Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް އިބްރާހިމް

ގާސިމްގެ ފުރާނައަށް ވަނީ ނުރައްކާވެފައި، ޕާސްޕޯޓް ހިފެހެއްޓި މައްސަލަ އެޗްއާރުސީއެމްއަށް

22 ޖުލައި 2017 | ހޮނިހިރު 09:02

ގާސިމްގެ ބޭރަށް ގެންދިއުމުގެ ހުއްދައަށް ދެއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް ވަކީލުން އިލްތިމާސް ކުރައްވާ

| 22 ޖުލައި 2017 | ހޮނިހިރު 09:02
ޖުލައި 16 ވަނަ ދުވަހު މެޑިކާ ހޮސްޕިޓަލްގައި ގާސިމް އެޑްމިޓް ކުރައްވާފައި އޮންނެވިއިރު ހާލުކޮޅު ބައްލަވާލެއްވުމަށް ކުރީގެ ރައީސް މައުމޫން ޒިޔާރަތް ކުރައްވަނީ

ޖުލައި 16 ވަނަ ދުވަހު މެޑިކާ ހޮސްޕިޓަލްގައި ގާސިމް އެޑްމިޓް ކުރައްވާފައި އޮންނެވިއިރު ހާލުކޮޅު ބައްލަވާލެއްވުމަށް ކުރީގެ ރައީސް މައުމޫން ޒިޔާރަތް ކުރައްވަނީ

އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ބާއްވައިގެން ފަރުވާ ދެއްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ހާލުކޮޅު ދުވަހަކަށްވުރެ ދުވަހެއް ދަށްވެ، އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާތެރިވެފައިވާ ކަމަށް އެ މަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

މި މަހުގެ 16 ވަނަ ދުވަހުގެ ރެއިން ފެށިގެން ގާސިމަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، ވަކީލުން ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވާ ކަމަށް ކަމާބެހޭ ފަރާތްތަކުގައި ތަކުރާރުކޮށް ދަންނަވައި، އެމަނިކުފާނަށް ބޭސްފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ލިބިފައިނުވާތީ އެމައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ހުށަހަޅަފައިވާ ކަމަށެވެ.

Advertisement - newsAdvertisement

"އެކޮމިޝަނަށް ލިބޭ ޤާނޫނީ ބާރުގެ ދަށުން އެމައްސަލައާގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށްވެސް އެކޮމިޝަނުގައި ވަނީ އެދިފައެވެ،" ވަކީލުންގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގެ ނައްޞުގައި ކޮންމެ މީހަކަށްމެ ދިރިހުރުމުގެ ހައްގާއި، އަމިއްލަ މިނިވަންކަމާއި، ނަފުސު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ބަޔާންކޮށްފައި ވާއިރު، އެ ހައްގަކީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އޮނަރަބަލް ޤާސިމް އިބްރާހީމްއަށް ވެސް އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ލިބެންޖެހޭ ހައްގެއް ކަމަށެވެ.

"ނަފުސު ރައްކާތެރިކުރުމުގެ ހައްގުން އޮނަރަބަލް ގާސިމް އިބްރާހީމް މަހްރޫމްކުރެވިފައިވާއިރު، އެމަނިކުފާނުގެ ފުރާނަފުޅާމެދު ނަގަންޖެހިދާނެ ޒިންމާއަކަށް ޖެހިލުންވުމެއް ނެތި، ދުސްތޫރީ ހައްގުތައް ދިވެހި ރައްޔިތުންނަށް ކަށަރަވަރުކޮށްދިނުމާއި އިންސާނީ ކަރާމަތާއި ހަމަހަމަކަން ނެގެހެއްޓުމަށް ޤާނޫނުއަސާސީން އެބަޔަކާ މަތިކޮށްފައިވާ ފަރާތްތައް ޒިންމާދާރުކަމާއެކު އެވާޖިބު އަދާކުރުމަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.

ގާސިމާމެދު އިންސާފުވެރިކަމާއި އިންސާނިއްޔަތުކަމާއެކު މުއާމަލާތުކުރެއްވުމަށާއި، ދިވެހިރައްޔިތެއްގެ ޙައިސިއްޔަތުން ކަށަވަރުކޮށްދޭންޖެހޭ ހައްގުތައް އެމަނިކުފާނަށް ތަނަވަސްކޮށްދިނުމަށް ބަޔާނުގައި ގޮވާލާފައިވެ އެވެ. އަދި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އެމަނިކުފާނާމެދު ކަންތައްތައް ކުރެއްވުމަށާއި، އެމަނިކުފާނުގެ ބޭސްފަރުވާ ފުރިހަމަ ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް، އެމަނިކުފާނުގެ ޕާސްޕޯޓު ދޫކޮށްލުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ވަކީލުން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

"މިކަމުގައި ޤާނޫނީ ގޮތުން އޮނަރަބަލް ޤާސިމް އިބްރާހީމްއަށާއި އެމަނިކުފާނުގެ ޢާއިލާއަށް ފުރިހަމައަށް އެއްބާރުލުންދެއްވައި އޮނަރަބަލް ޤާސިމް އިބްރާހީމްގެ ހައްގުތައް ކަށަވަރުކޮށްދެއްވުން އެދި، އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ޤާނޫނުއަސާސީން އެކަށައަޅާފައިވާ މިނިވަން މުސްތަޤިއްލު ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.

ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ގާސިމް ރާއްޖޭން ބޭރަށް ގެންދިއުމުގެ ހުއްދަ ދެއްވުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ސިޓީތަކަށް ޖަވާބު ނުލިބިގެން ސުޕްރީމް ކޯޓުގެ ހުއްދަކަށް ވެސް މިހާރު ވަނީ ހުށަހަޅުއްވާފަ އެވެ. ނަމަވެސް އަދިވެސް ޖަވާބެއް ނުދެ އެވެ.

ގާސިމް ފުރަތަމަ އެޑްމިޓްކުރީ ޖުލައި 16 ވަނަ ދުވަހު މެޑިކާ ހޮސްޕިޓަލްގަ އެވެ. ގާސިމް ރާއްޖޭން ބޭރަށް ފުރުން ހުއްޓުވީ، ފަރުވާ ހޯއްދެވުމަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް އެއާޕޯޓްގައި ހުންނަވަނިކޮށެވެ. އެއަށް ފަހު އޭނާ ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
20 މާރިޗު 2017

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު
20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
28 ޖެނުއަރީ 2017

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

28 ޖެނުއަރީ 2017
ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ
26 ޖެނުއަރީ 2017

އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި

26 ޖެނުއަރީ 2017
އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް