Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ119 ކިލޯ ޑްރަގް ކޭސް

119 ކިލޯ ޑްރަގް ކޭސް: ދައުލަތުގެ އިތުރު ހެކިވެރިންގެ ހެކިބަސް ނަގައިފި

އިނގިލީގެ ނިޝާން ތަހުލީލު ކުރި އޮފިސަރުގެ ހެކިބަސް ނަގާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 އޮކްޓޯބަރު 2023 | ހޯމަ 08:35
119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުން

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުން

މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ އިތުރު ހެކިވެރިންގެ ހެކިބަސް ނަގައިފިއެވެ.

ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ މި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އިތުރު 5 ހެކިވެރިންގެ ހެކިބަސް ނެގުމަށް ތާވަލުކުރެވުނެވެ. ނަމަވެސް އެއް ހެކިވެރިއަކު ބަލިވެ އުޅޭތީ އާދީއްތަ ދުވަހު ނަގާފައިވަނީ 4 ހެކިވެރިންގެ ހެކިބަހެވެ.

Advertisement - newsAdvertisement

އެގޮތުން ހާޒިރުވި ހެކިވެރިންގެ ހެކިބަސް ނަގާފައިވާ އިރު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރައްވާ ސާޖަންޓް އަހުމަދު ޝަނާހު ހެކިބަސް ދެއްވަމުން ވިދާޅުވެފައިވަނީ އަރުޝަދު ހާލިދު އިސްވެ ހުރި މަސްތުވާތަކެތި އެތެރެކުރި އިރު މި 3 މީހުން އެކަމުގައި ބައިވެރިވާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބުނު ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން މ ލަކީހައުސް ބަލާފައިވާ އިރު، މަސްތުވާތަކެއްޗާއި ގުޅުންހުރި ފޯނު އަދި ލިޔުންތަކެއް ފެނިފައިވާ ކަމަށެވެ. މީގެ ތެރެއިން އެއް ފޯނަކީ އަރުޝަދުގެ ފޯނުކަމަށް މުޖާހިދު ބުނެފައިވާ ކަމަށާއި، ފެނިފައިވާ ލިޔުންތައް ހުރީ އަލަމާރިއެއްގެ ތެރޭގައި ކަމަށެވެ. މީގެ އިތުރުން ކާރު ބަލާ ފާސްކުރުމުގެ އަމުރު ކާރުގެ ވެރި ފަރާތްކަމުގައިވާ ނާޒިމް އަށް ދައްކާ ކާރު ބަލާ ފާސްކޮށްފައިވާ ކަމަށާއި، ކާރުގެ ތަޅުދަނޑި ނުފެނިގެން ކާރަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަކަށް ހުޅުވުމަށް ހުއްދަ ލިބުނު ކަމަށެވެ.

މީގެ އިތުރުން މުޖާހިދުގެ ދަރިފުޅު ކިޔަވާ ފޮތްތަކެއް ފެނުނު ކަމަށާއި، އެ ފޮތަކީ މުޖާހިދުގެ ދަރިފުޅުގެ ފޮތްކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. އަދި ކާރުން ފެނުނު ފޮށިގަނޑުގައި ފިންގަރ ޕްރިންޓް ހުރުމުން އެ ހެކި ނަގާފައިވާއިރު 3 ފޮށިގަނޑު ހުރި ކަމަށް ބުނެފައި ވެއެވެ. އަދި ކާރު ޑިކީ ތެރެއިން ދަބަސް ނަގާ ބެލި އިރު އޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ސާޖެންޓް އިސްހާގު ހަސަން ހެކިބަސް ދެއްވަމުން ވިދާޅުވީ މުޖާހިދު ބަލާ ފާސްކުރުމުގެ ތެރެގައި ފޯނު ފެނިފައިވާ ކަމަށާއި، ލަކީ ހައުސް ބަލާ ފާސްކުރި އިރު އަލަމާރީގެ ތެރެއިން މޯބައިލް ފޯނާއި ބައެއް ތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ސީންގައި މުޖާހިދާއި ސުވާލުކުރެވުނު ކަމަށާއި، އެ ގޭގެ ދެވަނަ ކޮޓަރިން ފެނުނު ފޯނަކީ އަރުޝަދު ހާލިދުގެ ފޯނު ކަމަށް މުޖާހިދު ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން މުޖާހިދުގެ ސައިކަލެއް ވެސް ބަލާ ފާސްކޮށްފައިވާ ކަމަށް ހެކިވެރިޔާ ވަނީ ވިދާޅުވެފައެވެ. ހުޅުމާލެ ރަބަރުގަސް މަގު 3ށް މުޖާހިދުމެން ގެންދެވުނު ކަމަށާއި އެތަނުގައި އޮތް ކާރުގެ ތެރެއިން 3 ފޮށިގަނޑު ފެނުނު ކަމަށް ބުނެފައި ވެއެވެ.

ފިންގަރ ޕްރިންޓް އެނަލައިސްކޮށް ރިޕޯޓް ހެދި އޮފިސަރު ހެކިބަސް ދެމުން ވިދާޅުވެފައިވަނީ ޕިންގަރ ޕްރިންޓް ކޮމްޕެރިޝަން ރިޕޯޓް ހައްދަވާފައިވާ ކަމަށެވެ. އަދި މި ރިޕޯޓާއި ގުޅިގެން ހެކިވެރިޔާއާއި ވަނީ ސުވާލުތަކެއް ކުރެވިފައެވެ. އެގޮތުން ހޯދުންތަކާއި ނަތީޖާތަކާއި ގުޅޭގޮތުން ސުވާލުކުރެވުނެވެ. އޭނާ ވިދާޅުވީ މަސްތުވާތަކެތި ކަމަށް ބެލެވޭތަކެތި ހުރި ރަބަރު ޕެކެޓުގައި އިނގިލީގެ ނިޝާން ހުރި ކަމަށެވެ. އަދި އެއީ އަލީ ޒުބައިރުގެ އިނގިލީގެ ނިޝާން ކަމަށް އޮފިސަރު ވިދާޅުވިއެވެ.

އާދީއްތަ ދުވަހު ހާޒިރުކުރެވުނު ފަހު ހެކިވެރިޔާ، ފޮރިންސިކް އެނަލިސްޓް އިބްރާހިމް ޝަކީބް ހެކިބަސް ދެއްވަމުން ވިދާޅުވީ މައްސަލައާއި ގުޅިގެން ފިޒިކަލް އެގްޒިމިނޭޝަން ހައްދަވާފައިވާ ކަމަށެވެ. ހެކިވެރިޔާ ވިދާޅުވީ 4 މާއްދީ ހެއްކެއް ހުށަހަޅާފައިވަނީ ރަނގަޅަށް އިޖްރާއަތްތަކާއި އެއްގޮތަށް ކަމަށެވެ. އެގޮތުން ޗެއިން އޮފް ކަސްޓަޑީ ރަނގަޅަށް ފުރިހަމަކޮށްފައިވާ ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ހެކިވެރިޔާ ވިދާޅުވީ، ތަހުލީލުކުރަން ހުށަހެޅުނީ އެ ތަކެތީގެ އެއްގޮތްކަމެއް ހުރިތޯ ކަމަށެވެ. އެގޮތުން ވިޝުވަލް އަދި މައިކްރޮސްކޯޕީ އެގްޒަމިނޭޝަން ހަދާފައިވާނެ ކަމަށާއި، 4 ހެކީގެ ވެސް ކުލައާއި ސައިޒާއި އަދި ޓޭޕަކީ އެއްގޮތް އެއްޗެއް ކަމަށެވެ.

ހޯމަ ދުވަހުގެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާސީ އިހުސާން ވިދާޅުވީ މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނި ބުރާސްފަތި ދުވަހު ކަމަށެވެ.

ނެޓްވޯކެއްގެ ގޮތުގައި އޮޕަރޭޓްކޮށް ޑްރަގް ޓްރެފިކް ކުރިކަމަށް ތުހުމަތުވާ މި މައްސަލާގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން މިހާރު އުފުލާފައިވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަހުމަދު ސުނައިނުއާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދު މައްޗަށެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް
11 މާރިޗު 2017

ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ

11 މާރިޗު 2017
ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ
05 މާރިޗު 2017

20 ކިލޯގެ ހެރޮއިން އާއި 1 ކިލޯގެ ކެނަބިސް ނައްތާލައިފި

05 މާރިޗު 2017
20 ކިލޯގެ ހެރޮއިން އާއި 1 ކިލޯގެ ކެނަބިސް ނައްތާލައިފި
03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު