ބަނގުރާ ފުޅިތަކަކާ އެކު ތިލަފުށިން މީހަކު ހައްޔަރުކޮށްފި
16 އޮކްޓޯބަރު 2023 | ހޯމަ 04:06މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ބިދޭސީ ފިރިހެނެއް

އަމްނާ އިމާދު | 16 އޮކްޓޯބަރު 2023 | ހޯމަ 04:06

ފުލުހުން އަތުލައިގަތް ބަނގުރާ ފުޅިތައް | ޕޮލިސް
ބަނގުރާ ފުޅިތަކަކާ އެކު ތިލަފުށިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ތިލަފުށީގައި ބިދޭސީން ބަނގުރާ ގެންގުޅެ، ވިއްކާކަމަށް ތިލަފުށި ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ތިލަފުށި ޕޮލިހުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތައް ބަލައިފާސްކުރި އިރު ތިންފުޅި ބަނގުރާ އަދި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 107 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.







