Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނުގެ ހާލަތު

ޣައްޒާގެ ހާލަތު ގޯހުން ގޯހަށް: ނިޔާވާ މީހުން އައިސްކްރީމް ޓްރަކްތަކަށް ލާން ފަށައިފި

އިސްރާއިލުން ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި 2300 މީހުން ވަނީ މަރާލާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2023 | ހޯމަ 00:53
ފަލަސްތީނުގައި ނިޔާވި މީހުން އައިސްކްރީމް ފްރީޒަރ އަށް ލަނީ

ފަލަސްތީނުގައި ނިޔާވި މީހުން އައިސްކްރީމް ފްރީޒަރ އަށް ލަނީ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތަކާައި ގުޅިގެން ޣައްޒާގެެ ހާލަތު ގޯސްވެ ނިޔާވާ މީހުން އައިސްކްރީމް ޓްރަކްތަކަށް ލާން ޖެހޭ ހިސާބަށް ގޮސްފިއެވެ.

ހެލްތް އޮފިޝަލުންނާއި ހަވާލާދީ ރޮއިޓަރސްގައި ބުނެފައި ވަނީ ޣައްޒާފައި ނިޔާވާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ނިޔާވާ މީހުން ބައިތިއްބަން އެކަށީގެންވާ ތަނެއް ހޯދުމުގައި ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެގޮތުން އިސްރާއީލުން ވައިގެ މަގުން އެ ސަރަހައްދޭ ހަމަލާތަކުގައި ނިޔާވާ މީހުންގެ ހަށިގަނޑު އައިސްކްރީމް ޓްރަކްތަކުގައި ރައްކާކުރަން އާއްމުން ވަނީ ފަށާފައެވެ. ސަބަބަކީ އިސްރާއީލުން މެދު ނުކެނޑި ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގެ ތެރޭގައި ހޮސްޕިޓަލަށް ހަށިގަނޑު ގެންދިއުމުގެ ނުރައްކާ ވަރަށް ބޮޑުވުމެވެ. މީގެ އިތުރުން މީހުން ވަޅުލާ ސަހަރާތަކުގައި ވެސް މިހާރު މީހުން ވަޅުލާނެ ޖާގަ ގިނަ ފަހަރު ނުލިބޭ ކަމަށް ރިޕޯޓްތަކުން ފާހަގަވެއެވެ.

މީޑިއާތަކަށް މައުލޫމާތުދިން ފަލަސްތީނުގެ އާއްމުން ބުނީ ހޮޮސްޕިޓަލްތަކުގައި މޯގްގައި މީހުން ބައިތިއްބާ އިރު އެންމެ ގިނައިން ބައިތިއްބަނީ 10 މީހުންގެ ހަށިގަނޑުކަމަށެވެ. އެހެންކަމުން މިހާރު އައިސްކްރީމް ފްރީޒަރތައް ގަނެގެން ނިޔާވާ މީހުން އެތަކެއްޗަށް ލަމުންދާ ކަމަށް ވަނީ ބުނެފައެވެ.

އެފަދަ އައިސްކްރީމް ޓްރަކްތަކުގެ ބޭރުގައި ކުޑަކުދިން އައިސްކްރީމް ކާން ހެވިފައި ތިބި މަންޒަރު ފެންނަން ހުރި އިރު މިއީ އިހަކަށް ދުވަހާ ޖެހެންދެން ސުޕަރމަރކެޓްތަކުން އައިސްކްރީމް ޑެލިވަރކޮށްދޭން ބޭނުންކުރި ޓްރަކްތަކެވެ. ނަމަވެސް މިއީ މިހާރު ޣައްޒާގެ ހާލަތު އޮތްގޮތުން މޯރގްތަކަށް ވަނީ ބަދަލުވެފައެވެ. މީގެ އިތުރުން ޓެންޓުތަކުގައި ވެސް މަރުވެފައިވާ މީހުން ބައިތިއްބާފައިވާކަން ބައިނަލްއަޤުވާމީ މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން މިހާތަނަށް އިސްރާއިލުން ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި 2300 މީހުން ވަނީ މަރާލާފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. އަދި ޒަހަމްވި މީހުން އަދަދު 10000 އަށް ވުރެ މައްޗެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް

ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް

18 އޯގަސްޓު 2017
ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި

ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި

18 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި

ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި

29 ޖޫން 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު