Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޑްރިފްޓިންގ

ޑްރިފްޓިންގްއަކަށް ސަރުކާރުގެ ތަރުޚީބެއް ނެތް... ކާރު ޓެސްޓުކޮށްލެވެނީވެސް ރޭސް އޮންނަ ދުވަހު: ފަލޫޖީ

ދުން އަރުވާ ޓަޔަރުތަކާއި، ޑްރިފްޓަރ ބޭނުން ކުރަމުން ދާ އުކުޅުތަކާއި ހުނަރުތައް ފެނި، އެ މަންޒަރު ބަލާލި ކޮންމެ މީހެއްގެ ބަސް ހުއްޓުވާލާ ކުޅިވަރެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2023 | އާދީއްތަ 05:18
ޢިރާޤުގެ ޑްރިފްޓަރ ޢަބްދުލްޚާލިޤު އަލް-ފަލޫޖީ

ޢިރާޤުގެ ޑްރިފްޓަރ ޢަބްދުލްޚާލިޤު އަލް-ފަލޫޖީ

ޑްރިފްޓިންގް އަކީ ކޮބައިތޯ ސުވާލު ކޮށްލައިފިނަމަ އެއީ ކިހިނެއް ކުރާ ކޮން ކަމެއް ކަން ބުނެދެވޭނެ ބަޔަކު، މި ދިވެހި ފަސްގަނޑުގައިވެސް އުޅޭނެއެވެ. ވަކިން ޚާއްޞަކޮށް، ކާރު ރޭސް ޖެހުމާއި، އާންމުކޮށް ކާރު ދުއްވާ އުޅޭ ގޮތާ ޚިލާފު ހުނަރުތަކާއި އުކުޅުތައް ބޭނުން ކޮށްގެން ކާރު ދުއްވަން ޝަޢުޤު ހުންނަ މީހުންނާއި، އައު ކަންކަން ތަޖުރިބާ ކުރަން ބޭނުން ވާ މީހުންނަށް، ޑްރިފްޓިންގްއަކީ ކޮބައިކަން އޮޅިފައެއް ނުވާނެއެވެ. އެ ނޫން ބަޔަކަށް، އެއީ ކިހިނެއް ކުރާ ކަމެއްކަން ތިލަކޮށްދެމާ ހިނގާށެވެ.

ޑްރިފްޓިންގްއަކީ މޮޓޯސްޕޯޓްސްގެ މައިދާނުގައި މިއަދު އެންމެ ހަލުވި ކަމާއެކު ކުރިއަރަމުން އަންނަ އެއް ހުނަރެވެ. ދުން އަރުވާ ޓަޔަރުތަކާއި، ޑްރިފްޓަރ ބޭނުން ކުރަމުން ދާ އުކުޅުތަކާއި ހުނަރުތައް ފެނި، އެ މަންޒަރު ބަލާލި ކޮންމެ މީހެއްގެ ބަސް ހުއްޓުވާލާ ކުޅިވަރެކެވެ. ހުރިހާ ޢުމުރެއްގެ މީހުންގެ ޝަޢުޤުވެރިކަން ދަމައިގަންނަ ކުޅިވަރެކެވެ. އަދުގެ ގިނަ ޒުވާނުންނަށް ޑްރިފްޓިންގް ތަޢާރަފުވީ މަޝްހޫރު ފިލްމު ފްރެންޗައިޒްއެއް ކަމަށް ވާ "ދަ ފާސްޓް އެންޑް ދަ ފިއުރަސް"ގެ ފިލްމުތަކުން ކަމުގައި ވީ ނަމަވެސް، މޮޓޯސްޕޯޓްސްގެ ދުނިޔޭގައި ޑްރިފްޓިންގްގެ ތާރީޚު ފެށިފައި އޮތީ އެއަށްވުރެވެސް މާ ކުރިންނެވެ.

ޑްރިފްޓް ކުރާ ގޮތުގެ ކުރު ޚުލާސާއެއް ދޭނަނަމަ ބުނަން ޖެހޭނީ، ރާސްތާގައި އޮންނަ ލެނބުންތަކުގައި ބަނޑިތަކުގައި އޯވަރސްޓިއަރ އުކުޅު ބޭނުންކޮށްގެން އަރިއަކަށް ކާރު ދުއްވުން ކަމުގައެވެ. އޯވަރސްޓިއަރ ކުރުމުގެ އުކުޅުކަމަށް މި ބުނަނީ، ކާރުގެ މިޞްރާބު އަނބުރަމުން ދާއިރު، އެ ކާރުގެ ޓަޔަރުތަކަށް ހިފަހައްޓާލެވޭ ވަރަށް ވުރެ ޕްރެޝަރު ބޮޑު ކުރުމަށެވެ. މި ހުރިހާ ކަމެއް ކުރާ އިރު، ކާރު ދުވެލި އިންތިހާއަށް ބާރުވާންޖެހެއެވެ. އަދި ހުރިހާ ވަޤުތެއްގައިވެސް މުޅި ކާރުގެ ކޮންޓްރޯލް، ޑްރައިވަރުގެ އަތުން ލޫދިގެން ނުވާނެއެވެ.

ޑްރިފްޓިންގްގެ ކުރު ތަޢާރަފެއް ދޭން މި ޖެހުނީ، ޢިރާޤުގެ ހިތްވަރުގެ ޒުވާނެއްގެ ވާހަކަ ހިއްސާކޮށްލުމުގެ ބޭނުމުގައެވެ. ޢުމުރުން 33 އަހަރުގެ ޢަބްދުލްޚާލިޤު އަލް-ފަލޫޖީއަކީ ސޮފްޓްވެއަރ އިންޖިނޭރެކެވެ. ކާރުދުއްވުވުމާއި މޮޓޯސްޕޯޓްސްއަށް އިންތިހާ ހިތު ލޯބި ޖެހިފައި ވާ ޒުވާނެކެވެ. މިއަދު އޭނާއަކީ ޕްރޮފެޝަނަލް ފެންވަރުގެ ޑްރިފްޓަރއެކެވެ. އެ ހިސާބަށް އޭނާ ދަތުރު ކުރީ، އެތައް ގޮންޖެހުމެއް ގިރާ ކޮށްފައެވެ. ދޭސީ އަދި ސަރަޙައްދީ މުބާރާތްތަކުގައި ވާދަ ކުރުމަށްޓަކައި، އަލް-ފަލޫޖީ ވަނީ، އޭނާގެ އަމިއްލަ ކާރަށް ބަދަލުތަކެއްވެސް ގެނެސްފައެވެ.

މިއަދު އޭނާ ހުރި ހިސާބަށް އައުމަށް ކުރި ދަތުރަކީ މާ ފަސޭހަ ދަތުރެއް ނޫނެވެ. ފަހަރެއްގައިވެސް އޭނާ އެކަން ހަނދާން ނައްތައެއް ނުލައެވެ. މޮޓޯސްޕޯޓްސް ކުޅިވަރެއްގެ ގޮތުގައި ޑްރިފްޓިންގްގެ ހުނަރުތަކާއި އުކުޅުތައް ދަސް ކުރުމަށްޓަކައި، އުރުދުންއަށް އެތައް ދަތުރެއް ކުރަން ޖެހުނެވެ. އެ ދުވަސްވަރަކީ ޑްރިފްޓިންގްއަށް ޢިރާޤުގައި މާ ބޮޑު ސަމާލުކަމެއް ލިބެމުން ދިޔަ ދުވަސްވަރެއްވެސް ނޫން ކަމުގައި ވީތީއެވެ. ކުޅިވަރުގެ ރޮނގުން ކުރިއަށް ދިއުމަށް، ޢިރާޤުގައި އެކަށީގެންވާ ޢުމްރާނީ ބިނާވެއްޓެއް ނެތް ކަމާއި، މޮޓޯސްޕޯޓްސް ކުރި އެރުވުމަށްޓަކައި ޢިރާޤުގެ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމުގެ ޝަކުވާއަކީ، އަލް-ފަލޫޖީގެ ހިތުގައި އުފެދިފައި އޮންނަ ބޮޑު ޝަކުވާއެކެވެ.

ޢިރާޤުގައި އޮންނަ ރޭޑް ބުލް ކާ ޕަރކްގައި ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައި އޮތް ޑްރިފްޓް އިވެންޓްގައި ބައިވެރިވުމަށްޓަކައި، އޭނާގެ ކާރުގެ ޤާބިލިއްޔަތުކަން އިތުރަށް ފައްކާ ކުރުމުގެ މަސައްކަތް، އަލް-ފަލޫޖީ ކުރިއަށް ގެންދިޔައީ، ވެރިރަށް ބަޣުދާދުގައި ހުންނަ އޭނާގެ އަމިއްލަ ގޭ ތެރޭގައެވެ.

ޤަޠަރުގައި ކުރިއަށް ދިޔަ އަހަރީ ރެޑް ބުލް އިވެންޓްގައިވެސް އަލް-ފަލޫޖީ ވަނީ ޢިރާޤު ތަމްސީލު ކޮށްފައެވެ. މުބާރާތުގައި ކާމިޔާބީއެއް ނުލިބުނު ކަމުގައި ވީ ނަމަވެސް، އޭނާގެ ހިތްވަރު އެލުވައެއް ނުލައެވެ. އަލް-ފަލޫޖީ ޤަބޫލު ކުރާ ގޮތުގައި، މުބާރާތުގައި ވާދަ ކޮށްލުމަކީވެސް ތަޖުރިބާތަކެއް ލިބި، ހުނަރުތަކެއް ދަސްވެގެންދާ ކަމެކެވެ.

މޮޓޯސްޕޯޓްސްއަކީ މިއަދު ދިވެހި ޒުވާނުންގެ މެދުގައިވެސް މަޤުބޫލު ވަމުން އަންނަ ކުޅިވަރަކަށް ވާ އިރު، ޑްރިފްޓިންގްގެ ދާއިރާއިން ކުރިއަރަމުން އަންނަ ޒުވާނުންވެސް ދަނީ ފެންނަމުންނެވެ. ޑްރިފްޓިންގްއަކީ ކޮންމެ ކަހަލަ ކާރެއްގައިވެސް ދައްކާލެވިދާނެ ހުނަރަކަށް ވީ ނަމަވެސް، މި ކަމަކީ، ކުޅިވަރަށް ޚާއްޞަ ކޮށްފައި އޮންނަ ތަނެއްގައި ނޫނީ ކުރިއަށް ގެންދިއުން ރައްކާތެރި ކަމެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮލީވުޑަށް ދިއުމުގެ ވިސްނުމެއް ނެތް: ސަލްމާން

ހޮލީވުޑަށް ދިއުމުގެ ވިސްނުމެއް ނެތް: ސަލްމާން

26 އެޕްރީލު 2017
ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

20 އެޕްރީލު 2017
ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް

ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް

22 މާރިޗު 2017
ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

20 މާރިޗު 2017
ޝާހުރުކް ޚާންގެ ކާރުން ޖެހި ފޮޓޯގްރާފަރަކަށް އަނިޔާވެއްޖެ

ޝާހުރުކް ޚާންގެ ކާރުން ޖެހި ފޮޓޯގްރާފަރަކަށް އަނިޔާވެއްޖެ

17 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު