Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޣައްޒާ - ފަލަސްތީން

އެމެރިކާ މީހުން އަފްޣާނިސްތާނަށް އަހަރެއްގެ ތެރޭގައި އެޅި ބޮމަށް ވުރެ، ޣައްޒާ އަށް ހަފްތާ އެއްގެތެރޭ އިސްރާއީލުން އެޅި ބޮން ގިނަ - އިމްރާން

15 އޮކްޓޯބަރު 2023 | އާދީއްތަ 00:51

އަދާލަތު ޕާޓީގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އައްޒާ އަށް އެހީތެރިވުމަށް މަސައްކަތްކުރާނެ ކަމަށް އިމްރާން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 އޮކްޓޯބަރު 2023 | އާދީއްތަ 00:51
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ

އެއް އަހަރު ދުވަހުގެ ތެރޭގައި އެމެރިކާ މީހުން އަފްޣާނިސްތާނަށް އެޅިވަރަށް ވުރެ ގިނަ ބޮން އެއް ހަފްތާގެ ތެރޭގައި ޣައްޒާ އަށް އިސްރާއީލް ސިފައިން އަޅާފައިވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި ޣައްޒާ އަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި މެދު ނިންމި ނިންމުންތަކަށް ފަހު ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ 40 ޓަނަށް ވުރެ ގިނަ ބޮން މިހާތަނަށް އައި އިރު ޣައްޒާ އަށް އަޅާފައިވާ ކަމަށެވެ. މިހާރު ޣައްޒާގެ ސަރަހައްދުތަކަށް ބަލާލުމުން ބައެއް ތަންތަން ފެންނަން ހުރީ ދުވަހަކު ދިރުމެއް ނެތް ތަންތަނުގެ ގޮތުގައި ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތްތަނުގައި ވެސް މިހާރު ކަން ހިނގާ ގޮތަށް ބަލާ އިރު ޣައްޒާ އަށް އޮތީ އުނދަނގޫ ދުވަސްތަކެއްކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އިމްރާން ވިދާޅުވީ ފަލަސްތީންގެ ޣައްޒާގައި ތިބި 2 މިލިއަނެއްހާ މީހުން އެ ސަރަހައްދު ދޫކޮށް ދެކުނަށް ބަދަލުވާން ދިން 24 ގަޑި އިރު ހަމަވެފައިވާ އިރު ބައެއް މީހުން ފުރާނަ ސަލާމަތްކުރުމަށް، ހަމަލާދެމުންދާ ސަރަހައްދުތައް ދޫކޮށް ދާ ކަަމަށެވެ. އެހެންނަމަވެސް އެ ސަރަހައްދުތައް ދޫކޮށް ދާ މިހުން ދަތުރުކުރަމުންދާ ސަވާރީތަކަށް ބޮން އަޅާ އެ މީހުން މަރަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ. ފަލަސްތީންގެ ރައްޔިތުން ގޭގައި ތިއްބަސް މަގުތަކަށް ނުކުތަސް އެ މީހުންނަށް ސަލާމަތެއް ނެތް ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި 2000 އާއި ކައިރިކުރާ އަދަދަކަށް މީހުން މަރުވެފައިވާ އިރު އޭގެ ތެރޭގައި 400 އަށް ވުރެ ގިނަ ކުޑަކުދިންނާއި 300އެއްހާ އަންހެނުން ހިމެނޭ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އިމްރާން ވިދާޅުވީ 8000 އަށް ވުރެ ގިނަ މީހުންނަށް ބޮޑެތި ޒަހަމްތައް ލިބިފައިވާ އިރު ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތްކަަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނަކީ ހިތްވަރު ގަދަ ބައެއްކަމަށާއި ފަލަސްތީނުގެ އުންމަތަށް އެހީވުމަކީ މުސްލިމް އުންމަތުގެ އެންމެންނަށް އޮތް ކަމެއް ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ދުނިޔޭގެ ވެރިންގެ މެދުގައި ވެސް ޣައްޒާ އަށް ލިބޭ އަނިޔާގެ ވާހަކަދައްކަމުން ނުދާކަމަށް ފާހަގަކުރައްވާ އިމްރާން ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިރާދަކުރެއްވިއްޔާ އަދާލަތު ޕާޓީގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ޣައްޒާ އަށް އެހީތެރިވުމަށް މަސައްކަތްކުރާނެ ކަމަށާއި ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ޖަމިއްޔާއަކަށް އެކަމުގައި ނުބައްލަވާނެ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް