Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ޓީވީން ފެންނަ އިބޫ ބޭބެ ފެނި، ޖުނާނާ ދޫކޮށްލާކަށް ބޭނުމެއް ނުވި

އިބޫ އާއި ދިމާވީ ދޮރުން ދޮރަން ކެމްޕެއިންގައި އުޅުއްވަނިކޮށް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 15 އޯގަސްޓު 2018 | ބުދަ 14:38
ޖުނާނާ އިބޫގައިން ދޫކޮށްލާކަށް ބޭނުމެއް ނުވި

ޖުނާނާ އިބޫގައިން ދޫކޮށްލާކަށް ބޭނުމެއް ނުވި

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިން ނިންމާލެއްވުމަށް ފަހު އިބޫ ވަޑައިގެންނެވީ މީޑިއާއަށް މައުލޫމާތު ދެއްވުމަށެވެ. އެ ވަގުތު ޖަމާލުންދީން ސްކޫލު ކައިރީގައި ރައްދެބައިމަގު ކަންމައްޗަށް ވާގޮތަށް ބައެއް މީހުން ނުކުމެތިބިއެވެ. އާދަކާދައިގެ މަތިން ހަވީރުގެ ވަގުތު ކަމަށް ވުމުން އެ ސަރަހައްދުގައި މީހުން މަޑުކޮށްލައިގެން ތިބީއެވެ. އިބޫ އެ ސަރަހައްދަށް ވަޑައިގެން އެތަނުގައި ތިބި އާންމުންނާއި ސަލާމް ކުރައްވަން ފެއްޓެވިއެވެ. އެތަނުގައި ތިބި އާންމުން ކައިރީގައި އިބޫ މަޑުކޮށްލެއްވުމަށް ފަހު ވާހަކަ ދައްކަވަން ފެއްޓެވިއިރު، ތުއްތު ކުއްޖެއް ކަމަށްވާ ޖުނާނާ ބަލަހައްޓައިގެން ހުއްޓެވެ. ކުއްލިއަކަށް އެ ކުއްޖާ އިބޫގައިގައި ބައްދާލިއެވެ. އެއަށް ފަހު ދޫކޮށްލާން ވެސް ބޭނުމެއް ނުވިއެވެ.

ފަހަކަށް އައިސް އިބޫ އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެންނެވުމުން ވެސް ކުޑަދިންގެ މެދުގައި ވެސް އެމަނިކުފާނަކީ މަގުބޫލު ބޭފުޅެއްކަން އިނގެއެވެ. މިފަދަ އެތައް ކަމެއް ހިނގާފައި އެބަހުއްޓެވެ. ކޮންމެ އަކަސް އެކުއްޖާ އިބޫގައިގައި ބައްދާލީ ޓީވީން ފެންނަ "އިބޫ ބޭބެ" ހަމަލޮލަށް ފެނުމުނެވެ. އިބޫ ބޭބެ ދެކެ ވަރަށް ލޯބިވާ ކަމަށް ޖުނާނާ ބުންޏެވެ.

ކޮންމެއަކަސް އިބޫގައިގައި ބައްދާލުމުން އެވަގުތު އެސަރަހައްދުގައި ތިބި ކެމެރާމުންގެ ސަމާލުކަން ހުއްޓުނީ އެ ކުއްޖާއަށެވެ. ކެމެރާތަކުގެ ފޯކަސް އެކުއްޖާއަށް އަނބުރާލިއެވެ. ގިނަ ފޮޓޯތަކެއް ކެމެރާމަނުން ނެގިއިރުވެސް އެ ކުއްޖާ އިބޫ ދޫކޮށްލަން ބޭނުމެއް ނުވިއެވެ. ދެން ފުރުސަތެއް ނުލިބިދާނެތީއެވެ. އެވަގުތު އިބޫ އަރިހުގައި ތިއްބެވި ބައެއް މީހުން އައިސް އިބޫ އަދި ވަޑައިގަންނަވާނެ ކަމަށް އެ ތުއްތު ކުއްޖާ ކައިރީގައި ބުންޏެވެ. އެހެންނަމަވެސް އިބޫގައިން ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ.

ގަލޮޅުގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިން

އެއަށް ފަހު ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އީވާ އަބްދުﷲ "ދައްތަ އާއި އެކީ ހިނގާށޭ، ހިނގާލާފަ ދާން" މިހެން ވިދާޅުވިއެވެ. އީވާ އެހެން ވިދާޅުވުމުން އެކުއްޖާ ހިނގައިގަތީ، އިބޫ އާއި އެކުގައެވެ. އިބޫގައިގައި ބައްދާލައިގެން ހުރެ ކުރިއަށް ހިނގައިގަތެވެ. ގާތްގަނޑަކަށް ވިއްސަކަށް ފޫޓަށް އިބޫ ވެސް ހިންގެވިއެވެ. ރައްދެބައި މަގާއި ހިސާބަށެވެ.

އެންމެ ފަހުން މިޑިއާއަށް މައުލޫމާތު ދެއްވަންވެގެން އިބޫ އެ ޖުއްކާ ކައިރީގައި އަދި އަންނާނެ ކަމަށް ވިދާޅުވިއެވެ. އެ ސަރަހައްދުގައި ތިބި އެހެން މީހުން އެ ކުއްޖާ ކައިރީގައި އެހެން ބުނިނަމަވެސް، އެކަން ގަބޫލެއް ނުކުރެއެވެ. އެހެންނަމަވެސް އިބޫ ވިދާޅުވުމުން އެކަން ގަބޫލުކުރިއެވެ.

ދޮންބިލަތް އަހުމަދު އިބޫ އަދި އަންނާނެ ކަމަށް ކުއްޖާ ކައިރީގައި ބުނަނީ

މިފަދަ އެތައް މަންޒަރެއް އިބޫ ކެމްޕެއިންގައި އުޅުންވާއިރު އެމަނިކުފާނާއި ދިމާވެއެވެ. ތުއްތު ކުދިންގެ މެދުގައި ވެސް އިބޫ ވަނީ މަގުބޫލުބޭފުޅަކަށް ވެފައެވެ. އިބޫގެ ހިތްހެޔޮ ކަމާއި މަޑުމައިތިރި މިޒާޖު މިއަދު އެންމެންނަން ވެސް ކަމުދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީން ހިންގި ޓެލެތޯން އެހާބޮޑަށް ކާމިޔާބުވީ ކީއްވެ؟

ރާއްޖެ ޓީވީން ހިންގި ޓެލެތޯން އެހާބޮޑަށް ކާމިޔާބުވީ ކީއްވެ؟

12 ސެޕްޓެމްބަރު 2017
"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

01 ޖުލައި 2017
ބްރޯޑްކޮމް ކުރުދޮށީގައި - އެ ހޯދީ މީޑިއާނެޓުން ބައި މިލިއަން، ރާއްޖެޓީވީން 1.2 މިލިއަން

ބްރޯޑްކޮމް ކުރުދޮށީގައި - އެ ހޯދީ މީޑިއާނެޓުން ބައި މިލިއަން، ރާއްޖެޓީވީން 1.2 މިލިއަން

16 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު