެ، ޣައްޒާއާ ދެކޮޅަށް ރަސްމީ ސިފައެއްގައި ހަނގުރާމަ ޢިއުލާންކޮށް، އެޔެއް މިޔެއް ބެލުމެއް ނެތި، އިޒްރޭލުގެ އަސްކަރީ ފައުޖުތަކުން ފަލަސްޠީނުގެ މުސްލިމުން ޝަހީދު ކުރަމުންދާތާ ހަފުތާއެއް ފާއިތުވެ ދިޔައީއެވެ. އެހެން ނޫނީ ވިއްޔާ ދެބަޔަކު ކޯޅިލާއިރަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ލައިނުގަނެގެން އުޅޭ، ދުނިޔޭގެ ބޮޑެތި ބާރުތަކަށް އެ މަންޒަރު ނުވެސް ފެންނަނީއެވެ. ބަޔަކަށް ނުފެނުނު ކަމުގައި ވީ ނަމަވެސް، ޣައްޒާގެ ޙާލަތު، ދުވަހަކަށް ވުރެ ދުވަހެއް ވަނީ ގޯހެވެ. ކޮންމެ 2 މިނެޓަކުން ހެން ބޮންތައް އަޅަމުން ދާއިރު، ޞިއްޚީ ނިޒާމު އޮތީ ނޭވާ ހޮޅިއަށް އެޅި، ހަމަ މުޅިންހެން އިނދަޖެހިފައެވެ.

އިޒްރޭލުގެ ރަޙުމެއް ނެތް ޢުދުވާންތަކުގައި ޣައްޒާއިން ޝަހީދުވެ، މި ދުނިޔެއާއި ވަކިވެ ދިޔަ މީހުންގެ ޢަދަދު 3000 އާ ގާތް ކުރާ އިރު، އޭގެ ތެރޭގައި އެތައް ސަތޭކަ ކުޑަ ކުދިންނެއްވެސް ހިމެނެއެވެ. އެއީވެސް ހަމަ، ހަމާސްގެ ހަނގުރާމަވެރިން ތޯއެވެ؟ މަރުވާ މީހުންނާއެކު ބިމާ ހަމަކުރަމުން ދާ ޢިމާރާތްތަކުގެ ބައިތައް ނަގައި ސާފު ކުރަމުން ދާ ވަރަކަށް، އިތުރު މީހުންގެ ހަށިތައް ދަނީ ފެންނަމުންނެވެ. މީހުން ވަޅުލާނެ ތަންތަންވެސް ޣައްޒާގައި މިއަދަކު ނެތެވެ. ވަޅުލެވޭނެ އިންތިޒާމުތައް ހަމަޖެހެންދެން، ޤަބުރު ބާއްވާލާނެ މޯޗަރީއެއްވެސް ނެތެވެ. މޯޗަރީތައްވެސް ފުރިއްޖެއެވެ.

ދިރިއުޅުމުގެ އަސާސީ ޙައްޤުތަކުން މަޚްރޫމުކޮށް، ދިރުހުރުމުގެ ޙައްޤު ނިގުޅައިގަނެފައި ވާ އިރު، މަރުވެފައި ވާ މީހަކަށް ލިބިދޭން ޖެހޭ ޙައްޤުތައްވެސް އަދާ ކޮށްދެވޭނެ ފަދައެއް ނެތެވެ. ފުނިޖެހެމުން ދާ ޤަބުރުތައް ބޭއްވުމަށްޓަކައި، ޣައްޒާގައި މިހާރު ވަނީ އައިސް ކްރީމް ލޮރީތަކާއި، ފިނި ކުރެވޭ ނިޒާމު ހަރުކޮށްފައި ހުންނަ އުޅަނދުތައްވެސް ބޭނުން ކުރަން ފަށާފައެވެ. އެންމެ ލޯބިވާ މީހާ މި ދުނިޔެއާއި ވަކިވެ ދިއުމުގެ ހިތާމައިގެ މައްޗަށް، އެހާ ދެރަ، ނިކަމެތި ޙާލެއްގައި އެމީހެއްގެ ޤަބުރު ވާތީ ފެނުމުން ހިތަށް ކުރާނެ އަސަރު، އެފަދަ މީހަކަށް ނޫނީ ބަޔާން ކޮށްދޭކަށް ނޭނގޭނެއެވެ.

ހޮސްޕިޓަލުތަކުގެ މޯގުތައް ފުރިފައި ވާ އިރު، ޣާއްޒާގައި ކަރަންޓާއި ފެނުގެ ސަޕްލައި ފަދަ އަސާސީ އަދި ޛަރޫރީ ޚިދުމަތްތައްވެސް ލިބެން ނެތްކަން ހަނދާނުން ކަސިޔާރުވިޔަ ނުދެއްވާށެވެ. އެބަޔަކަށް ވީ ގޮތަކުން، އަމިއްލަ ޖަނަރޭޓަރުތަކަށް ތެޔޮ އަޅައިގެން ހިނގާ ހޮސްޕިޓަލުތަކުންވެސް އިރުއިރުކޮޅާ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ މައްސަލަ ދިމާވާތީ، އެ ހޮސްޕިޓަލުތަކުންވެސް މިހާރު ޤަބަރު ބާއްވަން ބަރޯސާ ވަނީ އައިސް ކްރީމް ލޮރީތަކަށެވެ. އިޒްރޭލުގެ މަޤްޞަދުތައް ޙާޞިލުވެ، ހިނދުކޮޅަކަށް ނަމަވެސް ޙަމަލާތައް ހުއްޓާލާ ދުވަހަކުން، ހިތްހަމަ ޖައްސާލުމަށް އައިސް ކްރީމްއެއް ބޯލަން ދާނެ ކުއްޖަކު، ޣައްޒާގައި ހުރެދާނެތޯއެވެ؟ މިއަދުގެ އެ ބިރުވެރި، އަދި އެހާ ހިތްދަތި މަންޒަރުތައް ލޯ ކުރިމަތިން ސިފަ ނުވެ ނުދާނެކަން ޤައިމެވެ.

ފެންނަ ފެނުމަށް އެއީ އައިސް ކްރީމް ލޮރީއެކެވެ. ބޭރުގައި ކުރަހާފައި ހުރީވެސް ކުޅު ދިޔާ ކޮށްލާ ފަދަ އައިސް ކްރީމްތަކެކެވެ. ނަމަވެސް، ލޮރީގެ ގެގަނޑު ހުޅުވާ ބަލާއިރު ހިތް ފަޅައިގެން ދެއެވެ. ކަފުންނަށް ލާ ފަސްތަނުން ބަނދެފައި ވާ ޤަބުރުތަކެވެ. ކޮންމެވެސް މީހަކު ދެ ލޯ ނޭދި އެދެމުން ދިޔަ ފުރާނައެކެވެ. އެ ކަފުނުގެ ތެރޭގައި އޮތީ އަހަރަމެން ނުވެސް ދަންނަ، ދުވަހަކުވެސް ނުދެކޭ މީހެކެވެ. އެކަމަކު، އެ މަންޒަރު ބަލާލަން ހިތަށް އިންތިހާ ތަދުވެއެވެ.  ޣައްޒާގެ މަސްރަޙު ދެކެފި ކޮންމެ މީހެއްގެ ލޮލުން ކަރުނަ ފާއްދާލައެވެ. ހިތަށް ފުން އަސަރުތަކެއް ކުރުވައެވެ. އިންސާނިއްޔަތު ކަމުގެ ޒައްރެއްގެ މިންވަރުވެސް އެ ހިތެއްގައި ވާ ހަމަ ކޮންމެ މީހެއްގެ ޙާލަކީވެސް އެއީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެންނަމުންދަނީ ރައީސް ޔާމީނަށް ގޮތް ހުސްވެފައި ހުންނެވި މަންޒަރު!

ފެންނަމުންދަނީ ރައީސް ޔާމީނަށް ގޮތް ހުސްވެފައި ހުންނެވި މަންޒަރު!

08 ސެޕްޓެމްބަރު 2018
ކެމްޕޭނުން ފެންނަ ދެ މަންޒަރު: އެކަކު ބާރުގައި، އަނެކަކު ހުސް އަތާ!

ކެމްޕޭނުން ފެންނަ ދެ މަންޒަރު: އެކަކު ބާރުގައި، އަނެކަކު ހުސް އަތާ!

25 އޯގަސްޓު 2018
ޓީވީން ފެންނަ އިބޫ ބޭބެ ފެނި، ޖުނާނާ ދޫކޮށްލާކަށް ބޭނުމެއް ނުވި

ޓީވީން ފެންނަ އިބޫ ބޭބެ ފެނި، ޖުނާނާ ދޫކޮށްލާކަށް ބޭނުމެއް ނުވި

15 އޯގަސްޓު 2018
އިބޫ އާންމުންގެ ގެތަކަށް، ފެންނަނީ ރައީސް ޔާމީންގެ ކެމްޕެއިންގެ ބަލިކަށިކަން؟!

އިބޫ އާންމުންގެ ގެތަކަށް، ފެންނަނީ ރައީސް ޔާމީންގެ ކެމްޕެއިންގެ ބަލިކަށިކަން؟!

07 ޖުލައި 2018
މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

24 އެޕްރީލު 2018

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު